ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާކުރެވުނު ފުރަތަމަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ގާނޫނާ ހިލާފުވެގެން ހަތަރު […]
އަލީ އާދިލް
ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި އެވެ. ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން […]
ހުސައިން ހަބީބް
މާލޭގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 12 ޑިސެމްބަރު 2024 ގައި މާލޭ ހަވީރީ ހިނގުމުގައި ހުންނަ މި ކެފޭ އަށް ބަޔަކު ވަނީ ވަދެ ގެއްލުންދީފައެވެ. ފުލުހުން ބުނީ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ތައުފީޤް (31އ) ވައިލެޓްމާގެ/ގދ.ދެއްވަދޫ އަދި އަސަދުﷲ ޚާތިމް […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “ބިއުޓިފުލް ބުލޫ މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އިހަވަންދޫ ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމްތަކަކީ ކްލަބް އިރަމާ، ސެންސިޓީ، ކުޅިމަގުގެ އިތުރުން އެންވީކޭއެވެ. ދެން މި މުބާރާތުގައި ދެން ބައިވެރިވެފައި ވަނީ ބީބީ ބްރަދާސް، އިލިގަން، ތުރާކުނު، ހޯރަ ޔުނައިޓެޑްގެ އިތުރުން...
އިބްރާހިމް ޚަލީލް
ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދު އޭނާގެ ވެރިކަން ވައްޓާލުމަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެއްފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަސަދު ބުނެފައިވަނީ ރަޝިއާއިން އޭނާ ގެންދިޔުމުގެ ކުރިން އަދިވެސް ބަޣާވާތްތެރިންނާ ހަނގުރާމަ ކުރަން ގަސްދުކޮށްފައި އޮތް ކަމަށެވެ. އަސަދުގެ ވެރިކަން ވައްޓާލިތާ އެއް ހަފްތާއަށްވުރެ ގިނަ ދުވަސްވުމަށްފަހު، ސީރިއާގެ ރިޔާސީ ޓެލެގްރާމް ޗެނަލްގައި ކުރި މި ޕޯސްޓަކީ އޭނާ އާންމުކޮށް ކުރި ފުރަތަމަ ބަޔާނެވެ. މި ބަޔާނުގައި އަސަދު ބުނެފައިވަނީ ޑިސެމްބަރު...
އަޙްމަދު ދާއޫދު
ޗައިނާގެ އޭއައި މޮޑެލްތައް އެމެރިކާގެ މޮޑެލްތަކާ ވާދަކޮށް ކުރިއަރަމުން ދާ ކަމަށް މީޑިއާ ޓެކް ރިޕޯޓްތައް ބުނެފިއެވެ. ސީއެންބީސީގެ ރިޕޯޓެއްގައި ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ވާދަކޮށް ކުރިއެރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށް ސީއެންބީސީއަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ އޭއައި މޮޑެލްތައް މިހާރުވެސް ވަރަށް މަޤްބޫލުވެފައިވާ ކަމަށާއި، އެމެރިކާގެ މޮޑެލްތަކާ އެއްފެންވަރުގައި، އަދި ބައެއް ދާއިރާތަކ...
އަޙްމަދު ދާއޫދު
ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކަރ ވިނީޝިއަސް ޖޫނިއާއަށް ލިބިއްޖެއެވެ. މި އެވޯޑަށް ވިނީއާއި އެންމެ ކައިރިން ވާދަކޮށްފައި ވަނީ މިއަހަރު ބޮލޮންޑިއޯ އެވޯޑް ހޯދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑިން މިޑްފީލްޑަރ ރޮޑްރީއެވެ. ދެން މި އެވޯޑްގެ ނޮމިނީސްތެރޭގައި އެންމެ ގިނައިން ހިމެނިފައި ވަނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ […]
އިބްރާހިމް ޚަލީލް
އަސަދުގެ ވެރިކަމަށް ފަހު ސީރިއާގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ތުރުކީއާއި ޔޫރަޕިއަން ޔޫނިއަން އެއްބަސްވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން މިއަދު ވިދާޅުވެފައިވަނީ އަސަދުގެ ވެރިކަމަށް ފަހު ސީރިއާގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ތުރުކީއާއި ޔޫރަޕިއަން ޔޫނިއަން އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ ޤައުމުގައި އެންމެން ޝާމިލްވާ ސަރުކާރެއް ޤާއިމުކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންކާރާގައި ބޭއްވުނު...
އަޙްމަދު ދާއޫދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ހިމާޔަތްކުރި ބިސްވަޅުން ވެލާ ވިހައިގެން މޫދަށް ފައިބައިފިއެވެ. ހޯރަފުށީ ރަށްވެހި ފަންނު އަތިރިމަތިން ވެލާބިސްވަޅެއް ފެނިގެން އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެން އެ ބިސްވަޅު ހިމާޔަތް ކޮށްފައި ވަނީ ފާއިތުވި ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ބިސްވަޅު ފެނުމާއިއެކު ކައުންސިލާއި ފުލުހުން ގުޅިގެން އެތަނުގެ ބޯޑުބަހައްޓައި ވަށައިގެން ދާޖަހައި އިން ވަކިކޮށް އައީ ބަލަހައްޓަމުންނެވެ. މި ނޫހަށް މައުލޫމާތު ދެމުން ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އަހްމަ...
އިބްރާހިމް ޚަލީލް
ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމް ރ އަތޮޅުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އެ އަތޮޅުގައި މި ޕްރޮގްރާމް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ފިޔަވަހީގައި ހާލު ކިހިނެއް؟ ޕްރޮގްރާމް […]
އިބްރާހިމް ޚަލީލް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް, އެ މައްސަލަ އަނެއްކާވެސް ބަލަން އަންގައިފި އެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. އެއީ 2013 ވަނަ އަހަރު ސްރީ ލަންކާ އިން ރާއްޖެ އައިއިރު އޭނާ ދިރުވާލައިގެން ގެނައި 76 ގްރާމްގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ކްރިމިނަލް ކޯޓުގެ […]
ހުސައިން ހަބީބް
ކުރީގެ އަދަދާއިގުޅޭ: ” ހަމަޖެހިބަލަ! ނެތެއްނު ދެން ރަނގަޅު އެއް ގޮތް ވެސް. އެހާ ވަރުން ކައިވެންޏަށް އެއްބަސްވީ. ކޮންމެ ގޮތެއް ވިޔަސް އަރޫޝާގެ ސަބަބުން ދޯ މަންމަ އޯކޭ ވީ.” ނަދީމް ބުނެލިއެވެ. އެ ވަގުތު ޒައިނާ އިތުރަށް ރުޅި ގަދަވެ، ކަންފަތާ ފޯނު ދުރުކޮށްލީ، ނަދީމްގެ އަޑު އަހަން ފޫހިވެފައި ހުރެފައެވެ. ” އޭނަ އެ އުޅެނީ ހަމަ މަންމަގެ ލޯބި ހޯދަން ވެގެން. އަހަރެން މި ކައިވެނި ކުރަން ބޭނުންވަނީ ނަދީމް މަންމަ، […]
ސަލާމާ ޢަބްދުލް ޢަލީމް
މޮރިޝަސްގެ ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުން ނެރެފިއެވެ. މޮރިޝަސްގެ ފުލުހުން އެ ޤައުމުގެ ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، މިއީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކުރެވެމުންދާ ތަޙުޤީޤަކާ ގުޅުވައިގެން ނެރެފައިވާ އަމުރެކެވެ. އާދީއްތަ ދުވަހު މޮރިޝަސްގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ފުލުހުންގެ ނޯޓިސްއެއްގައި ބުނެފައިވާ ގޮތުގައި، ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހަރވޭޝް ކުމާރު ސީގޯލަމް މިވަގުތު ހުރީ އެ ގައުމުން ބޭރު...
އަޙްމަދު ދާއޫދު
ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާގެ އެހީގައި ހދ.ހަނިމާދޫގައި ލެބޯޓްރީއެއް އަޅަން ނިންމާފައިވާ ކަމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ، ކޮކްނަޓް ހިސްފިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދ...
އިބްރާހިމް ޚަލީލް
އިނގިރޭސިވިލާތުގައި އޮންލައިން ސަލާމަތީ ޤާނޫނު ތަންފީޒުކުރަން މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ. މި ޤާނޫނުގެ ދަށުން ފޭސްބުކް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ކުންފުނިތަކުން އެ ޕްލެޓްފޯމްތަކުގައި ހިންގާ ކުށްކުރުމުގެ ޢަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި އެ ޕްލެޓްފޯމްތައް ރައްކާތެރި ގޮތެއްގައި ފަރުމާކުރަން ޖެހޭނެއެވެ. މީޑިއާ ރެގިއުލޭޓަރު އޮފްކޮމްއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މީހުން މެރުމަށް ހިތްވަރުދިނުން ފަދަ ޣައިރު ޤާނޫނީ ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ...
އަޙްމަދު ދާއޫދު
ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް މިއަދު ޕާލަމެންޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވެއްޖެއެވެ. މިއީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރިން އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމަށް ރޭވިގެން ކުރެވުނު ސިޔާސީ މަސައްކަތެކެވެ. ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅުގައި ޝޯލްޒް ވަނީ ލިބަރަލް އެފްޑީޕީ ޕާޓީއާއެކު އޮތް އިއްތިހާދު ނިމުމަކަށް ގެނައުމަށް ނިންމި ނިންމުން ދިފާޢުކުރައްވާފައެވެ. އަދި ކުރިން އިންތިޚާބު ބޭއްވުމުން ޤައުމުގެ މުސްތަޤްބަލާ ދިމާލަށް ވޯޓުދޭ ފަރާތްތަކަށް ނިންމުމުގެ ފުރުސަތު ލިބިގ...
އަޙްމަދު ދާއޫދު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސަކަށް “ތިލަދުން” ގެ ޗީފް އެޑިޓަރ ޙުސައިން ޘަޤީފް މިއަދު އިންތިހާބުކޮށްފިއެވެ. މީޑިއާ ކައުންސިލުގެ ރައީސަކަށް ޘަޤީފް އިންތިހާބުކޮށްފައިވަނީ، އެމްއެމްސީގެ އައު ދައުރުގެ ރައީސަކު އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި މިހާރު ނޫހުގެ ޝަނާ މުހައްމަދާ ވާދަކޮށް ވަރަށް ވާދަވެރި ނަތީޖާއަކުންނެވެ. ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ޘަޤީފަށް 8 ވޯޓު ލިބުނުއިރު، ޝަނާއަށް ލިބުނީ 7 ވޯޓެވެ. ޘަޤީފް ވަނީ މީގެ ކުރިން އެމްއެމްސީގެ ނައިބު ރައީސްގެ މަގާމުވެސް ފު...
Thiladhun
ތިލަދުންމަތީގައި މިހާތަނަށް ބަތް އެންމެ ބޮޑު އެއް ސަފާރީގެ މަސައްކަތް ނިންމައި މޫދަށް ބާލައިފިއެވެ. ޔުރެކާ އިންވެސްޓްމަންޓްގެ ފަރާތުން މި ސަފާރީ ބަނދެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައެވެ. “އޯޓަސް” ގެ ނަމުން ނަންދީފައިވާ ސަފާރީގެ ދިގުމިނަކީ 130 ފޫޓެވެ. މިއީ މިހާތަނަށް ތިލަދުންމަތީގެ ރަށެއްގައި ބަތް އެންމެ ބޮޑު އެއް ސަފާރީއެވެ. މި ސަފާރީއާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެމުން ސަފާރީގެ އެންމެ އިސްފަރާތް ކަމުގައިވާ ހުސެއިން ހަލީމް ބުނީ މިއީ ފުލް ފައިބަރގްލާސް ސަފާރީއެއް […]
އިބްރާހިމް ޚަލީލް