ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު (ގައްދޫ ރަޝީދު) އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ކުރީގެ މެންބަރު ރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.
ރަޝީދު ފަރުވާ ހޯއްދަވަމުން ގެންދެވީ ކެންސަރު ބައްޔަށްކަމަށް ވެސް އެނގިފަވެއެވެ.
ރަޝީދު 18 ވަނަ މަޖިލިސް ތަމްސީލް ކުރެއްވި އިރު ބައެއް މެމްބަރުންނާއެކު
ކުރީގެ މެންބަރު ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރަޝީދު ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ 18 ވަނަ މަޖިލީހުގައެވެ.
ރަޝީދު ވަނީ އެއިރުގެ ޕީޕީއެމް ލީޑަރޝިޕްގައި އިސްކޮށް މަސައްކަތް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!