ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނުކުންނަށް ނިންމާފައިވާކަމަށް ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ބީކޭއެމްޔޫއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނިކުންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި އިހުތިޖާޖު އޮންނާނެ ވަކި ދުވަހެއް އެ ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމާބެހޭ...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ ދުވަސްވަރު އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ މެމްބަރުކަން ކަމާއި، އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރގެ މަޤާމު އަދާކުރި ޑރ. އަލީ އަބްދުﷲ ލަތީފް (މ. ގައްދަޑުގެ، ކ.މާލެ) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޑރ. އަލީ އަބްދުﷲ ލަތީފް ގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި، މަނީލޯންޑަރިންގ އަދި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނޭކަމަށެވެ. ކޮމިޝަނުން […]
އަލީ އާދިލް
ކޮވިޑް-19 ގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯޓަރީގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ބޭނުންކުރި “ރީއެޖެންޓްސް” އާ ގުޅޭ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. އޭސިސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މި 3 މީހުންގެ މައްޗަށް ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. އަމިއްލަ މަޞްލަޙަތު ހި...
އަލީ އާދިލް
ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފި އެވެ. މިކަމާ ގުޅޭގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރު...
އަލީ އާދިލް
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޖިއޯސާވަން، އުރީދޫ މޯލްޑިވްސްގެ މުނިފޫހިފިލުވުމުގެ މަރުކަޒު ކަމުގައިވާ އެންޓަރޓެއިނިއާއަށް އިތުރުކޮށްފިއެވެ. މި ޕާރޓްނަޝިޕް އާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ލަވަތަކާއި، ޕޮޑްކާސްޓްތަކާއި، ޚާއްޞަ ކޮންޓެންޓްތައް ހިމެނޭ ޖިއޯސާވަންގެ ކެޓަލޮގަށް ފަސޭހަކަމާއެކު ސަބްސްކްރިޕްޝަން ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫގެ އެންޓަރޓެ...
އިބްރާހިމް އަސްވާޤް
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ “ފަލަސްޠީނާއެކު ދިވެހީން” ޓެލެތޯނުން ޖަމާކުރެވުނު ފަންޑު މުޅިން އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ގެ އެކައުންޓަށް ދިވެހި ސަރުކާރުން އިއްޔެ ޖަމާކޮށްދީފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރި ގޮތުގައި، ޓެލެތޯނުން ލިބުނު މުޅި ފަންޑު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދ...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ. ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ. މި ޚިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ޚިދުމަތެކެވެ. ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަނ...
އިބްރާހިމް އަސްވާޤް
ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ. ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ‘ އެކްސްޕެޓް ސިސްޓަމް’ ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު އެ ވުޒާރާއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއ...
ޔުމްނާ ޢަލީ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 139 ފަރާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 139 ކްލައިންޓުންނަށް ކައުންސިލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯޓު ހިމެނޭހެން ޖުމްލަ 431 ސެޝަން ނަގައިދީފައިވާނެ ކަމަށް އެ ވުޒާ...
ޔުމްނާ ޢަލީ
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހޯދައި މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުން...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށް ތެޔޮ ނުލިބި، އެތަނުގައި ފަރުވާ ދެމުންދާ 11 ކުޑަކުދިން މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި، ތެލުގެ ދަތިކަމުގެ ސަބަބުން ނާސަރީ އާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ފަރުވާ ދެމުންދާ 11 ކުއްޖަކު ގަޑިއިރެއްގެ ތެރޭގައި މަރުވުމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ހ...
އަޙްމަދު ދާއޫދު
ޖަރުމަނުގެ އިތުބާރު މިޑްފީލްޑަރ އިކާއީ ގުންޑޮގާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ގުންޑޮގާން އަކީ މިދިޔަ ޖޫން/ޖުލައި މަހު އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމްގެ ކެޕްޓަނެވެ. އޭނާ ވަނީ އެ މުބާރާތުގައި ޖަރުމަނުން ކުޅުނު ފަސް މެޗުގައި ވެސް ކެޕަޓަން ބޭންޑް އަޅާފައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖަރުމަނު ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ. ގުންޑޮގާން ވަނީ ގައުމީ ޓީމަށް 82 މެޗު ކުޅެ 19 ގޯލު ޖަހައިދީފައެވެ. 2016 […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރި ކަމަށް ބުނި ބުނުން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެފްބީއައި އާއި، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ދެ ޕާޓީގެ ރިޔާސީ ކެމްޕޭންތައް ހެކްކުރަން އުޅުނީ އީރާނުން ކަމަށެވެ. “މި އިންތިޚާބީ ދައުރުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެމެރިކާގެ އާންމުންނަށް އަމާޒު...
އަޙްމަދު ދާއޫދު
ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ގެ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދީފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ވަނީ ބޮން އަޅައިފައެވެ. އަދި އިޒްރޭލެގެ އިތުރު ހަމަލާތަކެއް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް ވެސް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިވަގުތު ސާފުނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު އިޒްރޭލު ސ...
އަޙްމަދު ދާއޫދު
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީ ނޯޓިހެއް ނެރެފިއެވެ. މި ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަރަފާތ...
އަލީ އާދިލް
ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ. ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ. އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް […]
ޔުމްނާ ޢަލީ
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން […]
ޙުސައިން ޝަހުދީ
މީހެއްގެ އެކައުންޓުން ވަގަށް ނެގި 1.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި, ފައިސާ ބޭނުންކުރި ހއ. މޮޅަދޫ މީހަކު 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެކިފަހަރު މަތިން ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް 1.8 މިލިއަން ފޮނުވުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. […]
ހުސައިން ހަބީބް