ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ ދެކަނދުލީ އުޅަނދެއްގެ ވެރިފަރާތް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެ އުޅަނދުގެ ވެރިފަރާތެއްވާނަމަ ހަތް ދުވަސްތެރޭ އެ އިދާރާއަށް އެންގުމަށް އެ ކައުންސިލުންކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

Ad
rt

އެ މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިޔަކު ނުވެއްޖެނަމަ، އެ ކައުންސިލަށް ފެންނަ ގޮތެއްގެ މަތިން އުޅަނދާއި މެދު އަމަލުކުރެވޭނެ ކަމުގައި އެ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވެއެވެ.