އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. އެ އިދާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ ރާއްޖޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދަށް އާންމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ވިލާގަނޑުގައި މިއަދު ހުޅުލެއަށް 61 މޭލު [...
އިބްރާހިމް ޚަލީލް
މާލޭގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ މިއަދު 15:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 3 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެކުއްޖާ މަގު ހުރަސް އުޅުނީ މާލޭ މަޖިދީމަގު ވިލާމާޓު ކައިރީ ކަފިހި ހުރަސް މަތިންނެވެ. ފުލުހުން ބުނީ ސައިކަލުންޖެހި އެ ކުއްޖާވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށެވެ. ‘’އެ ކުއްޖާ ވަނީ […]
ޔުމްނާ ޢަލީ
ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވި ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފި އެވެ. މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ދެވަނަ ފޭސްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން […]
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަވަށްޓެރި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެ...
ޔުމްނާ ޢަލީ
މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލައިފިއެވެ. މޯލްޑިވިއަން އިން މިއަދު ބުނީ ފުނަދޫ އެއާޕޯޓްގެ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން އިތުރަށް ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ދިމާވާ ދަތިތަކަށް މާފަށް އެދޭކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ދަތުރުތައް މޯލްޑިވިއަން...
އިބްރާހިމް ޚަލީލް
ވަގަށް ނަގާފައިވާ ޕިކަޕް ބެޓެރީ ތަކަކާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 6:54 ހާއިރު ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ޝައްކުވެގެން އެ ޕިކަޕް ހުއްޓުވައި ބަލާފާސްކޮށްފާއިވާ ކަމަށެވެ. ފަރީދީ މަގާއި، ޗާންދަނީ މަގާއި ގުޅޭ ހިސާބުން މި ޕިކަޕް ހުއްޓުވައި ބެލިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ 12 ޕިކަޕް ބެޓެރި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި އެ ޕިކަޕްގައި ތިބި އަލީ އަހްސަން 32އ، މާކަރީ […]
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި އިންޑިއާ ޢަމަލުކުރަން އެއްބަސްވެ ޢިއުލާންކޮށްފައިވާ “ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ”އަކީ އަކުރުން ފިއްޔަށް ލިޔެފައި އޮތް ފެންނަން އޮންނާނެ އެއްޗެއް ކަމަށާއި، އެހެން ޤައުމެއްގެ ސިފައިން ދެން ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2024” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ […]
އިބްރާހިމް ޚަލީލް
2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބުނު ދެ ފަރާތްތައް އިއުލާންކޮށްފިއެވެ. ރޯޔަލް ސްވީޑިޝް އެކެޑަމީ އޮފް ސައިންސަސްއިން އިއްޔެ، އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބިވަޑައިގަތީ ޖޮން ޖޭ. ހޮޕްފީލްޑް އަދި ޖެފްރީ އީ. ހިންޓަން އަށެވެ. މި ދެ ސައިންޓިސްޓުންނަށް މި އިނާމު ލިބިވަޑައިގަތީ “އާޓިފިޝަލް ނިއުރަލް ނެޓްވޯކްސް މެދުވެރިކޮށް މެޝިން ލާނިންގ ވުޖޫދަށް ގެނައުމަށް ކުރެއްވި އީޖާދުތަކާއި އަސާސީ ހޯއްދެވުންތަކަށް” ކަމަށް އެކެޑަމީން […]
އަޙްމަދު ދާއޫދު
މަސައްކަތްކުރާގޮތް ފެންނާނެކަމަށާއި، ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާާާ އާއި ރާއްޖެއާއި ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދު...
ޔުމްނާ ޢަލީ
މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްލިބިފައިވާ ކަމަށެވެ. އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމްވީ ކްރައިސިސް” އަދި ”އެކްސިޑެންޓް އިން މޯލްޑިވްސް”ގެ މީސްމީޑި...
ޔުމްނާ ޢަލީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަ ދައްކައި، ލުބުނާންގައި ހިޒުބުﷲގެ އަމާޒުތަކަށް އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރެވުނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިސްރާއީލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕް، ނަތަންޔާހޫއާ މަޝްވަރާ ކުރީ ފާއިތުވި ހަފްތާގައި، އޭނާގެ ރިޔާސީ ކެމްޕޭންގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނ...
އަޙްމަދު ދާއޫދު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ރީނދޫ ސަމާލާއި، ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. މި ސަމާލުގެ ވަގުތު ކުރިން ދީފައި އޮތީ މިއަދު ހެނދުނު 7:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު މިވަގުތު ވަނީ ހެނދުނު 11:00 އާއި ހަމައަށް އިތުރުކޮށްފައެވެ. މި ސަމާލުގެ ވަގުތުގައި […]
ޔުމްނާ ޢަލީ
ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ސިއެޓްލްއިން އިސްތަންބޫލަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައި ނިޔާވެއްޖެކަމަށް އެ އެއަރލައިންއިން ހާމަކޮށްފިއެވެ. 59 އަހަރުގެ ކެޕްޓަން އިލްޗެހިން ޕެހްލިވަން ދަތުރުމަތީގައި ހޭނެތި، ނިއުޔޯކަށް އިމަޖެންސީ ލޭންޑިންގއެއް ކުރުމުގެ ކުރިން ނިޔާވެފައިވާ ކަމަށް ޓާކިޝް އެއަރލައިންސްގެ ތަރުޖަމާނެއް ބުދަ ދުވަހުގެ ހެނދުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ އެއަރލައިންގެ ތަރުޖަމާން ޔަހްޔާ އުސްތުން އެކްސް ގައި ލިޔުއްވާފައިވަނީ، “މަތިންދާބޯޓުގައި ކެޕްޓަނަށް ދެވުނު ފުރަތަމަ މެޑިކަލް...
އަޙްމަދު ދާއޫދު
ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހިސާބަށެވެ. އެލާޓުގެ ވަގުތެއްގެ ގޮތުގައި އެ އިދާރާއިން ބުނީ މިރޭ 21:30 އިން ދަންވަރު 01:30 ގެ ނިޔަލަށެވެ. އެ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސެއިން މުހައްމަދު ލަތީފް، ހދ.ނޭކުރަންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ނޭކުރެންދޫ ކައުންސިލުން ވަނީ އެ ރަށަށް ބޭނުންވެފައިވާ މުހިންމު ޕްރޮޖެކްޓްތައް ނައިބް އާއި ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި މިހާރު އޮތް ބޮޑު ހުސްބިމުގައި ރަށުގެ ރައްޔިތުންނަށް އާމްދ...
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ އިން ފާހަގަ ކުރާ ކަސްޓަމަރުންގެ ދުވަހޔގައި ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނިކުމެއްޖެއެވެ. އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ވަނީ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފައެވެ. އުރީދޫގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު...
އިބްރާހިމް އަސްވާޤް
ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ […]
ހުސައިން ހަބީބް