ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މި ޢަމަލު ހިންގި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފިރިހެނާ ވަނީ ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގައި، އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ […]
ޔުމްނާ ޢަލީ
ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް،...
ޔުމްނާ ޢަލީ
މައިކްރޯސޮފްޓްގެ ކޯޕައިލެޓް ވިޝަން އެންމެންނަށް ލިބޭގޮތް މިހާރު ހަދައިފިއެވެ. މައިކްރޯސޮފްޓުން އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ އެޖް ބްރައުޒަރުގައި ކޮޕައިލެޓް ވިޝަން ނަމަކަށް ކިޔާ އާ ފީޗަރެއް މިހާރު ވަނީ އެންމެހައި ޔޫޒަރުންނަށް ތަޢާރަފުކޮށްފައެވެ. މި ފީޗަރަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެބްސައިޓްތަކުގެ މަޢުލޫމާތު ދެނެގަނެ، ބޭނުންކުރާ ފަރާތްތަކަށް އެހީތެރިވެދޭ ނިޒާމެކެވެ. މި ފީޗަރ ފުރަތަމަ ތަޢާރަފުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭރު މި ފީޗަރ ލ...
އަޙްމަދު ދާއޫދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް، މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އެޅޭނެ ގޮތުގެ ހިޔާލެއް ހުށަހަޅާފައިވާ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ އެ ސިޓީ ކައުންސިލަށް ސިޓީއަކުން އެދިފައެވެ. އެ ސިޓީގައި އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓ...
އިބްރާހިމް ޚަލީލް
އެމެރިކާގެ ކޮންގްރެސް މެންބަރުންނާއި، އޮފިޝަލުންނާއި، އަދި އެންޖީއޯތަކުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ޗައިނާއިން ނިންމައިފިއެވެ. މިއީ ހޮންގކޮންގާ ގުޅޭ މައްސަލަތަކުގައި އެފަރާތްތަކުން “ނޭދެވޭ ޢަމަލުތައް” ހިންގުމުގެ ސަބަބުން ކަމަށް ޗައިނާއިން ބުނެއެވެ. ބޭރުގެ ޚަބަރު އޭޖެންސީތަކުން ރިޕޯޓުކުރި ގޮތުގައި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން ގުއޯ ޖިއަކުން ބޭޖިންގގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ “ހޮންގކޮންގަކީ ޗައިނާގެ ހޮންގކޮންގެވެ. އަދި ހޮންގކޮންގގެ ކަންކަމަށް އެމެރިކާއިނ...
އަޙްމަދު ދާއޫދު
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށާއި، އެކަމާ މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް ކޮންމެ ގޮތެއް ވަރިހަމަ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއް...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ފޮރެސްޓުން ޗެމްޕިއަންސް ލީގުގެ އުންމީދު ދަމަހައްޓައިފިއެވެ. ރޭ ރަށުން ބޭރުގައި ފޮރެސްޓުން ވަނީ 2-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ލީގުގެ ގަދަހަތަރަކަށް ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ރޭ ލިބުނު މޮޅާއިއެކު ފޮރެސްޓް ވަނީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލާފައެވެ. ހަތަރުވަނާގައި 33 މެޗުން 59 ޕޮއިންޓް ހޯދައިގެން […]
އިބްރާހިމް ޚަލީލް
133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމި...
ޔުމްނާ ޢަލީ
ފްލޮރިޑާގެ އޯލެންޑޯ އިންޓަނޭޝަނަލް އެއަރޕޯޓުން މަތިންދާބޯޓެއް ފުރަން ތައްޔާރުވަނިކޮށް އަލިފާން ރޯވެ، ފަސިންޖަރުން ހުރަސްކޮށްފިއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހު ކަމަށް އެއަރޕޯޓުގެ އިސްވެރިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަލިފާން ރޯވި މަތިންދާބޯޓަކީ ޑެލްޓާ އެއަރލައިންސްގެ މަތިންދާބޯޓެއް ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ޑެލްޓާ އެއަރލައިންސްއިން ބުނެފައިވެއެވެ. އެއަރޕޯޓުގެ ފަރާތުން މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވިޔަސް، މި ކަމުގެ ސަބަބުން އެއ...
އަޙްމަދު ދާއޫދު
ހުޅުމާލެ ފޭސް 2 ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ ނޭކުރެންދޫ / ސާޒް އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ އުމުރުން 36 އަހަރުގެ މުޙައްމަދު ޒައީންއެވެ. ފުލުހުން ބުނީ،، މިމަހު 19 ވަނަ ދުވަހު މި އޮޕަރެޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެނސް ގުޅިގެން ކަމަށެވެ. މި އޮޕަރ...
އައިޝަތު އައިނީ އާމިރު
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ މާފަންނު ސަރަޙައްދުގައި ހުންނަ ކެފޭއެއްގައެވެ. މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ދިވެހި ޒުވާނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 15:28 ހާއިރުގައި ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. މި މާރާމާރީގަ...
ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްގެ “ސްކޫލް ގްރާންޓް ޕްރޮގްރާމް އުޞޫލު”ގައި ބުނެފައިވާ ގޮތުން މި ގްރާންޓް ދޫކުރަނީ އެ ސްކޫލްތަކަށް އެހީދިނުމުގެ މަޤުސަދުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށެވެ. އަދި ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި އުޞޫލުގެ ދަށުން ގްރާންޓް ދޫކުރެވޭނީ ކުޅުދުއްފ...
އައިޝަތު އައިނީ އާމިރު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން އެންގުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 457 ބްރޭންޑެޑް ފުޅި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި ތިން އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވ...
އަލީ އާދިލް
ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމާއި ބެހޭ ތަމްރީނުތަކެއް ކުރިއަށް ދާކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. އެގޮތުން ހދ، ހއ އަދި ށ އަތޮޅުގެ ރަށްތަކުގައި މި ތަމްރީންތައް ކުރިއަށްދާއިރު، މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް، މެޕްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕްގެ ދަށުން ހިންގާ މި ޕްރޮގްރާމްތަކުގެ އަމާޒަކ...
އައިޝަތު އައިނީ އާމިރު
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔ...
އަލީ އާދިލް
ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް […]
ޔުމްނާ ޢަލީ