ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އިހަވަންދޫގައި ހިންގަން ނިންމާފައިވާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރލްސް) ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމުން ލިބިދޭ ފައިދާތައް
- އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެން ދިޔުން
- އާމްދަނީ ހޯދުމުގެ ގޮތުން ކަމެއް ކުރާނަމަ، ނުވަތަ ކަމެއް ފަށަން ބޭނުންނަމަ، އެކަމަށް ބޭނުންވާ ޕްލޭން ތައްޔާރުކުރުމުގައި ވިސްނަންޖެހޭ ކަންކަން ދަސްކޮށްދިނުން
- އަމިއްލަ ނަފްސު ބާރުވެރިވުމަށް އަހުލުވެރިވުން
- މިންތީގެ ހަމަހަމަކަމާއި ގުޅޭ ގޮތުން އެމީހަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުން
- މުޖުތަމައު ބާރުވެރިވުން ތިމާއަށް ލިބިފައިވާ ހުނަރު ބޭނުންކުށްގެން އަމިއްލަ ފައިމައްޗަށް ތެދުވުން ނުވަތަ އަމިއްލައަށް އިސްނަގައިގެން މަސައްކަތެއް ފެށުން
މި ތަމްރީނުގައި ބައިވެރިވެ ފުރިހަމަ ކުރާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ބޭނުން ކުރާނެ ތަކެއްޗާއި މައުލޫމާތު ލިބިދޭނެ ދިހަދުވަހުގެ ހޯމްގާޑެނިން ތަމްރީން ޕްރޮގްރާމެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.
ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/17HiheQ1bwLV93h2A
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!