މާލޭގެ ގެއަކުން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭގެ މާލޭގެ މަޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި، އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 04:00 ހާއިރު އެވެ.

ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އެ އަންހެން މީހާގެ ދެފައި ކުޑަހުޅުން ނެއްޓި ، ކުދި ހުޅުތަކަށް އަނިޔާވެ، "އޯޕަން ފްރެކްޗާ" ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު އައި.ޖީ.އެމް. ހޮސްޕިޓަލުގައި އެ އަންހެން މީހާއަށް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެ އަންހެން މީހާ ވެއްޓުނު ސަބަބު އަދި ސާފުވާ ގޮތަކަށް ވެފައި ނުވާތީ، މިކަން ސާފުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.