ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ އައްޓޯކް ޑިސްޓްރިކްޓުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި، މަދުވެގެން 2 ކުދިން މަރާލައި، އިތުރު 5 ކުދިން ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޓޯކްގެ ދެރީ ކޯޓް ސަރަޙައްދުގައެވެ. އައްޓޯކް އަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ހުޅަނގު އުތުރުގައި އޮންނަ އަދި އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދު ކައިރީގައި އޮންނަ ޑިސްޓްރިކްޓެކެވެ. ފުލުހުން ބުނާ ގޮތުގައި ނޭނގޭ ބަޔަކު ސްކޫލް ވޭނަށް ބަޑި ޖަހައި، 10 އަހަރާއި 12 […]
އަޙްމަދު ދާއޫދު
“އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް” ޕްރޮޖެކްޓް އިފުތިތާހު ކޮށްފިއެވެ. އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އިފުތިތާޙްކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. “އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް” އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް...
ޔުމްނާ ޢަލީ
ނޭޕާލުން ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފިއެވެ. ނޭޕާލުގެ ސަރުކާރުން ބުރާސްފަތި ދުވަހު ޓިކްޓޮކް ބޭނުންކުރުން ހުއްދަކޮށްފައިވާއިރު، މި ނިންމުން ނިންމީ ކެބިނެޓް ބައްދަލުވުމެއްގައެވެ. އެއީ ޓިކްޓޮކާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ނޭޕާލުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމަށާއި، އެޕްގެ ކޮންޓެންޓް ރެގިއުލޭޓްކުރުމަށް ޓިކްޓޮކުން އެއްބަސްވުމަށްފަހުއެވެ. ބީޖިންގްގައި ހުންނަ ޓިކްޓޮކްގެ ޕޭރެންޓް ކުންފުނި ބައިޓްޑާންސްއިން ބުނެފައިވަނީ މި ނިންމުމާމެދު އެ ކުންފުނިން އުފާކުރ...
އަޙްމަދު ދާއޫދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކޮށްފިއެވެ. ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްވެ އޮވެއެވެ. މިގޮތުން އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދު މި މަޝްރޫޢާއިގުޅޭ އެއްބަ...
ޔުމްނާ ޢަލީ
މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ، ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ/ގދ.ވާދޫ އެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައި، ޝަމީމް ވަކިކުރަން ފާސްކޮށްފިއެވެ. މިއަދުގެ ދެވަނަ ޖަލްސާގެ ގޮތުގައި ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް މިރެއަށް ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށް، ޕީޖީ އޮފީހުން ވަނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ކަށަވަރުނުވާތީ ޖަލްސާ ކުރިއަށް ގެންދިޔައެވެ. އަދި ޝަމީމް ވަކިކުރުމ...
ޔުމްނާ ޢަލީ
ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިރޭ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޕީޖީ އޮފީހުން މިރޭ ބުނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އަދި ޕީޖީގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ޝަމީމް މަޤާމުން އިސްތިއުފާދެއްވާފައި މި ވަނީ، ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން މިރެއަށް ވެސް ޖަލްސާއެއް އޮތީ ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަ...
ޔުމްނާ ޢަލީ
ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެކަމަށާއި، އެކަމަކީ ފަސްޖެހި ދޫކޮށްލަށްވާނެކަމެއް ނޫންކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. އަބުދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޚަލީލް މިހެން ވިދާޅުވެފައި ވަނީ، ސިއްހީ ވުޒާރާއާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މާދަމާ ޢަމަލުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ފިއްލަދޫ ކައުންސިލް ކަޕް 2024” ފުޓްސަލް (ފިރިހެން) އަދި ހޭންޑްބޯޅަ (އަންހެން) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދެ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމެވެ. މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމ...
އިބްރާހިމް ޚަލީލް
މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން އިއުލާންކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ތެރ...
އަލީ އާދިލް
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ވީ6-ޖީ-03 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ. މިއެކްސްޕީރިއަންސް ސެންޓަރު ރަސްމީކޮސް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އެވެ. އުރީދޫ މޯލްޑިވްސްއިން ބުނީ، މި އައު ސެންޓަރަކީ ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާ ސެންޓަރެއްކަމަށެވެ. އުރީދޫއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުނ...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ ދައުލަތާއި ފަނޑިޔާރުން ސުވާލު އުފެއްދުމުން އެ މައްސަލައިން އޭނާ މިއަދު ވަކިވެވަޑައިގެންފި އެވެ. މަދަނީ މައްސަލައެއްގައި މިއަދު ހައި ކޯޓުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރެކެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގ...
ހުސައިން ހަބީބް
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލާފައިވާ ކަމުގައި މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަގުތީގޮތުން ހަނިމާދޫ އެއާޕޯޓްގެ އޮޕަރޭޝަން މާދަމާ ހެނދުނު 06:00 އާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތުގައި ހަނިމާދޫއަށް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކުޅުދުއްފުއްޓަށް ބަދަލު ކުރެވިފައިވާ ކަމުގައި މޯލްޑިވިއަނ...
އިބްރާހިމް ޚަލީލް
ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރުކުރާތަނެއް ބަލާފާސްކޮށް 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާ ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ރެއިޑްގައި ބަލާފާސްކޮށްފައި ވަނީ މއ. ތްރީ މޫންސް ގައެވެ. އެތަނުން ގަވާއިދާ ހިލާފަށް މ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ޖަލްސާގައި ޖުމްލަ 10 މެމްބަރުން ބައިވެރިވިއެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ވަހީދު ވަނީ އެ ޖަލްސާގައި ގޮވާލާފައެވެ. މި މައްސަލާގައި ވޯޓަށް އ...
އިބްރާހިމް ޚަލީލް
ސިނާއީ ރަށް، ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. މިތަނުގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:36 ގައެވެ. އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. ”ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު...
ޔުމްނާ ޢަލީ
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކ...
ޔުމްނާ ޢަލީ