މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ހާއްސަ ލޯނު ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ މި ލޯނު ސްކީމުގެ ދަށުން މަސްވެރިންނަށް ވަރަށް ލުއި ގޮތަކަށް ލޯނު ދޫކުރަން ނިންމާފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނިގޮތުގައި، މަސްވެރިން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް މަސްވެރި ވުޒާރާއިން ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިގޮތުން ކަނޑުމަހާއި ކަންނެލި މަސްވެރިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެހެން މަސްވެރިންނަށް ވެސް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް މި ޚާއްސަ ލޯން ސްކީމް ތައާރަފްކުރާއިރު، މަސްވެރި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ކަނޑުމަތީގައި މަސްވެރިން ހޭދަކުރާ ވަގުތު މަދުކޮށް އެފިޝެންޓްކޮށް މަސްވެރިކަން ކުރުމަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!