''ޒުވާނުންނާ މެދު ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ ޑިޖިޓަލް އިޤްތިޞާދެއްގައި ހިއްސާ އޮތުން''
ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި “ސްޕޮޓް އޮން” ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގަ...