ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހޯދައި މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުންނެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޯބާލަން ސެލޫނަކަށް ގޮސް ހުއްޓައެވެ. ބެލެވޭގޮތުގައި އޭނާ މަސައްކަތްކޮށްފައި ވަނީ ސިފަ އޮޅުވާލާށެވެ.
ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބިދޭސީއެއް ހޯދަނީ
އަރަފާތު ހުސައިނަކީ އާންމުންގެ ފަރާތުން ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ފަރާތެކެވެ. މިގޮތުން، މާލެ ސަރަހައްދުގައި ބުޅާ ބެލެހެއްޓުމުގެ މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއަރ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އަރަފާތު ބުޅާ ހިފައި، ކަތިލުމަށްފަހު އޭގެ މަސް ކައްކައި އަދި ވިއްކާކަމުގެ ތުހުމަތު ކޮށްފައެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!