މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,447 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 471 ވަނަ ޞަފްޙާ

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް

ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އަށް ދެން އޮތީ ބާކީ 100 ދުވަހެވެ. އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މިކަން ފާހަގަކޮށް މި މުބާރާތުގެ ކައުންޓްޑައުން ފަށާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު […]

އައިޝަތު އައިނީ އާމިރު
އެފްއޭއެމް އާއި އެކު، ކްލަބްތަކުގެ ފައިސާ ވެސް ހިޔާނާތްތެރި ވެރިންގެ ޖީބަށް!

އެފްއޭއެމް އާއި އެކު، ކްލަބްތަކުގެ ފައިސާ ވެސް ހިޔާނާތްތެރި ވެރިންގެ ޖީބަށް!

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރި ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިއްސާ އޮންނަ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަ...

އަލީ އާދިލް
އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ

އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ

ހއ. އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް 15 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލުމަށް އިއުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާންުމުކޮށްފައިވާ އިއުލާނާއެކު “ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު” ގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހެނދުނު 08:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެކަމަށް ކައުންސިލުން […]

އައިޝަތު އައިނީ އާމިރު
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އާތިފް ޝަކޫރު

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އާތިފް ޝަކޫރު

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އިގުތިޞާދު ދިރާސާކުރައްވާ ތަޖުރިބާކާރު އާތިފް ޝަކޫރު އައްޔަނު ކުރައްވައިފިއެވެ. މި މަގާމަށް އާތިފް އައްޔަންކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމުގައި އާތިފް މިފްކޯއަށް ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި ލަފާދެއްވާނެކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އާތިފަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)...

ޔުމްނާ ޢަލީ
ސެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ނިންމައި އެކަމުގައި ބައިވެރިވުމަށް އެހީ ދިނުމަށް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މިސްކިތް ބިނާ ކުރުމަށް ނިންމައި، މި ފުރުސަތު ހުޅުވާލާފައި ވަނީ މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޖަމިއްޔާކަމަށްވާ ޚިދުމަތް ޖަމިއްޔާއިންނެވެ. މިކަން ޢިއުލާންކުރަމުން އެ ޖަމިއްޔާއިން ބުނީ، މިކަމުގައި ބައިވެރިވާން އެދޭ މީހުން އެ ޖަމިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައި...

ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ

ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ. މި މަސައްކަތްތައް ފެށުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ. ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް...

އަޙްމަދު ވަހީދު
ޝައިޚް ފަަރީދުގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ވަކިވީ "ކާފަގެ ލޯބި" އުރާލަން ފުރުސަތު ނުލިބި!

ޝައިޚް ފަަރީދުގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ވަކިވީ "ކާފަގެ ލޯބި" އުރާލަން ފުރުސަތު ނުލިބި!

ފަޟީލަތުއް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް، ޚާއްޞަކޮށް ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެންމެ ބޮޑު ހިތާމައެއް ކުރިމަތިވެފައިވަނީ އެ މަރުޙޫމްގެ އާއިލާއަށެވެ. އެންމެ ހިތާމަވެރި ކަމަކީ ޝައިޚް ފަރީދު އަވަހާރަވެ ވަޑައިގަތީ އެ މަރުޙޫމްގެ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއި އެކު އެތުއްތު ދަރިފުޅު ހަމަލޮލުން ފެނި “ކާފަގެ ލޯބި” އުރާލުމުގެ ފުރުޞަތު ނުލިބި ކަމެވެ. ޝައިޚް ފަރީދު ދަރިފުޅު ޢަބްދުﷲ ފަރީދު (އަބޯ) މިއަދު […]

އަލީ އާދިލް
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖައްސައިފިއެވެ. އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި، ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ “ސަނީ ސައިޑް އޮފް ލައިފް” ކެމްޕެއިނުގެ ދަށުންނެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކ...

ޔުމްނާ ޢަލީ
ޝެއިޚް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

ޝެއިޚް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ކުއްލި ގޮތަކަށް ނިޔާވި އައްޝައިޚް އިބްރާހިމް ފަރީދު، އަންނަ ހުކުރު ދުވަހުގެ ކުރިން ހަށިގަނޑު ވަޅުލައިފި ނަމަ އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި، “އިންޝާﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލައިފި ނަމަ ހުކުރު ދުވަހުގެ ހުކުރު […]

އަލީ އާދިލް
އައު ޕޮލިސް ކޮމިޝަނަރަކީ ނަވީން

އައު ޕޮލިސް ކޮމިޝަނަރަކީ ނަވީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަނުކުރަށްވައިފިއެވެ. ނަވީން މި މަގާމަށް ޢައްޔަނުކުރެއްވި އިރު ވަގުތީ ގޮތުން އެ މުއައްސާސާ ހިންގަވަމުން ގެންދެވީ ވެސް އޭނާ އެވެ. އެއީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް […]

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ތުޅާދޫ އިން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ތުޅާދޫ އިން ޒުވާނަކު ހައްޔަރުކޮށްފި

ބ. ތުޅާދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސް އާއި ތުޅާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) އެވެ. ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލު...

އަލީ އާދިލް
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު (ގައްދޫ ރަޝީދު) އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކުރީގެ މެންބަރު ރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ރަޝީދު ފަރުވާ ހޯއްދަވަމުން ގެންދެވީ ކެންސަރު ބައްޔަށްކަމަށް ވެސް އެނގިފަވެއެވެ. ކުރީގެ މެންބަރު ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. ރަޝީދު ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ 18 ވަނަ މަޖިލީހުގ...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓަށް ކުލަގަދަ ޢީދެއް، މިފަހަރު ވެސް ތަފާތު

ކުޅުދުއްފުއްޓަށް ކުލަގަދަ ޢީދެއް، މިފަހަރު ވެސް ތަފާތު

ކުޅުދުއްފުށި ސިޓީގައި މިއަހަރުގެ އަޟްހާ ޢީދު ވެސް ފާހަގަކުރެވިގެން ދިޔައީ ކުލަގަދަ އަދި އެހާމެ ފުރިހަމަކޮށް މުއްސަނދި ސަގާފަތާއެކު ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަކޮށެވެ. 1446 ވަނަ އަހަރުގެ ބޮޑު ޢީދު ކުޅުދުއްފުށީގައި މިހާ ފުރިހަމަ އަށް ފާހަގަ ކުރެވިގެން ދިޔައީ އީދުގެ އެންމެހާ ކަންކަން ވިލަރެސްކުރުމުގައި ސިޓީ ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް ދީގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޢީދުގެ ފެށުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގެ ފަންނުވެރިންގެ މެދުގައި ސަޤާ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫގައި ބާއްވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިހަވަންދޫގައި ބާއްވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އިހަވަންދޫގައި ހިންގަން ނިންމާފައިވާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރލްސް) ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ...

އިބްރާހިމް ޚަލީލް
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކޮށްފި

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި މިދިޔަ އޭޕްރީލް މަހު ރައުދު ހައްޔަރު ކުރުމަށްފަހު އޭނާ ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.  ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ […]

ހުސައިން ހަބީބް
ފަރީދުގެ ދީނީ ޚިދުމަތުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ފަރީދުގެ ދީނީ ޚިދުމަތުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ދިވެހިރާއްޖޭގެ މަަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސެއިޚް ފަރީދު މިއަދު ވަނީ ކުއްލިގޮތަކަށް އަވަހާރަ ވެފައެވެ. ސެއިޚްގެ ވަކިވުމާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އެއްސެ...

ޔުމްނާ ޢަލީ
ސެއިޚް ފަރީދު އަވަހާރަވެއްޖެ

ސެއިޚް ފަރީދު އަވަހާރަވެއްޖެ

މަޝްހޫރު ދީނީ ޢިލްމްވެރިޔާ ސެއިޚް އިބްރާހީމް ފަރީދު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސައިޚް އަވަހާރަވީ މެލޭޝިޔާގައެވެ. ސެއިޚް މެލޭޝިޔާ އަށް މިއަދު ވަޑައިގަތީ އެ ޤައުމުގައި އޮތް ބައްދަލުވުމަކަށް ކަމަށް ވެސް އެނގިފަވެއެވެ. ޝެއިޚަށް ސިއްހީ ހާލަތެއް މެދުވެރިވީ މެލޭޝިއާގެ އެއާޕޯޓްގައި ހުންނަވަނިކޮށްކަމަށްވެއެވެ. އެ ހާލަތު ދިމާވުމުން ސެއިޚަށް އަވަސް ފަރުވާވެސް ދީފައި ވެއެވެ. ޝެއިޚް ފަރީދު ވަނީ ދީނީ ދަރުސް ދެއްވައި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރައްވާފަ...

ޔުމްނާ ޢަލީ
ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި

ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ޙައްޖު...

ޔުމްނާ ޢަލީ