ރައުދު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ
ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި އެ ކުއްޖާ ވެއްޓުނު ގޭގައި އެ ކުއްޖާއާއި އެންމެ ފަހުވަގުތާއި ހަމައަށް އުޅުނުކަމަށް ފުލުހުންގެ ތަހްގީގަށް ފާހަގަވެފައިވާ ޒުވާނާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ ކުއްޖާ ވެއްޓިފައި ވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް...