ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާއިން ފުން އަސަރެއްކުރިކަމަށާއި، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ، އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރ...
ޔުމްނާ ޢަލީ
ތުރުކީގެ އެމްބަސީ 12 އަހަރަށް ފަހު ސީރިއާގެ ވެރިރަށް ދިމިޝްޤުގައި އަލުން ހުޅުވައިފިއެވެ. މިގޮތުން ހޮނިހިރު ދުވަހު އެމްބަސީގައި ތުރުކީގެ ދިދަ ނަގައި، އެމްބަސީގެ މަސައްކަތްތައް ފަށައިފިއެވެ. 2012 ވަނަ އަހަރު މަސައްކަތް ހުއްޓާލާފައިވާ މި އެމްބަސީގައި މިހާރު ވަގުތީ އިންޗާޖެއްގެ ގޮތުގައި ހުންނަވާނީ ތުރުކީން މޮރިޓޭނިއާއަށް ކަނޑައަޅާފައިވާ ސަފީރު ބުރުހާން ކޮރޯގްލޫއެވެ. މި މަޤާމަށް އޭނާ ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކާން ފިދާންއެވެ. ދިމިޝްޤުގެ ރައުދާ ސްކުއެއަރ ކައިރީގައ...
އަޙްމަދު ދާއޫދު
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކުރަން އެގައުމުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ އޭނާ ޢަޒުލު ކުރުމަށް ނެގުނު ދެވަނަ ވޯޓެވެ. މި ވޯޓު ނެގުނީ އޭނާ މާޝަލް ލޯ (އަސްކަރީ ޤާނޫނު) ތަންފީޒު ކުރަން އުޅުނު ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުމަކަށެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޮންސްޓިޓިއުޝަނަލް ކޯޓަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ރައީސް ޔޫން މަޤާމުން ވަކިކޮށްފިނަމަ އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. މިހާރު […]
އަޙްމަދު ދާއޫދު
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ރާއްޖޭގައި މަނާވެއްޖެއެވެ. ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 13 ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރަށްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުނ...
ޔުމްނާ ޢަލީ
އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައި...
ޔުމްނާ ޢަލީ
އދ. މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އަތޮޅު ދަނގެތި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މާމިގިލި ކައުންސިލް މެމްބަރުން ވަނީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަ...
ޔުމްނާ ޢަލީ
ކ. ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖެއްގެ މަރާ ގުޅޭ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ބުނީ، ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ މިއަދު އެވެ. މައުލޫމާތު ލިބޭގޮތުގައި އެކުއްޖާ ނިޔާވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރެވެ. ”މިކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ވަނީ ހަމަޖެހިފައި” ފުލުހުން ބުނެފަވެއެވެ. އެކުއްޖާ ޚަބަރު ހުސްވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ހުކުރު...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ ފަރާތުން ކުރިމަތިލީ މެމްބަރުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހެނދުނު 0800 އިން ހަވީރު 1600 އަށް މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައި-އިލެކްޝަންގައި ވަނީ ޖުމްލަ ހަ މެމްބަރަކު ވާދަކޮށްފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނެވެ. ބައި-އިލެކްޝަން ކާމިޔާބުކުރި މެމްބަރުން ލިބުނު ވޯޓާއިއެކު ފާތި...
އިބްރާހިމް ޚަލީލް
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ނިއުސް އިން ގެނެސްދޭ އިނގިރޭސި ހަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން، އެކަމުގައި އިހުމާލުވީ ދެ މުވައްޒަފުން ސަސްޕެންޑްކޮށް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި މަހު 10 ވަނަ ދުވަހުގެ ރޭ 19:00 ގައި އެ ކުންފުނީގެ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ހަބަރު ސެގްމެންޓްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ، ދިވެހި […]
އިބްރާހިމް ޚަލީލް
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ބޭރު ފައިސާއާއި ބެހޭ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ، 12 ޑިސެންބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ. ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭގޮތަށް ކަނޑައަޅައި، […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ (އދ.އަތޮޅު) ގެ ތިން ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އދ. ދަނގެތި، މަހިބަދޫ އަދި އޮމަދުއަށް ކަމަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ރައީސް ބައްދަލުކުރަށްވާނެ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކ...
ޔުމްނާ ޢަލީ
އިންޑިޔާގެ 18 އަހަރުގެ ޒުވާނަކު ދުނިޔޭގެ އެންމެ ހަގު އުމުރުގެ ޗެސް ޗެމްޕިއަނުކަން ހޯދައިފިއެވެ. ސިންގަޕޫރުގައި ބޭއްވުނު ފީޑޭ ވޯލްޑް ޗެސް ޗެމްޕިއަންޝިޕްގެ ފައިނަލް ރައުންޑުގައި އިންޑިޔާގެ 18 އަހަރުގެ ގުކެޝް ދޮމަރާޖު ވާދަކޮށް ވަނީ ދުނިޔޭގެ އެންމެ ހަގު އުމުރުގެ ޗެސް ޗެމްޕިއަންކަން ހޯދާފައެވެ. ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލްގައި ދޮމަރާޖު ވަނީ ޑިފެންޑިންގ ޗެމްޕިއަން، ޗައިނާގެ ޑިންގ ލިރެން ބަލިކޮށްފައެވެ. ދޮމަރާޖުގެ މި ކާމިޔާބީއާއެކު، ކުރިން މި ރެކޯޑު ހިފަހައްޓަމުން […]
އަޙްމަދު ދާއޫދު
ސީރިއާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމުގައި ޖަލެއް ބެލެހެއްޓި ކުރީގެ އަސްކަރީ އޮފިސަރަކަށް އެމެރިކާގައި ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލައިފިއެވެ. ސީއެންއެންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 72 އަހަރުގެ ސަމީރު އުސްމާން އަލް-ޝެއިޚްގެ މައްޗަށް އަނިޔާކުރުމާއި އަނިޔާކުރުމަށް ރޭވުމުގެ ދައުވާ ފެޑެރަލް ގްރޭންޑް ޖޫރީއަކުން ކޮށްފައިވާކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވެއެވެ. 2005 އާއި 2008 އާ ދެމެދު ދިމިޝްޤްގެ އަދްރާ ޖަލު ބެލެހެއްޓި އަލް-ޝެއިޚް ހައްޔަރުކޮށްފައިވަނީ ޖުލައި މަހު ލޮސް އެ...
އަޙްމަދު ދާއޫދު
ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޝޯކާ ރަންވަލަގެ ޕީއެޗްޑީ ފާހުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުން އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާގެ ތަޢުލީމީ ސަނަދުތަކާ ގުޅޭގޮތުން ފަހަކަށްއައިސް އުފެދިފައިވާ ސުވާލުތަކާ ގުޅިގެން މި ނިންމުން ނިންމެވި ކަމަށް އަޝޯކާ ރަންވަލަ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އޭނާގެ ތަޢުލީމީ ފެންވަރާ ގުޅޭގޮތުން އެއްވެސް ދޮގު ބަޔާނެއް ދެއްވާފައި ނުވާ ކަމަށް އަޝޯކާ ރަންވަލަ ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް، އޭނާގެ ތަޢުލީމީ ސަނަދުތައ...
އަޙްމަދު ދާއޫދު
ރ.އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފިއެވެ. އުނގޫފާރު ހޮސްޕިޓަލްގައި ރަސްމީކޮށް އެމްއާރުއައިގެ ހިދުމަތް ރޭ ފައްޓަވައި ދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ އުނގޫފާރު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށާއި، އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަ...
އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް […]
އިބްރާހިމް ޚަލީލް
ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ އިންޓޭކްގައި ހިންގާ ކޯސްތައް އިޢުލާންކޮށްފައިވާއިރު، އެތަނުން އެއް ކޯހަކީ ”މާސްޓަރ އޮފް ދިވެހި ލޭންގްއޭޖު އެންޑް ކަލްޗަރ” ކޯހެވެ. ދިވެހި ބަހާއި ސަގާފަތް އުނގަންނައިދޭ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލައި ޤައުމީ ޔުނިވަސިޓީންކޮށްފައިވާ އިސްތިހާރުގައި ބޭނުންކޮށްފައި ވަނީ ދިވެހިވަންތަކަމާއި ބީރައްޓެހި، އެހެން ކަރައެއްގެ ކަނޑުއުޅަނދެއްގެ ކުރެހުންކަމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެ...
ޝިއުނާ އާދަމް
ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލަޒެން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ ވިކްޓޯރިއާ ޕްލަޒެން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗުގައި ވިކްޓޯރިއާ ޕްލަޒެން އިން ލީޑުނެގީ ދެވަނަ ހާފުގެ ކުރީކޮޅު މަތެޖް ވައިދްރާ […]
އިބްރާހިމް ޚަލީލް