ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ، ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އެރަށުގައި އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އެރަށުގެ ބައެއް ގޭތައް ބަލައި ފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، މި އޮޕަރޭޝަންގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މި އޮޕަރޭޝަންއާއިގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ. ދާދިފަހުން ވަނީ އެ އަތޮޅު ފުނަދޫގައި ސި...
ޔުމްނާ ޢަލީ
ތިލަފުށީގައި ހުންނަ މެރިންޑޯ ވޯކްޝޮޕްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އަލިފާން ރޯވީ މިއަދު ހެނދުނު 8:25 ހާއިރު ކަމަށް އެސަރަހައްދުގައި ހުރި މީހާކު މަޢުލޫމާތު ދީފައިވެއެވެ. މުއްލާ ފިހާރަ ކައިރީ ހުންނަ މެރިންޑޯ ވޯކްޝޮޕަކީ ވެލްޑިންގގެ މަސައްކަތް ކުރަމުންދާ ތަނެއް ކަމަށާއި، އެތަނުގައި ޓަޔަރު އަދި ކެމިކަލް ގުދަންކޮށްފައި ހުންނަ ސަރަހައްދެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އިތުރު ގުދަންތަކަށްވެސް ފެތުރެމުންދާ ކަމަށް ބުނެވެއެވެ. އެސަހައްދުގައި ހުރި 4 ގުދަަނަކަށް...
އަލީ އާދިލް
ކްރޯމް ބްރައުޒަރު މެދުވެރިކޮށް ޔޫޒަރުންގެ އަމިއްލަ ޒާތީ މަޢުލޫމާތު އެފަރާތްތަކުގެ ހުއްދައަކާ ނުލައި އެއްކުރަމުންދާކަމުގެ ތުހުމަތުތަކާ ގުޅިގެން ގޫގުލުން ކޯޓުގައި ޖަވާބުދާރީވާން ޖެހިއްޖެއެވެ. މިކަން މިހެން ދިމާވީ އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން އައު ރޫލިންގއެއް ނެރުމާ ގުޅިގެންނެވެ. ގޫގުލްގެ މައްޗަށް ހުށަހެޅުނު މި މައްސަލައިގައި ކުރިން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އަލުން ބަލަން ޖެހޭނެކަމަށް ފެޑެރަލް އެޕީލްސް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ބު...
އަޙްމަދު ދާއޫދު
މި އަހަރުގެ ގައުމީ ދުވަސް އަތޮޅު ފެންވަވަރުގައި ފާހަގަކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް ށ.އަތޮޅު ކައުންސިލުން ވާން ފަށައިފިއެވެ. މި މަހުގެ ހަތްވަނަ ދުވަހު އަތޮޅު ކައުންސިލްގެ ފަރާތުން ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ އަތޮޅު މާއުނގޫދޫގައެވެ. މާއުނގޫދޫގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އަތޮޅުގެ ރައްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ރަށަކީ އެއީ ކަމުގައިވާތީއެ...
އިބްރާހިމް ޚަލީލް
ކަޝްމީރުގެ ޖަމްޢިއްޔަތުލް ޢުލަމާގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ. ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ މައުލާނާ ޣުލާމް ރަސޫލް ހާމީ، ކަޝްމީރުގެ އެސެމްބްލީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިކަން ކަޝްމީރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކަޝްމީރުގެ މަޝްހޫރު ނޫހެއްކަމުގައިވާ “ދަ ކަޝްމީރިއަތް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަހަރުގެ މައުލާނާ ޣުލާމް ރަސޫލް ހާމީއަކީ ސްރީނަގަރުގެ ނަމޫ...
އަޙްމަދު ދާއޫދު
ޖަރުމަނު އެއް ނަމްބަރު ކީޕަރު، މެނުއެލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. މި އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ޓީމުން މުހިންމު ގިން ކުޅުންތެރިންތައްކެއް މި ވަނީ ރިޓަޔަރ ކޮށްފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ނޯޔާގެ އިތުރުން ޓޯނީ ކްރޫސް، ތޯމަސް މުލާ، އިކާއީ ގުންޑޮގާން ފަދަ ކުޅުންތެރިން ހިމެނެއެވެ. ނޯޔާ އެންމެ ފަހުން ޖަރުމަނު ޓީމަށް ކުޅެފައި ވަނީ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި […]
އިބްރާހިމް ޚަލީލް
ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން އަށް ހަދިޔާއެއްގެ ގޮތުގައި އެރުވުނު ކީރިތި ޤުރުއާނުގެ ކޮޕީއަކަށް ބުދަ ދުވަހު ބޮސްދެއްވައިފިއެވެ. އަދި އެ ޤުރުއާނަށް ކަމޭހިްތެވުމުގެ ގޮތުން އޭނާވަނީ މޭފުޅުގައި މުސްޙަފް ޖައްސަވާ ހިފަހައްޓަވާލައްވާފައެވެ. މިއީ ރައީސް ޕުޓިން 13 އަހަރު ފަހުން މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ޗެޗްނިޔާ ސަރަޙައްދަށް ކުރެއްވި ޒިޔާރަތެއް ކުރެއްވި ކަމެކެވެ. ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޗެޗްނިޔާގެ އިސްވެރިޔާ ރަމްޒާން ކަދީރޮވް ވަނީ ރައީސް ޕުޓިން އަށް ވަރަށް ހޫނު މަރުޙަ...
އަޙްމަދު ދާއޫދު
އޮޔާދިޔަ ލަންކާ މަސްބޯޓު ހދ. މަކުނުދޫ ފަރުމައްޗަށް އުރިއްޖެ އެވެ. މަކުނުދޫއިން ވާހަކަ ދެއްކި ޒުވާނަކު “ތިލަދުން” އަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ބޯޓު އުރިފައިވަނީ ރަށުގެ ހުޅަނގުފަރާތު 5 މޭލެއްހައި ބޭރު ރަށާއި ވަރަށް ދުރުގައެވެ. މި ބޯޓަކީ އުތުރުގެ ސަރަހައްދުން އޮޔާދިޔަ ބޯޓެކެވެ. މިއަދު މަކުނުދޫގެ ބަޔަކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އެ ފަރާތުން ބުނާ ގޮތުގައި ބޯޓުގައި ރޯމަހާއި ގިނަ އަދަދެއްގެ އައިސް ހުއްޓެވެ. އަދި އިންޖީނާއި […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ، ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ވިދިވިދިގެން ދެވަނަ ފަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޖާގަ ހޯދައިފިއެވެ. ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުރަތަމަ ވާދަކުރީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގެ ފައިނަލުން ހަނިމާދޫ ބަލިވީ ޒިގްޒެގް އަތުންނެވެ. މި އަހަރު މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގާ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ލަނޑެއް ޖަހާފައި ވަނިކޮ...
އިބްރާހިމް ޚަލީލް
ކޮންމެ ދުވަހެއްގެ ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔުމަކީ ވަރަށް މުހިންމު އަދި ގިނަގުނަ ފައިދާތަކެއް ލިބިގެންވާ ކަމެކެވެ. މި ދެއާޔަތަކީ އާމަނަރްރަސޫލު އަދި ލާޔުކައްލިފުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ދެއާޔަތެވެ. މި ދެއާޔަތުގެ މާނައަށް ބަލާއިރު، އޭގައި އީމާންކަމުގެ އަސާސްތަކާއި، އަޅުކަމުގެ މުހިންމުކަމާއި، އަދި އަޅުތަކުން އަޅުކަން ކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުން ސަލާމަތްވުމަށް އެދި ﷲ އަށް ދުޢާކުރުމުގެ މުހިންމުކަން ހިމެނިފައިވެއެވެ. ފުރަތަމަ އާޔަތުގައި ބަޔާންކޮށްފައިވަނީ މުއު...
Thiladhun
ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އަދަދު” ނޫހުގައި “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މި...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު، މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނުކުރަށްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތުދެއްވިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޒިޔާދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނުކުރަށްވާފައެވެ. ޒިޔާދަކީ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޒިޔާދު އެ މަޤާމު ފުރުއްވީ ރައީސް އަބުދުﷲ...
ޔުމްނާ ޢަލީ
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ގެނެސްފައިވާ ބަދަލުތައް އާންމުކޮށްފައެވެ. މި ބަދަލުގެ ތެރޭގައި އައިއޭއެސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފައިވ...
ޔުމްނާ ޢަލީ
ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މުޅިން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދޮގުކުރައްވައިފިއެވެ. މިއަދު އަދަދު ނޫހުން “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުހީގެ ދަށުން ޝާއިޢުކުރި ޚަބަރަކާ ގުޅިގެން ވަޒީރު ވަނީ ޓުވިޓަރގައި މި ވާހަކަތައް ދޮގުކުރައްވާފައެވެ. ވަޒީރު ވިދާޅުވެފައިވަނީ މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ. “ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެ...
އަލީ އާދިލް
ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޤާބިލުކަން އިތުރުކުރުމަށް މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރު...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު މަގާމުން ވަކިކޮށް އެމްޑީއަކަށް އަހްމަދު ސައުދީ ހަމަޖައްސައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މިއަދު ވަނީ އެކަން އިއުލާން ކޮށްފައެވެ. ހއ. ހޯރަފުއްޓަށް ނިސްބަތްވާ ސައުދީ ވަނީ ކުރިން ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރަށްވާފައެވެ. ފުލުހުންގެ ޚިދުމަތުން ސައުދީ ރިޓަޔާކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމ...
ޔުމްނާ ޢަލީ
7 މިނިޓު
މިސްރުގައި ރަސްކަލެއް އުޅުއްވިއެވެ. އެ ރަސްގެފާނުގެ ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކަމަނާ އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅެއް ރައްކައުވިއެވެ. އެ ދަރިކަލުންނަށް ނުވަރޭނުވަދުވާ ވީތަނާ ގެއްލިވަޑައިގަތެވެ. މަންމާފުޅު ހައްމާމުން ނިކުމެ ވަޑައިގެންނެވިއިރު އެ ދަރިކަލުން ޖެހުނުތާ ލަކުނު ވެސް ނެތީއެވެ. ރަސްގެފާނުގެ އެ ދަރިކަލުން ގެންދެވީ ހަވާ ބޮޑު އެދުރުކަލޭފާނެވެ. އެ ބޭފުޅާ ބޮޑުފުޅުވުމުން އާއިލާ ކައިރިއަށް މިސްރަށް ފޮނުއްވިއެވެ. ޖިންނީގެ އަސްގާޑިޔާ ކޮޅެއްގައެވެ....
ޢަބްދުﷲ ސަޢީދު
މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގެ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫންކަމަށް އެ އިދާރާއިން ބުނެފިއެވެ. ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ބުޅާ މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކަން ބަހައްޓާ ފިހާރަތަކެއްކަމަށް ބުނެ، އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްކަމަށް ދޭހަވާގޮތަށް ފިހާރަތަކެއް ލިސްޓެއް ފެންނަ ފޮޓޯއެއް މިއަދު ވަ...
ޔުމްނާ ޢަލީ