އިރާނުން އިސްރާއީލުގެ ޑްރޯނެއް ވައްޓާލައި އޭގެ ބައިތައް ފެންނަ ވީޑިއޯއެއް އިރާނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ. މިއަދު ވައްޓާލެވުނު ކަމަށް ބުނާ މި ޑްރޯނަކީ އިސްރާއީލުގެ ހަރމެސް 900 ބާވަތުގެ ޑްރޯނެކެވެ. ލޮރެސްޓާން ނިއުސް އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޑްރޯން ވައްޓާލީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބާރުތަކުން ލޮރެސްޓާން ޕްރޮވިންސްގެ ޚުއްރަމްއާބާދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އީރާނުން މީގެ ކުރިން ވެސް ވަނީ އިސްރާއީލުގެ ހަނގުރާމަތީ ބޯޓުތަކ...
ޙުސައިން ޝަހުދީ
ދިފާއުވުމަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން އެ ގައުމާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ފިއްތުން އިތުރުކޮށް ދަތިކުރަންޖެހޭކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ. ފްރީ މެލޭޝިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އިސްރާއީލުން އެހެން ޤައުމުތަކުގެ މައްޗަށް ގަސްދުގައި ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރ...
ޙުސައިން ޝަހުދީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯވ 2025” ށ. އަތޮޅުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި މަހު 20 އިން 28 އަށް ކުރިއަށްގެންދާ މި ރޯޑް ޝޯވ އެ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެއެވެ. މި ހަރަކާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެ އަތޮޅު މިލަންދޫގައެވެ. މިލަންދޫގައި މިހަރަކާތް ފެށުމުގެ ގޮތުން މިލަންދޫގައި ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ. […]
އިބްރާހިމް ޚަލީލް
މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ. ރޭ ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2024” ގެ ފަސްވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެއެވެ. މި ދަންފަޅީގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންގެ އަގު ވަޒަންކޮށް، އިނާމުދީފަވެއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 07:41 ހާ އިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ހުޅުމާލެ […]
ޔުމްނާ ޢަލީ
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ހިމެނޭހެން 16 ބިލިއަން ޕާސްވޯޑެއް އިންޓަނެޓްގައި ލީކުވެއްޖެއެވެ. ސައިބާ ނިއުސްގެ ދިރާސާކާރުން ހާމަކުރާގޮތުގައި މިހާތަނަށް އެޕަލް އާއި ފޭސްބުކް އާއި ގޫގަލް އަދި ބައެއް ސަރުކާރުތަކުގެ މައުލޫމާތު ހިމެނޭ ޕްލެޓްފޯމުތައް ހިމެނޭހެން 16 ބިލިއަން ޕާސްވޯޑު ވަނީ ލީކުވެފައެވެ. މިއީ މިހާތަނަށް މިހާ ގިނަ އަދަދެއްގެ ޕާސްވޯޑް ލީކުވި ފުރަތަމަ ފަހަރު ކަމަށްވެސް ދިރާސާކާރުން ބުނެއެވެ. ޕާސްވޯޑް ލީކެއް އުޅޭ ކަން ހާމަވީ ގޫގަލްއިން ލީކޭއް އުޅޭ ކަމަށް ޝައްކުކޮށް ޔޫޒަރުންނަށް […]
އަޙްމަދު ވަހީދު
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ބުނީ ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާގެ ޕްރޮފައިލިން މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތެވެ. ހިތާދޫ...
އަޙްމަދު ވަހީދު
ޕާކިސްތާނުގެ ރައްޔިތުން “ވިނަ ކާންޖެހުނަސް ނިއުކްލިއަރ ބޮމެއް އޮންނަން ޖެހޭ” ކަމަށް ބޮޑު ވަޒީރު ޒުލްފިގާރު ޢަލީ ބުއްޓޫ ވިދާޅުވުމަކީ ޕާކިސްތާނުން ނިއުކްލިއަރ ބާރުވެރިކަން ހޯދުމަށް ކުރި ދަތުރުގެ ފެށުމެވެ. ބުއްޓޫ މިހެން ވިދާޅުވީ ޕާކިސްތާނުގެ ހަތުރެއްގެ ގޮތުގައި އަބަދުވެސް އޮންނަ އަވަށްޓެރި އިންޑިއާއިން 1974 ވަނަ އަހަރު ނިއުކްލިއަރ ޓެސްޓެއް ހެދުމާ ގުޅިގެންނެވެ. ޕާކިސްތާނުން ނިއުކްލިއަރ ބާރަކަށްވުމަށް މަސައްކަތް ފެށުމާ އެކު ބައިނަލްއަޤްވާމީ ދުނިޔެއިން އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅަން މަސައްކަތްކ...
ޢަބްދުﷲ ސަޢީދު
ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ “ނިޔާ އެކަޑަމީ” އިން އިންތިޒާމް ކޮށްގެން މުރައިދޫގައި ކުރިއަށް ގެންދިޔަ “މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025” ގެ ޗެމްޕިއަންކަން ކެލާ އިން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ރޭ މުރައިދޫ ވޮލީ ކޯޓްގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކޮށްފައި ވަނީ ކެލާ އާއި ފިއްލަދޫއެވެ. ފައިނަލް މެޗު ކެލާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 23-25، […]
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ރޭ ރެއާލް މެޑްރިޑާއި މެކްސިކޯގެ ޕަޗޫކާ ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއިން ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިއީ މި މުބާރާތުގައި ރެއާލުން ކުޅުނު ދެވަނަ މެޗެވެ. މިއީ އެ ޓީމަށް މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްރިކާގެ ޗެމްޕިއަން އަލް ހިލާލް އާއެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ […]
އިބްރާހިމް ޚަލީލް
ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނެކަމަށާއި، އަނިޔާވެރިކަމަށް ފުރިހަމައަށް ޖަވާބުދޭނެކަމަށް އީރާނުން ބުނެފިއެވެ. ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނާއެކު ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާގެ އަނިޔާވެރިކަމަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. އީރާނުގެ ރިޔާސީ އޮފީހުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި، ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އީރާނަށް އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ހަރުދަނާ...
ޔުމްނާ ޢަލީ
އިރާނުގެ ނިއުކްލިއަރ މަޢުލޫމާތު ނައްތާނުލެވޭނެކަމަށް އެ ޤައުމުން މިއަދު ބުނެފިއެވެ. އީރާންގެ ނިއުކްލިއަރ ހަކަތަ ނައްތާލާނެކަމަށް ބުނެ އިސްރާއީލުން ވަނީ 13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އެމެރިކާ ފަހަތުގައި އޮވެގެން ފެށި މި ހަނގުރާމާގައި އެމެރިކާއިން މަސައްކަތްކުރީ އިސްރާއީލް މެދުވެރިކޮށް އީރާންގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށްލާށެވެ. ނަމަވެސް އެކަން އިސްރާއީލަށްނުވުމުން އެންމެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ރޭ ބޮންއަޅާފައެވެ. އެމެރިކާ...
ޔުމްނާ ޢަލީ
މި ސަރުކާރުގެ އަމާޒަކީ މި ރިޔާސީ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން، އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާއަށް ހެދުން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އަމާޒަކީ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކޮށް، އެއްވެސް ދަރިވަރެއް ބާކީ ނުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒެއްކަން ވަޒީރު ފާހަގަކުރަށްވާފައިވާއިރު، އޭ ލެވެލްގައި ކިޔަވާ ދަރިވަރ...
ޔުމްނާ ޢަލީ
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަން ނިންމަވާފައިވާކަން މިރޭ އިޢުލާން ކުރައްވައިފިއެވެ. މި ނިންމެވުން އިޢުލާން ކުރެއްވީ މާލޭގައި މިރޭ ބޭއްވި ޚާއްސަ ކެއުމެއްގައި ރައީސް ސޯލިހާ އެންމެ ގާތުން މަސައްކަތް ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. މި ހަފްލާގައި ބައިވެ...
އަލީ އާދިލް
ނ.ކެނދިކުޅުދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް މިއަދު ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިގޮތަށް ބިން ދޫކުރުމަށް ހުޅުވާލާފައިވަނީ އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ. ކައުންސިލުން މިކަމާ ގުޅޭގޮތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2013) އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ...
އިބްރާހިމް އަސްވާޤް
ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު “ޙާޖީ އެމްވީ” ނަމުގައި ތަޢާރަފުކޮށްފިއެވެ. މި އެޕް ރަސްމީކޮށް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ. ޙާޖީ އެމްވީ އެޕަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މި އެޕްގައި ޒިކުރުކުރުމާއި، ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރުމުގެ އިތުރުން، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދު...
އަލީ އާދިލް
ހއ. ހޯރަފުށީ މަގުތަކުގައި އަމިއްލަތަކެތީގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާނުކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށު މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަޔަވަހީގެ ދަށުން ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ހޯރަފުށި ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ...
އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައެއްގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކޮށްފައި ވަނީ މާލެއިން ދެ މީހަކާއި ބ. ގޮއިދޫން އެކަކު އަދި ޅ. ނައިފަރުން އެކަކެވެ. ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ގެއެއް ބަަލައި ފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު […]
އައިޝަތު އައިނީ އާމިރު