އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮސްޕާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ. ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ތިން ލަނޑު ވެސް ޖެހީ ޓޮޓެންހަމުންނެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ސޮލަންކޭ ޖަހައިދިންއިރު ދެވަނަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
އިންޑިއާގެ އިދިކޮޅު މައިޕާޓީ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ މައްޗަށް ހުށަހެޅި ޖިނާއީ މައްސަލައެއް ދިއްލީ ފުލުހުން ބަލަން ފަށައިފިއެވެ. ދިއްލީ ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ ވެރިކަންކުރާ ޕާޓީ މޯދީގެ ބީޖޭޕީގެ މެންބަރު ހެމަންގް ޖޯޝީ ހުށަހެޅި ޝަކުވާއެއްގެ މައްޗަށް ބިނާކޮށެވެ. މި ޝަކުވާގައި، ޕާލިމެންޓް ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި ރާހުލް ގާންދީ “ޖިސްމާނީ ގޮތުން ހަމަލާދީ އަދި އެކަމަށް ހިތްވަރުދިން” ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި މައްސަލަ ރަޖިސްޓަރީކޮށްފައިވަނީ ބަރަތީޔ...
އަޙްމަދު ދާއޫދު
ބޮޑު ތަރުހީބަކާއިއެކު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ރަށުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހު ދިހަވަނަ ދުވަހުއެވެ. ޖުމްލަ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި […]
އިބްރާހިމް ޚަލީލް
ޔުކްރެއިން މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕޫޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުރި ކަމަށާއި، ޔުކްރެއިންގެ އިސްވެރިންނާއެކު މަޝްވަރާތައް ފެށުމަށް އެއްވެސް ޝަރުތެއް ނެތް ކަމަށެވެ. ބުރާސްފަތި ދުވަހު ރަޝިޔާގެ ސަރުކާރުގެ ޓީވީއަކުން ދެއްކި ސުވާލާއި ޖަވާބު ސެޝަނެއްގައި ޕުޓިން ވިދާޅުވީ، ޓްރަމްޕާ ބައްދަލުކުރުމ...
އަޙްމަދު ދާއޫދު
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން “އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް” ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރާ ހިއްސާކުރެވާފައެ...
އިބްރާހިމް ޚަލީލް
ގަތަރުގެ ދޯހާގައި ރޭ ކުޅުނު އިންޓަކޮންޓިނެންޓަލް ކަޕް މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ޗެމްޕިއަންކަން ހޯދައިފިއެވެ. ރެއާލުން މި ތަށި އުފުލައިލީ މެކްސިކޯގެ ޕަޗޫކާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައިގެނެވެ. އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް 32 ޓީމާ އެކު، ފަށަން ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާއިން ނިންމާފައިވާތީ، އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް މި ފަހަރު ވަނީ އިންޓަކޮންޓިނެންޓަލް ކަޕަށް ބަދަލުކޮށްފައެވެ. ގަތަރުގައި ބޭއްވި […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް ގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފި އެވެ. އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފްކޮށް، ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތެއް 24 ގަޑިއިރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އެކުންފުނިން ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާއިރު، މި ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ...
އަލީ އާދިލް
ސުކީ އާއި ގޫގުލް ކްލައުޑް ގުޅިގެން ޑޮކްޓަރުންނަށް އެހީތެރިވާ އާޓިފިޝަލް އިންޓެލިޖެންސް ޚިދުމަތްތައް ފުޅާކުރަން ނިންމައިފިއެވެ. ހެލްތްކެއަރ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ސުކީ އިން ވަނީ ގޫގުލް ކްލައުޑާ އެކު އައު އެއްބާރުލުމެއް ފަށާ ވާހަކަ އިއުލާނުކޮށްފައެވެ. މި އެއްބާރުލުމުގެ ދަށުން ސުކީ އިން ވަނީ ގޫގުލް ކްލައުޑްގެ ވަރޓެކްސް އޭއައި ޕްލެޓްފޯމް ބޭނުންކޮށްގެން ބަލިމީހުންގެ ޚުލާސާ އަދި ސުވާލާއި ޖަވާބުގެ ޚިދުމަތްތަކެއް ތައްޔާރުކުރަން ފަށާފައެވެ. ސުކީގެ މައިގަނޑު އުފެއްދުމެއ...
އަޙްމަދު ދާއޫދު
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ ޗެއާމަން ފިޔަވައި، އެ ކުންފުނޯގެ އެމްޑީއާއި ބޯޑު މެމްބަރުން ތަހްގީގު ނިމެންދެން ސަސްޕެންޑްކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވެފައި ވަނީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް...
ޔުމްނާ ޢަލީ
އިންޑިއާގެ މުންބާއީގެ ޖަލެއްގައި ހުރި ފިރިމީހާ ސަލާމަތްކުރުމަށް މަންމައަކު ތިން މަސް ވީ ކުޑަ ދަރިފުޅު ވިއްކާލައިފިއެވެ. މުންބާއީގެ ފުލުހުން 32 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކުރީ ޖަލުގައި ހުރި އޭނާގެ ފިރިމީހާގެ ކަފާލާތު ފައިސާ ހޯދުމަށްޓަކައި އޭނާގެ ތިން މަސް ވީ ކުޑަ ދަރިފުޅު ކަރުނާޓަކާގައި ވިއްކާލި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން އިތުރު 8 މީހުން ވެސް ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، އަންހެންމީހާ މާބަނޑުވެ ހުއްޓައި ބައިކުއްލާ ޖަލަށް […...
އަޙްމަދު ދާއޫދު
ސީރިއާގައި ދިގު މުއްދަތެއްގައި ވެރިކަންކުރި ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، ދިމިޝްގު އެއާޕޯޓުން ފުރަތަމަ ވިޔަފާރި ފްލައިޓް ފުރައިފިއެވެ. ބުދަ ދުވަހު 43 ފަސިންޖަރުންނާއެކު، ނޫސްވެރިންގެ ގްރޫޕެއް ހިމެނޭ ގޮތަށް، މި ފްލައިޓް އުތުރުގައިވާ އަލެޕޯއަށް ޖައްސާފައިވެއެވެ. އަސަދަށް ތާއީދުކުރާ ބާރުތަކުން ޑިސެމްބަރު 8 ގައި ވަނީ ވެރިރަށުގެ އެއާޕޯޓު ދޫކޮށްލާފައެވެ. އެއީ ނޮވެމްބަރު 27 ގައި ފެށުނު އަވަސް ހަމަލާއެއްގައި އިދިކޮޅު ހަނގުރާމަވެރިން ވެރިރަށާ ކައިރިވުމާ ގުޅިގެންނެވެ. އޭގެ ފަހުނ...
އަޙްމަދު ދާއޫދު
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ދެ ކާރުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އީސީން ވަނީ އެދިފައެވެ. އީސީން އިތުރަށް ބުނީ ޕީޕީއެމް އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެ...
އިބްރާހިމް ޚަލީލް
ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި ޝަރުތު ފުރިހަމަވާ 5 ޕާޓީއަކީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ. ޤާނޫނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގލަތުގެ ބަޖެޓ...
އަލީ އާދިލް
ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފިއެވެ. މި ޕްލާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި މަޝްރޫއެކެވެ. ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމާލާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުމުންދޫގައި ގާއިމުކުރި މަސްކާނާ އުފައްދާ ޕްލާންޓެވެ. އަނެއް މަޝްރޫއަކީ ގދ. ވާދޫ […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ. މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ...
އަލީ އާދިލް
ރަޝިޔާއިން ކެންސަރު ވެކްސިން އެއް ތައްޔާރުކޮށްފި ކަމަށާއި، 2025 ގައި މުޅި ދުނިޔެއަށް އެ ވެކްސިން ހިލޭ ދޫކުރާނެކަމަށް އެގައުމުން ބުނެފިއެވެ. ރަޝިޔާގެ ސިއްހީ ވުޒާރާއިން ބުނީ މި ވެކްސިނަކީ ކެންސަރު ބަލި ޖެހުނު މީހުންނަށް ފަރުވާގެ ގޮތުގައި ދެވޭނެ އެއްޗެއް ކަމަށެވެ. ރަޝިޔާގެ ސިއްހީ ވުޒާރާގެ ދަށުން ހިންގާ ރޭޑިއޮލޮޖީ މެޑިކަލް ރިސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އެންޑްރޭ ކަޕްރިން ވަނީ ރަޝިޔާއިން އަމިއްލައަށް ތައްޔާރުކުރި އެމްއާރްއެންއޭ ވެކްސިނެއް ހިލޭ ދޫކުރާނެ ކަމަށް ބުނެފައެވެ. މި […]
އަޙްމަދު ދާއޫދު
ސަރުކާރުން ހިންގާ ‘’ބިންވެރިޔާ ސްކީމް’’ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމް ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ހާމަކުރިއިރު، ގޯތީގެ ރަޖިސްޓަރީ ފ...
ޔުމްނާ ޢަލީ