ނ. ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، މުދަލަށް ގެއްލުން ދީފައިވާ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ މީހުންގެ ވަނަވަރު ވެސް ފުލުހުން މިއަދު އާންމުކޮށްފައިވާއިރު، ފުލުހުން ހާމަކުރިގޮތުގައި އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ، އުމުރުން 33 އަހަރުގެ ދެ މީހުންކަމަށްވާ، އިލްޔާސް އިބްރާޙީމް (ސެލްވިޔާ، ނ.ހެނބަދޫ) އަދި މުހައްމަދު އިރުޝާދު (ހުދުތަރި، ނ.ހެނބަދޫ) އެވެ.
ނ.ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށްފައިވާ 2 މީހުންގެ ވަނަވަރު. pic.twitter.com/V9LRuEGbOm
— Maldives Police (@PoliceMv) August 4, 2024
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ފުލުހެއްގެ ސައިކަލަކަށް ގެއްލުންދިން މައްސަލައާއި ގުޅިގެން އެކަން ހާމަކުރަށްވައި މި މަހުގެ ދެވަނަ ދުވަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމެއްކަމަށެވެ.
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ސައިކަލަކަށް ގެއްލުންދީފި
''މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން.'' ޝިފާން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!