ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި...
އިބްރާހިމް ޚަލީލް
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން އެންމެފަހުން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު […]
ހުސައިން ހަބީބް
ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު (30އ، ބަންގްލަދޭޝް) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޖޫން 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދ...
ޔުމްނާ ޢަލީ
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ޖަޕާންގެ އުރުވާ ރެޑްސްއާއި އިންޓަ މިލާން ބައްދަލުކުރި މެޗުގައި، އުރުވާއިން ލަނޑެއްޖަހައި ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) އިންޓައިން މެޗު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އިންޓަ އެއްވަރުވެފައި އޮތުމުން، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ރޭ މެޗުގެ ތިން ޕޮއިންޓް އިންޓައަށް އޮތީ ވަރަށް މުހިންމުވެފައެވެ. ރޭ މެޗު ފަށައިގެން އުރުވާގެ ފަރާތުން […]
އިބްރާހިމް ޚަލީލް
އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގެ އަގު އެމެރިކާއިން ދައްކަންޖެހޭނެކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ. ހޫތީންނަކީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރުގަދަ ޖަމާއަތެކެވެ. އެމެރިކާއަށް އިންޒާރުދީ ހޫތީން ބުނެފައި ވަނީ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދޭނެކަމަށެވެ. ”އެމެރިކާރިކާ ކުރި ޢަމަލުގެ ނަތީޖާ އުފުލަންޖެހޭނެ” ޔަމަނުގެ ހޫތީ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ހިޒާމް އަލް-އަސަދު ސޯޝަލް މީޑިއާގައި އެމެރިކާއަށް ދިން ކުރ...
ޔުމްނާ ޢަލީ
24 އަހަރަށް ފަހު ރެއާލް އޮވިއޭޑޯ ސްޕެނިޝް ލަލީގާއަށް ކޮލިފައިވެއްޖެއެވެ. ޕްލޭއޮފް ފައިނަލުގައި ރޭ އޮވިއޭޑޯއާއި މިރަންޑެސް ބައްދަލުކުރި މެޗު، އޮވިއޭޑޯއިން ކާމިޔާބު ކޮށްފައި ވަނީ މިރަންޑެސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. ޕްލޭއޮފް ސެމީ ފައިނަލާއި، ޕްލޭއޮފް ފައިނަލުގައި އޮވިއޭޑޯ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ކުރީގެ ސްޕެއިން މިޑްފީލްޑަރ ސަންޓި ކަޒޯލާއެވެ. އޭނާ ވަނީ ސެމީ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން އިން ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ޕަންޗް ނީޑްލިންގ ދަސްކޮށްދިނުމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ކޯހުގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސޓީގެ ރައްޔިތުންނަށް، ހާއްސަ ކޮށް އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ކޮށްދިނުމަށެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމަކީ، އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއ...
އައިޝަތު އައިނީ އާމިރު
މާލޭގެ ގެއަކުން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މާލޭގެ މާލޭގެ މަޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި، އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 04:00 ހާއިރު އެވެ. ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އެ އަންހެން މީހާގެ ދެފައި ކުޑަހުޅުން ނެއްޓި ، ކުދި ހުޅުތަކަށް […]
ޔުމްނާ ޢަލީ
އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ. އެމެރިކާއިން ވަނީ އީރާންގެ މައިގަނޑު ތިން ނިއުކްލައަރ މަރުކަޒަކަށް ރޭ ހަމަލާދީފައެވެ. އޭގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިކަމުގެ ސަބަބުން ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށެ...
ޔުމްނާ ޢަލީ
އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވައިލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ދެއްވި ތަގްރީރުގައެވެ. އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލ...
ޔުމްނާ ޢަލީ
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން “ވަރަށް ކާމިޔާބު” ހަމަލާތަކެއް އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ ތަންތަނަށް ވަނީ ދީފައެވެ. ހަމަލާ ދިނުމަށްފަހު މިހާރު ހުރިހާ މަތިންދާބޯޓުތަކެއްވެސް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ””މައިގަނޑު ސައ...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރާތާ ހަފުތާއެއް ވޭތުވިއިރު، މި ހަނގުރާމަ ކުރިއަށް ގެންދަމުން އިސްރާއީލުން ދަނީ ހުއްޓާނުލައި ފަލަސްތީނުގައި ވެސް އަނިޔާވެރިކަން ހިންގަމުންނެވެ. ޣައްޒާގެ އިތުރުން ޚާން ޔޫނުސް އާއި ރާމަالله އަދި ހުޅަނގު އައްސޭރި ފަދަ ފަލަސްތީނުގެ ބައެއް ސިޓީތަކުގައި ވެސް މި އަނިޔާވެރިކަން ހިންގަމުން އަންނައިރު، މީހުން ޝަހީދުކުރުން ވެސް ވަނީ އިތުރުކޮށްފައެވެ. އީރާނާއި ދެކޮޅަށް އިސްރާއީލުން 13 ޖޫން 2025 އިން ފެށިގެން ފަށާފައިވާ ވަރުގަދަ ހަނގުރާމައާއި ގުޅިގެން ފަލަސްތީނުގެ މި...
ޙުސައިން ޝަހުދީ
އެތައް ހާސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވަމުން ދިޔަ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް ހިންގި “ޖީއެމްސީއީ” ނުވަތަ “ޖެމްކިޔު” އިންވެސްޓްމަންޓް ސްކީމުގެ ހަރަކާތްތައް މުޅިން ހުއްޓާލައިފިއެވެ. ފައިސާ ނެގުމުގައި މިދިޔަ ހަފުތާގެ ތެރޭގައި ދަތިތަކެއް ކުރިމަތިވެ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ސްކީމަކީ މަންފާ ހޯދޭނެ ކަމަށް ބުނެ އެތައް ބަޔަކު މަޅީގައި ޖެހިފައި...
ޔުމްނާ ޢަލީ
ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ސޫޗޯ ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގެ މެމޮރެންޑަމެއް (އެމް.އޯ.ޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވަނީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ދެވޭ ސާރޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ފާހަގަކޮށްފައެވެ. އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމ...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނަށް ހަމަލާދީގެން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ކަންތައްތައް ފޮރުވިދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހީކޮށްގެން ނުވާނެކަމަށް އެމެރިކާގެ މެސެޗުސެޓްސްއިން ހޮވާފައިވާ ސެނެޓަރ އެލިޒަބަތު ވޮރެން ވިދާޅުވެއްޖެއެވެ. ވޮރެން މިހެން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. “އިސްރާއީލުގެ ބޮޑުވަޒީރަށް ހީވެދާނެ އޭނާ އީރާނަށް ބޮން އަޅަމުންދާއިރު ޣައްޒާގައި ކުރަމުންދާ ކަންތައްތައް އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް.” ވޮރެން ވިދާޅުވެފަވ...
ޔުމްނާ ޢަލީ
ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 17.0 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް، މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ. މި އަދަދުގައި 12 ޖޫން 2024 ގެ ނިޔަލަށް ލިބުނު ފައިސާ ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ ކުރިއެރުމެކެވެ. މާލީ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމެވެ. ޓެކުހުގެ އާމްދަނީ 13.2 ބިލިއަން ރުފިޔާއަށް އަރާފައިވާއ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީގައި މިއަދު މި މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މުބާރާތް ރަސްމީކޮށް ފެށުމަށް ދަންމަރު ރޯކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ. މި ދަންމަރު ހަވާލުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޤައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓެއް ކަމަށްވާ އަހުނާ ނ...
އައިޝަތު އައިނީ އާމިރު
މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުޑްވިލް، އަޙްމަދު ޢަލީ (31އ) އެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ މެންދަމު ގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1، ހުވަނދުމާ ހިނގުން ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ވަގުތު އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެވަގުތު ފުލުހުން އެ...
އައިޝަތު އައިނީ އާމިރު