މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,461 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 653 ވަނަ ޞަފްޙާ

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެންބާއްވާ ކައުންސިލަރުންގެ ކޮންފަރެންސް ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ”ލާމަރުކަޒީ ގުޅުން” ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ގައި ތިބި އެމްޑީޕީ ތަމްސީލްކުރާ ކައުންސިލުން ބައިވެރިވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ތިން އަތޮޅުގައި ތިބި އެ ޕާޓީ ތަމްސީލްކުރާ އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް މި [...

ޔުމްނާ ޢަލީ
ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލް ދުއްވަން ދިން މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒ...

ޔުމްނާ ޢަލީ
ޓެސްލާއިން ސައިބަކެބް ރޮބޮޓެކްސީ ތަޢާރަފުކޮށްފި

ޓެސްލާއިން ސައިބަކެބް ރޮބޮޓެކްސީ ތަޢާރަފުކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ ބާބޭންކްގައި ހުރި ވޯނަރ ބްރަދާސް ލޮޓުގައި ބޭއްވުނު “ވީ، ރޮބޮޓް” އިވެންޓުގައި ޓެސްލާއިން އެ ކުންފުނީގެ އައު ސައިބަކެބް އިލެކްޓްރިކް ވެހިކަލް (އީވީ) ތަޢާރަފުކޮށްފިއެވެ. މި ރޮބޮޓެކްސީއަކީ އަލްފަބެޓްގެ ވޭމޯ ފަދަ ވާދަވެރިންނާ ވާދަކުރުމަށް ނެރެފައިވާ އުޅަނދެކެވެ. މިއީ ސައިބަޓްްރަކް، މޮޑެލް 3 އަދި މޮޑެލް އެސް ފަދަ ޓެސްލާގެ އޮޓޮނޮމަސް ސެލްފް-ޑްރައިވިންގ ވެހިކަލްތަކުގެ ސަފަށް އިތުރުވި އުޅަނދެކެވެ. ނަމަވެސް މި އުޅަނދުގައި ސްޓިއަރިންގ ވީލެއް ނުވަތަ ޕެޑަލްްތަކެއް ނުހުންނާނެއެވެ. މިއީ...

އަޙްމަދު ދާއޫދު
ޖަރުމަނުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ

ޖަރުމަނުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ

ޖަރުމަނުވިލާތުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދޭން އިޢުލާނުކޮށްފިއެވެ. ޖަރުމަނުުމަނުވިލާތުގެ ޗާންސެލަރ އޮލަފް ޝޯލްޒް ޔުކްރެއިނަށް މިއެހީދެއވާނެކަމަށް ވިދާޅުވެފައިވާއިރު، މި އެހީ ދޭނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި އިޢުލާނު ކުރީ ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ބަރލިންއަށް ކުރި ދަތުރުފުޅެއްގައި ޝޯލްޒްއާ ބައްދަލުކުރެއްވުމަށްފަހުއެވެ. މި އެހީ ދޭނީ ބެލްޖިއަމް، ޑެންމާކް އަދި ނޯވޭއާ ގުޅިގެންނެވެ. މި އެހީގެ ތެރޭގައި އެއަރ ޑިފެންސް، ޓޭންކް، ކޮމްބެޓް ޑްރޯން އަދި އާޓިލަ...

އަޙްމަދު ދާއޫދު
އިސްރާއީލު ސިފައިން ލުބުނާންގައި ހުރި ސުލެއިމާނީގެ ބުދު ވައްޓާލައިފި

އިސްރާއީލު ސިފައިން ލުބުނާންގައި ހުރި ސުލެއިމާނީގެ ބުދު ވައްޓާލައިފި

އިސްރާއީލު ސިފައިން ލުބުނާންގެ ދެކުނު ސަރަހައްދުގައި ހުރި އީރާނުގެ ކުރީގެ ސަލާމަތީ އިސްވެރިޔާ ޤާސިމް ސުލެއިމާނީގެ ބުދެއް ވައްޓާލައިފިއެވެ. މި ހަރަކާތުގެ ވީޑިއޯ އިސްރާއީލު ސިފައިން ވަނީ ރެކޯޑުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ލުބުނާންގެ ދެކުނު ސަރަހައްދުގައި އޮންނަ މާރޫން އަލް-ރާސް ގައި ހުރި މި ބުދު ހުރީ މިހާރު ހަލާކުކޮށްލާފައެވެ. ޤާސިމް ސުލެއިމާނީ އަކީ 2020 ވަނަ އަހަރު ބަޣްދާދުގައި އެމެރިކާގެ ޑްރޯން ހަމަލާއަކުން މަރާލި އީރާނުގެ އިސް ސިފައިންގެ ވެރިއެކެވެ. މި ހާދިސާ ހިނގާފައިވަނީ […]

އަޙްމަދު ދާއޫދު
ބައްސާމްގެ ދެ އެޕާޓްމެންޓް އަތުލި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި

ބައްސާމްގެ ދެ އެޕާޓްމެންޓް އަތުލި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސެއް ފުލުހުން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ އެއް އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.  ބައްސާމްގެ ފަރާތުން އިއްޔެ ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި […]

ހުސައިން ހަބީބް
ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި […]

ޔުމްނާ ޢަލީ
އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023 ގައިއެވެ. އެ ކުންފުނިން މިއަދު ބުނީ، އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު...

ޔުމްނާ ޢަލީ
''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''

''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''

ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު، ޙަރާމްވެގެންވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަން” އެވެ. މިއަދުގެ ޚުތުބާގެ މުހިންމު ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ﷲ تعالى މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިވާއިރު، އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒި...

ޔުމްނާ ޢަލީ
މެރިއަޓް އިންޓަނޭޝަނަލް ހޮޓެލް ޗެއިނަށް ބޮޑެތި ޖޫރިމަނާތަކަކާއި ކުރިމަތިލާން ޖެހިއްޖެ

މެރިއަޓް އިންޓަނޭޝަނަލް ހޮޓެލް ޗެއިނަށް ބޮޑެތި ޖޫރިމަނާތަކަކާއި ކުރިމަތިލާން ޖެހިއްޖެ

މެރިއަޓް އިންޓަނޭޝަނަލްގެ ޑޭޓާ ބްރީޗްތަކާ ގުޅިގެން މެރިއަޓް އިންޓަނޭޝަނަލް ހޮޓެލް ޗެއިނަށް ބޮޑެތި ޖޫރިމަނާތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ އެ ކުންފުނީގެ 344 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންގެ މަޢުލޫމާތު ހާމަވި ގިނަ ޑޭޓާ ބްރީޗްތަކަކާ ގުޅިގެން ކުރިމަތިވި މައްސަލައެކެވެ. އެމެރިކާގެ 50 އެޓަރނީ ޖެނެރަލުންގެ ގްރޫޕަކާއެކު 52 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް މެރިއަޓް އައިސްފައިވެއެވެ. ކަނެކްޓިކަޓްގެ އެޓަރނީ ޖެނެރަލް ވިލިއަމް ޓޮންގް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ 131.5 މިލިއަނ...

އަޙްމަދު ދާއޫދު
ޗިލީ އަތުން ބުރެޒިލް އަށް މުހިންމު މޮޅެއް

ޗިލީ އަތުން ބުރެޒިލް އަށް މުހިންމު މޮޅެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަތިހު ބްރެޒިލްއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހައިގެން ބްރެޒިލް (2-1) މޮޅުވެއްޖެއެވެ. ކޮލިފައިންގައި ބްރެޒިލްގެ ނަތީޖާތައް ދަށެވެ. ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ވެސް ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ. ނަމަވެސް ރޭ ލިބުން މޮޅާއިއެކު އެ ޓީމް ވަނީ ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 9 މެޗުން 13 ޕޮއިންޓް ވަނީ ލިބިފައެވެ. […]

އިބްރާހިމް ޚަލީލް
އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފައްދަނީ

އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފައްދަނީ

އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފެއދުމަށް ނިންމައިފިއެވެ. އިންޑިއާ ހިމެނޭ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުން ދިއުމާ ގުޅިގެން، އެ ޤައުމުގެ ކަނޑުގެ ބާރު އިތުރުކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ދެ ސަބްމެރިން އުޅަނދު ބަނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ. ބުދަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓުން ނިންމި ނިންމުމުގައި، އަލަށް ބަންނަން ނިންމި ދެ ސަބްމެރިނަކީ އިންޑިއާގެ ކަނޑުގެ ސިފައިން ބަންނަން ރާވާފައިވާ 6 ސަބްމެރިންގެ ތެރ...

އަޙްމަދު ދާއޫދު
ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފި

ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފި

ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފިއެވެ. ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން، އިސްރާއީލާއެކު ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް ވާސިލުވުމަށްޓަކައި ޑިޕްލޮމެޓިކް މުއާމަލާތްތައް އިތުރުވެފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ “ވަގުތީ ހަނގުރާމަ ހުއްޓާލުމެއް އިއުލާނުކުރުމަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާއާއި ފްރާންސްއ...

އަޙްމަދު ދާއޫދު
ޓްރާންސްފޯމަރ އެނަރޖައިޒް ކޮށްނިންމައި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓްދީފި

ޓްރާންސްފޯމަރ އެނަރޖައިޒް ކޮށްނިންމައި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓްދީފި

ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ މައި ޓްރާންސްފޯމަރުތަކުގެ ތެރެއިން، ޓްރާންސްމިޝަން ޓްރާންސްފޯމަރެއް އެނަރޖައިޒްކުރުމުގެ ތެރެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން އިއްޔެ ބުނެފައި ވަނީ ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމެއްކަމަށ...

ޔުމްނާ ޢަލީ
''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''

''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''

ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، “އެކްސް” ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާާޅުވީ، ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ...

ޔުމްނާ ޢަލީ
މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި

މިއަދު މެދުކަނޑާލި މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަން ފުނަދޫ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން އެކަން ހާމަކުރީ މިއަދު ހެނދުނު 11:28 ގައެވެ. އެއަށްފަހު މިރޭ 19:25 ގައި އެ ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތައް އެ ކުންފުނިން ފުނަދޫ އަށް ކުރަމުން އަންނަ ދަތުރުތައް ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި މައުލޫމާތު ލިބިފައިވާ ގޮތުގ...

ޔުމްނާ ޢަލީ
ހޯމަ ދުވަހާއި ހިސާބަށް މޫސުން ގޯސް، މިއަދު 61 މޭލަށް ވައި ޖެހުނު

ހޯމަ ދުވަހާއި ހިސާބަށް މޫސުން ގޯސް، މިއަދު 61 މޭލަށް ވައި ޖެހުނު

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. އެ އިދާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ ރާއްޖޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި  ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދަށް އާންމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ވިލާގަނޑުގައި މިއަދު ހުޅުލެއަށް 61 މޭލު [...

އިބްރާހިމް ޚަލީލް
މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ

މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ

މާލޭގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ މިއަދު 15:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 3 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެކުއްޖާ މަގު ހުރަސް އުޅުނީ މާލޭ މަޖިދީމަގު ވިލާމާޓު ކައިރީ ކަފިހި ހުރަސް މަތިންނެވެ. ފުލުހުން ބުނީ ސައިކަލުންޖެހި އެ ކުއްޖާވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށެވެ. ‘’އެ ކުއްޖާ ވަނީ […]

ޔުމްނާ ޢަލީ