ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފިއެވެ. ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީ (ޓީކޭއެމް) އިން އިއްޔެއިން ފެށިގެން އިންސްޓަގްރާމަށް ނުވަދެވޭގޮތަށް ބްލޮކްކޮށްފައިވާއިރު، މިގޮތަށް ބްލޮކްކުރީ ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް އިންސްޓަގްރާމުން ހުރަސްއަޅާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތުރުކީން އެޅި މި ފިޔަވަޅާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޓިކ...
އަޙްމަދު ދާއޫދު
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އިންތިޒާމް ކޮށްގެން ފިރިހެން ބޭފުޅުންނަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް (9847976، 9874096) މި ނަމްބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން އެދެއެވެ. މި މުބާރާތް [...
އިބްރާހިމް ޚަލީލް
މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން ބަޔެއް މައާފުކޮށްދިނުމުން ވެސް ގިނަބަޔަކު ކުލި ނުދައްކާތީ، ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރ...
ޔުމްނާ ޢަލީ
ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ. އެ މީހާހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހާއަތުން 48 ދަޅު ބިޔަރާއި ރާފުޅިއެއް ފެނިފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭ ދިހައެއް ޖަހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ އަމީނު އެވެނިއު ފްލެޓްތައް ކައިރިންނެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި ހިންގާ އެކިއެކި ކުށްތަކުގައި ބިދޭސީން ޝާމިލްވުން އިތުރުވެފައިވާއިރު، މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ބަނގުރަލާއި...
ޔުމްނާ ޢަލީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކުރުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ. މި ބަދަލު ގެނައި ސަބަބު މިވަގުތު ސާފުވެފައެއް ނުވެއެވެ. އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެލްޖީއޭ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެ...
އަލީ އާދިލް
ވިނަރެސް ފްލެޓަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަން ފަށާފަިވާތީ ސަމާލުވުމަށް ފުލުހުން މިއަދު ވަނީ އާންމުންނަށް އަންގާފައެވެ. ފުލުހުން ބުނީ، ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކަކާއެކު ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. މީގެ އިތުރުން، ފުލުހުން ވަނީ މި ލިންކް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑ...
އަލީ އާދިލް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ދަރުމަވެރިންގެ ގޮތުގައި (ވޮލެންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުސަތު ހުވާލައިފައިވާ ކަމަށެވެ. އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތ...
ޔުމްނާ ޢަލީ
ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސ...
ހުސައިން ހަބީބް
ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ...
ޔުމްނާ ޢަލީ
މާލެ އަތޮޅުގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލައެއް ކަމުގައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ. މި ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަންތަނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ […]
އަލީ އާދިލް
ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް މީގެކުރިން ވެސް ޚާރިޖިއްޔާއިން އަންގާފައިވާއިރު، ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަ...
ޔުމްނާ ޢަލީ
ނ. ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، މުދަލަށް ގެއްލުން ދީފައިވާ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަ...
ޔުމްނާ ޢަލީ
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ބާސެލޯނާ، އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސާއިން ރެއާލުގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދީ ފުރިހަމަ […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީ އެއް މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަސް ދީފައިވާ ކަމަށެވެ. 2 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާކަށްހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިނގާފައި ވަނީ އެތަން ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުންގެ ދެމެދުގައެވެ. މި މާރާމާރީ ހިންގާފައިވައި ވަނީ ހަތިޔާރެއް ބޭނުން...
ޔުމްނާ ޢަލީ
ޤައުމީބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބީއެމްއެލުން ބުނީ ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް ކަމަށެވެ. އެއީ، އީމެއިލް މެދުވެރިކޮށެވެ. ބޭންކުން ބުނީ payroll@bml.com.mv އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ […]
އަޙްމަދު ވަހީދު
މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އެނާޖީ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ. މި ގެތަކުގެ އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް […]
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނައިވާދޫ ކައުންސިލް މިނިވަން ވޮލީބޯލް ޓޯނަމަންޓް 2024” ގެ މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ޑިކްސީ، އަދި ވިމެންސް ޑިވިޝަންގެ ޗެމްޕިއަންކަން ބާކީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ވިމެންސް ޑިވިޝަންގެ ފައިންލަ މެޗު އެ ދުވަހު ހަވީރު ކުޅުނުއިރު، މެންސް ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ އެ ރެއެވެ. މެން ޑިވިޝަންގެ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގ މަޖައްލާތަކުގެ ތެރެއިން އެއް މަޖައްލާ ކަމުގައިވާ ގޭމް އިންފޯމަރ 33 އަހަރަށްފަހު ބަންދުކޮށްފިއެވެ. މި މަޖައްލާގެ މައި ކުންފުނި ކަމުގައިވާ ގޭމްސްޓޮޕްއިން މިއަދު ވަނީ މި މަޖައްލާ ބަންދުކުރުމަށް ނިންމާފައެވެ. މަޖައްލާގެ ވެބްސައިޓާއި އާކައިވްސް ވެސް ވަނީ ނަގާފައެވެ. މިހާރު އެ ވެބްސައިޓަށް ވަދެވޭއިރު ފެންނަނީ މަޖައްލާގެ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައިވާ ފަހު ބަޔާނެވެ. “33 އަހަރު ވަންދެން ގޭމިންގ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރުތަކާއި، ރިވިއުތަކާއި، މަޢުލޫމާތު ގެނެސްދ...
އަޙްމަދު ދާއޫދު