މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ލިބިފައިވާ ކަމަށެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ ގ. ބައުޓީ ވިލާ، އުމުރުން 45 އަހަރުގެ ދާއޫދު ޖިމްރީޒް އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން […]
ޔުމްނާ ޢަލީ
ގޭގޭގައި ކަރަންޓު އުފެއްދުމަށް އައު އީޖާދެއް އެމެރިކާގެ ސައިންސްވެރިން ހޯދައިފިއެވެ. މިހާތަނަށް އަމިއްލަ ބޭނުމަށް ކަރަންޓު އުފެއްދުމަށް ބޭނުންކުރަމުން އައި ސޯލާ ޕެނަލްތަކުގެ އިތުރުން، އޯ-ވިންޑް ޓާބައިން ނަމަކަށް ކިޔާ އާ އީޖާދެއް ވަނީ ތަޢާރަފުވެފައެވެ. ގޯތިގެދޮރާއި ޢިމާރާތްތަކުގެ ބެލްކަނީގައި ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާބައިނަކީ 25 ސެންޓިމީޓަރުގެ ބޯޅައެކެވެ. މި ޓާބައިނުން ހުރިހާ ދިމާލަކުން އަންނަ ވައިން ހަކަތަ އުފެއްދޭނެއެވެ. އަދި އިރުގެ އަލިކަން ނެތް ވަގުތުތަކުގައި ވެސް ކަރަންޓު އުފެއް...
އަޙްމަދު ދާއޫދު
ބްރެޒިލްގައި ބަހަކާއި ޓްރަކެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި މަދުވެގެން 32 މީހުން މަރުވެއްޖެއެވެ. ބްރެޒިލްގެ ދެކުނު އިރުމަތީ ސަރަޙައްދުގައި ހައިވޭއެއްގައި މި ހާދިސާ ހިނގާފައިވަނީ މަގުމަތީގައި ދުއްވަމުންދިޔަ ފަސިންޖަރުން އުފުލާ ބަހަކާއި ޓްރަކަކާ ޖެހުމުންނެވެ. މިނާސް ޖެރައިސް ސްޓޭޓްގެ ފަޔަރ ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު ލަޖިންހާ ކައުންސިލް ކައިރީގައެވެ. އަދި މި ހާދިސާގައި “32 އާއި 35 އާ ދެމެދުގެ” އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށ...
އަޙްމަދު ދާއޫދު
އެމެރިކާއިން ޓައިވާނަށް 571.3 މިލިއަން ޑޮލަރުގެ ދިފާއީ އެހީ ދޭން ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއެހީ ދިނުމަށް ހުއްދަ ދެއްވާފައިވާއިރު، މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ޓައިވާނަށް 265 މިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތައް ވިއްކުމަށް ހުއްދަ ދީފައެވެ. އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް، އެމެރިކާގެ ޤާނޫނުގެ ދަށުން ޓައިވާނަށް އަމިއްލަ ދިފާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލާޒިމުކުރެއެވެ. މިކަމަކީ ބީޖިންގގެ […...
އަޙްމަދު ދާއޫދު
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށްގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެފި އެވެ. ފުލުހުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ވަދެ އެ މަޢުލޫމާތު ހިއްސާކުރުމަށެވެ. ފުލުހުން ވަނީ މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކ...
އަލީ އާދިލް
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، އޭގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓްކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. މި ނުވަ ބިދޭސީންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމުގެ ހަ އަންހެނަކާއި، ޔުގަންޑާގެ އަންހެނަކާއި...
އަލީ އާދިލް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ފަޒުލްގެ އިސްތިއުފާގެ ސިޓީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ. މި ސިޓީގައި ފަޒުލް ވިދާޅުވެފައިވަނީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދު އެކި ގޮތްގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ. ފަޒުލް އިތުރަށް ވިދާޅުވެފަ...
އަލީ އާދިލް
މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް 35 އަހަރުގެ މީހަކު ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އެއީ ގ. ފޮރެސް ލައިޓް އަލީ ރަޝީދު އެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. […]
އަލީ އާދިލް
ދިވެހީންގެ ދައުލަތް ދައުލަތްތަކީ އިންސާނުން ވަކި ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުން ކަށަވަރުކުރުމަށް ޓަކައި އުފައްދާފައިވާ ނިޒާމެކެވެ. މި ނިޒާމަށްވުރެ ފުޅާކޮށް ގިނަ ދައުލަތްތަކެއް ހިމަނައިގެން އެކުވެރި ދައުލަތްތައް (United Nations) އާއި ހުޅަނގުގެ އިއްތިހާދު (European Union) ފަދަ ނިޒާމުތައް އުފެދިފައިވެއެވެ. ނަމަވެސް ޤައުމެއްގެ ގޮތުގައި ނުވަތަ އެކުވި ވިސްނުމާއެކު ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ އަދިވެސް ދައުލަތްކަން އިންސާނީ ތަޖުރިބާއިން ދަނީ ފެންނަމުންނެވެ. ޤައުމެއް...
ޢަބްދުﷲ ސަޢީދު
2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުވު ކުޑަކުދިންގެ ޕާކް ހަލާކުވެ ވީރާނާވެފައި ވަނިކޮށް، އެ ރަށު ކައުންސިލުން ބޮޑު ހަރަދެއްކޮށްގެން އެތަން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ. ޕާކް ހުޅުވުމަށް ރޭ ބޭއްވި ރަށްމިއްޔާތުގައި ރަސްމީކޮށް ޕާކް ހުޅުއްވައި ދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ. ޕާކް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އިހަވަންދޫއަކީ ކުށްމަދު...
އިބްރާހިމް ޚަލީލް
ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި އާރުބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާނުން ފަރަގު ބޮޑުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ލެއިޕްޒިގްގެ މައްޗަށް ކުރި ހޯދާފައެވެ. މި މޮޅާއިއެކު ބަޔާނަށް ވަނީ ކުޅުނު 15 މެޗުން 36 ޕޮއިންޓް ލިބިފައިއެވެ. އެއްވަނާގައި ބަޔާން އޮތީ ދެވަނާގައި އޮތް ލެވަކޫސަން އަށްވުރެ އެއްމެޗު އިތުރަށް ކުޅެ ހަތް ޕޮއިންޓްގެ ލީޑަކާއި އެކުއެވެ. […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑްކޮޔާޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޑޮކްޔާޑް ތަރައްގީކުރުމަށް އިހަވަންދޫއިން އެއްލައްކަ އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު، ޑޮކްޔާޑުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮ...
އިބްރާހިމް ޚަލީލް
ސެލްފް-ޑްރައިވް ކާރު ކުއްޔަށް ދިނުމުގެ ޚިދުމަތް ދެމުން އަންނަ ޒޫމްކާރުން، ޑްރައިވަރާއެކު ކާރު ކުއްޔަށް ދިނުމުގެ ޚިދުމަތް ބެންގަލޫރުގައި ތަޢާރަފްކޮށްފިއެވެ. މިއީ ދަތުރުފަތުރުގެ ބޮޑު ބާޒާރެއްގައި އެ ކުންފުނިން ކުރާ އައު ތަޖުރިބާއެކެވެ. މި ޚިދުމަތް ތަޢާރަފްކުރަނީ ކުންފުނީގެ ބާނީ އަދި ސީއީއޯ ގްރެގް މޮރަން ވަޒީފާއިން ވަކިވުމަށްފަހުގައެވެ. ގްރެގް މޮރަން ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ކުންފުނި ހިންގުމަށްފަހު، އެމެރިކާގައި ކުންފުނި ޕަބްލިކްކޮށްފައެވެ. ޒޫމްކާރުގެ މި އައު ޚިދުމަތް ވާދަވެރިވާނީ އޯލާ އަދި...
އަޙްމަދު ދާއޫދު
ބައިޑެންގެ ވެރިކަން ނިމުމުގެ ކުރިން އެމެރިކާގެ އިތުރު 55،000 ދަރިވަރެއްގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށްދީފިއެވެ. މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން އިތުރު 55،000 ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މަޢާފުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މަޢާފުކުރެވޭ ލޯނުގެ ޖުމްލަ އަދަދަކީ 4.2 ބިލިއަން ޑޮލަރެވެ. މި ނިންމުމުގެ ސަބަބުން ފައިދާ ކުރާނީ މުދައްރިސުންނާއި، ނަރުހުންނާއި އަދި ޤާނޫނު ތަންފީޒުކުރާ އޮފިސަރުން ފަދަ ސަރުކާރުގެ މުވައްޒަ...
އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކާމެދު ޕާކިސްތާނުން ފާޑުކިޔައިފިއެވެ. އެމެރިކާ ސަރުކާރުން އަޅާފައިވާ އައު ފިޔަވަޅުތަކަކީ “ތަފާތުކުރުން ގެންގުޅޭ” ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ސަރަޙައްދުގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ. ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅުތަކަކީ”އެ ސަރަޙައްދާއި އޭގެ ބޭރުގެ ސްޓްރެޓެޖިކް ސްޓެބިލިޓީއަށް ނުރައްކާތެރި ނަތީޖާތަކެ...
އަޙްމަދު ދާއޫދު
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ އެންމެ މަޖާ އަދި ބޮޑު ދުވުން ކަމުގައިވާ “އުރީދޫ ފަން ރަން” މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަހަރުގެ ދުވުން ބޭއްވުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މިއަދު ހަވީރު ވާރޭ ވެހުނު ނަމަވެސް، ޝެޑިއުލާ އެއްގޮތަށް ދުވުން ކުރިއަށް ގެންދެވުނެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މަޖާ ކުޅިވަރުތަކާއެކު ބައިވެރިންގެ ހޫނު ތަރުހީބެއް މިއަހަރުގެ ދުވުމަށްވެސް ލިބުނެވެ. މި ދުވުމުގައި 6,000 މީހުން ބައިވެރިވިއެވެ. މި ދުވުމުގައި ނައިބު ރައީސް ހުސައިން […...
އަލީ އާދިލް
މާލޭގެ އަލިކިލެގެފާނު މަގުގައި ސައިކަލް ދުއްވަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް މައްސަލާގައި ހައްޔަރުކުރެވުނު މީހާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލާގައި އިއްޔެ ހައްޔަރުކުރެވުނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އަހަރު) އެވެ. ފުލުހުން މިއަދު މަޢުލޫމާތު ދިންގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ހާދިސާ ހިނގާފަ...
އަލީ އާދިލް
ގޫގުލްއިން އެކުންފުނީގެ އައު އޭއައި މޮޑެލްއެއް ކަމަށްވާ ޖެމިނައި 2.0 ފްލޭޝް ތިންކިންގ އެކްސްޕެރިމެންޓަލް ތަޢާރަފުކޮށްފިއެވެ. މި މޮޑެލްއަކީ އަދި ތަޖުރިބާކުރެވެމުންދާ މަރުހަލާގައިވާ މޮޑެލްއެއް ކަމަށާއި، އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި އައު މޮޑެލް ވަނީ ގޫގުލްގެ އޭއައި ޕްރޮޓޯޓައިޕިންގ ޕްލެޓްފޯމް ކަމަށްވާ އޭއައި ސްޓޫޑިއޯގައި ބޭނުންކުރެވެން ފަށާފައެވެ. މި މޮޑެލްގެ ސިފަތަކުގެ ތެރޭގައި ގިނަ ވަސީލަތްތަކުން މަޢުލޫމާތު ދެނެގަތުމާއި، ވިސްނުންތެރިކަމާއި...
އަޙްމަދު ދާއޫދު