ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނުކުންނަށް ނިންމާފައިވާކަމަށް ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

ބީކޭއެމްޔޫއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނިކުންނަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ނަމަވެސް މި އިހުތިޖާޖު އޮންނާނެ ވަކި ދުވަހެއް އެ ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލުމަށްފަހު އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ލޭނުގެ މަސްވެރިކަމުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭނެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަށް ލޭނު މަސްވެރިކަމަށް ސަރުކާރު ފުރުސަތު ނުދެއްވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ 12 ޖޫން 2024 ގައި ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވީ، ލޭނު އަޅައިގެން ކަންނެލި މަސްވެރިކަންކުރުމާ ދެކޮޅަށް ބީކޭޔޫއެމް އިން އެދުވަހު އިޙްތިޖާޖުކުރަމުންދިޔަ ސަރަޙައްދަށް ވަޑައިގެން ދެއްކެވި ވާހަކާގައެވެ.