ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކަރ ވިނީޝިއަސް ޖޫނިއާއަށް ލިބިއްޖެއެވެ.
މި އެވޯޑަށް ވިނީއާއި އެންމެ ކައިރިން ވާދަކޮށްފައި ވަނީ މިއަހަރު ބޮލޮންޑިއޯ އެވޯޑް ހޯދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑިން މިޑްފީލްޑަރ ރޮޑްރީއެވެ. ދެން މި އެވޯޑްގެ ނޮމިނީސްތެރޭގައި އެންމެ ގިނައިން ހިމެނިފައި ވަނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް ނޮމިނީސް ތެރޭ ހިމެނުނުއިރު، ދެން ހިމެނިފައި ވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑް، ބަޔާން ލެވަކޫސަންގެ އެޓޭކަރ ފްލޯރިއަން ވިޓްޒްގެ އިތުރުން ލިއޮނަލް މެސީއެވެ.
އެންމެ މޮޅު ކޯޗަކަށް ރެއާލް މެޑްރިޑަށް މިދިޔަ ސީޒަންގައި ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗް ކާލޯ އަންޗެލޮޓީ ހޮވުނުއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ މި ވަގުތު އެމެރިކާގައި ހުރި އެމާ ހަޔެސް އަށެވެ.
އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގަނާޗޯއަށެވެ. އެއީ އެވަޓަން ކޮޅަށް އޯވަހެޑް ކިކުން ޖެހި ލަނޑަށެވެ.
ޑްރީމް ޓީމުގައި ހިމެނިފައިވަނީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް، ސްޕެއިނުގެ، ކާވަހާލް، ރޮޑްރީ، ލަމީން ޔަމާލް، ޖަރުމަނުގެ އެންޓޯނިއޯ ރޫޑިގާ، ކްރޫސް، ފްރާންސްގެ ވިލިއަމް ސަލީބާ، ޕޯޗުގަލްގެ ރުބެން ޑިއާޒްގެ އިތުރުން ނޯވޭގެ އާލިން ބްރައުޓް ހާލަންޑްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!