ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ.

މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ.

Ad
rt

އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ އެލެގްރާގެ ބެޗުތަކެއްކަމަށްވާ AL1223019, AL1223029 އަދި AL1223060 އެވެ.

އެހެންވެ، އެ ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.

އެމްއެފްޑީއޭ އިން ވަނީ އެ ބެޗުގެ ބޭސްތައް ފާމަސީތަކާއި ބޭސް ގުދަންތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރިނަމަ އެ އޮތޯރިޓީއަށް އީމެއިލްގެ ޒަރީއާއިން އެންގުމަށް އެދިފައެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.