ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް އިނާޔަތް ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރު...
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެތުލެޓިކޯ މެޑްރިޑް ކެޓިއިރު، ފްރާންސްގެ ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް ބީގައި ޕީއެސްޖީން ވަނީ އެމެރިކާގެ ސައުންޑާސް 2-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސައުންޑާސް އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ […]
އިބްރާހިމް ޚަލީލް
ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. 13 ޖޫންގައި އިސްރާއީލުން އިސްވެ ވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމާގައި އިސްރާއީލަށް ކުރި ނުހޯދުމުން 21 ޖޫންގެ ރޭ އެމެރިކާއިން ވަނީ އިސްރާއީލާއި ބައިވެރިވެ އީރާނަށް ހަމަލާދީފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭ ތިން މަރުކަޒަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި އީރާނުން ރޭ ވަނީ ގަތަރުގައި […]
ޔުމްނާ ޢަލީ
އިސްރާއީލާއި އީރާނުން އެއްވަގުތެއްގައި އޭނާގެ ކިބައިން ސުލްޙަ އެދިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އިސްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު އާދެވިފައިވާކަމަށް ޓްރަމްޕް ވަނީ ރޭ ޢިއުލާން ކުރަށްވާފައެވެ. އެ ޢިއުލާނުކޮށްފައި ވަނިކޮށް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. އަދި ރައްދުގައި އީރާނުން މިހާރު ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައެވެ. އޭގެފަހުނ އެމެރިކާގެ ރައ...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އިސްރާއީލަށް އަމާޒުކޮށް އިތުރު މިސައިލްތަކެއް ދޫކޮށްފިކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފިއެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ. އޭއެފް...
ޔުމްނާ ޢަލީ
2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް އިއްޔެ އަންގަވައިފިއެވެ. މިކަން ބަޔާންކުރައްވައި ރައީސް މުޢިއްޒު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހު...
ޔުމްނާ ޢަލީ
އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް މިވަގުތު ވެފައި ނުވާ ކަމަށާއި، ނަމަވެސް އިޒްރޭލުން މިއަދު ހެނދުނު 4:00 އަށް ހަމަލާތައް ހުއްޓާލުމާ ގުޅިގެން، އީރާނުން ވެސް އިޒްރޭލަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އަރަޤްޗީ ވިދާޅުވެއްޖެ އެވެ. އެހެންނަމަވެސް، ރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތުމާއެކު، މިލިޓަރީ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ ފަހުން ކަމަށް އަރަޤްޗީ ވިދާޅުވިއެވެ. އިޒްރޭލުން އިރާނ...
އަލީ އާދިލް
ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޑިޖިޓަލް ކެމެރާ ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ނެގި ފުރަތަމަ ފޮޓޯތައް ނެޝަނަލް ސައިންސް ފައުންޑޭޝަނުން އާންމުކޮށްފިއެވެ. ޗިލީގައި ޤާއިމުކުރެވިފައިވާ ވެރާ ސީ ރޫބިން އޮބްޒަވޭޓަރީން އާންމު ކުރި، މި ފޮޓޯތަކުގައި ބިމާ 9،000 އަހަރުގެ ދުރުމިނުގައިވާ، ގެލެކްސީތަކާއި ތަރިތައް އުފެދެމުންދާ ސަރަހައްދެއްގެ ރީތި ކުލަތަކުން ފުރިގެންވާ ގޭހާއި ދުންތަކުގެ މަންޒަރުތައް ހިމެނެއެވެ. މި އޮބްޒަވޭޓަރީގެ ޚާއްޞަ ކަމެއްގެ ގޮތުގައި، އެންމެ 10 ގަޑިއިރުގެ ތެރޭގައި 2،104 އައު...
އަލީ އާދިލް
އިޒްރޭލުން އިރާނަށް ދިން ހަމަލާއަށް ފަހު ދެގައުމުގެ މެދުގައި ހިނގަމުންދާ “12 ދުވަހުގެ ހަނގުރާމަ” ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް “ޓްރޫތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ އީރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެނ...
އަލީ އާދިލް
މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ. އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގު ކުރިއަށްދާނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން އޮންލައިންކޮށެވެ. އެއީ އައިލެންޑް...
އަޙްމަދު ވަހީދު
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން މިއަދު ހާމަކުރި ގޮތުގައި، ޤަތަރާއި އިރާޤުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާއަށް ދީފައިވާ ނަމަކީ “އަންނުންސިއޭޝަން އޮފް ވިކްޓްރީ” އެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ އަލް-އުދައިދް އެއަރ ބޭސްއަށް ހަމަލާދިން ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާއަކަށް ޖަވާބުދާރީވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އައިއާރް...
ޔުމްނާ ޢަލީ
ޖޯޑަންގައި ދެ ޑްރޯނެއް ވެއްޓި، 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ވެރިރަށުން ބޭރުގައި ހުރި ގެތަކަށާއި، އުޅަނދުފަހަރަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ލިބިއްޖެއެވެ. މިގޮތުން ފުރަތަމަ ޑްރޯން ވެއްޓުނީ އަމްމާންގެ އުތުރުގައި ހުރި ވިޔަފާރި ސަރަހައްދެއްގެ ކައިރީގައެވެ. މި ހާދިސާގައި އާންމު އުޅަނދަކަށާކަށާއި ބަސް ހުއްޓާ ޝެލްޓަރަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އަޒްރަޤް ސަރަހައްދުގައި އަނެއް ޑްރޯން ވެއްޓިފައިވާއިރު، މި ހާދިސާގައ...
ޔުމްނާ ޢަލީ
މިހާރު ބޭނުން ކުރަމުން އަންނަ ފިޒިކަލް ސިމަށް، އީ-ސިމް އެއް ހަދައިގެން ފޯން ނަންބަރުގެ ކޮންޓްރޯލް ނަގައިގެން ސްކޭމެއް ހިންގަމުން ދާކަމަށް ބުނެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ މި ސްކޭމް ހިންގަނީ މީހަކަށް ގުޅައިގެން އެ މީހާގެ ފޯނަށް ދާ ކޯޑެއް ހޯދައިގެން އެ ނަންބަރަށް އީ-ސިމް ހަދައިގެން ކަމަށެވެ. އެގޮތުން ބޭނުންކުރާ ނަންބަރަށް އީ-ސިމް ހެދުމުން ފޯނުގައި ގެންގުޅޭ ސިމް އިތުރަށް ބޭނުން ނުކުރެވި، […]
އައިޝަތު އައިނީ އާމިރު
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ. ކޭއާރުއެޗުން މިއަދު އާންމު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުށެވެ. އަދި މި...
އައިޝަތު އައިނީ އާމިރު
ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. މި ބޯޓުތައް އަތުލައިގަނެ، މިހާރު އޮތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަ...
ޔުމްނާ ޢަލީ
އީރާނުގައި އިސްރާއީލަށް ޖާސޫސްކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެއްގެ އިސް އިސް ލީޑަރަށް އީރާނުގައި މަރުގެ އަދަބުދީފިއެވެ. އީރާނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ވެސް އޭގެ ފަހުން ދެމުން އަންނަ ގިނަ ހަމަލާތައް ވެސް ދެމުން އަންނަނީ އީރާންގައި ތިބި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ދިން މައުލޫމާތުގެ އަލީގައެވެ. ފުރަތަމަ ހަމަލާގައި ވަނީ އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައެވެ. އެ ހަމަލާ ދީފައި ވަނީ އެ ބޭފުޅުން ބައްދަލުވުމަކަށް އެއްތަންވެވަޑައިގެން...
ޔުމްނާ ޢަލީ
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް އެއްބާރުލުން ނުދޭތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ […]
ހުބާ ޕްލާންޓްސް
ކުރީގެ އަދަދާއި ގުޅޭ: ” ހުރިހާ ކުދިން އެއްވި ވަގުތު ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން.” ހަސަން ބުންޏެވެ. ހަސަންގެ އަޑުން ރައުދާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ބޭ އިހްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ރައުދާގެ ހިތުގައި ސާމިހްގެ މައިންބަފައިންނަށް އޮތް ނަފްރަތު ހަސަންއަށް މިހާރު އެނގޭކަން ރައުދާއަށް ޔަގީނެވެ. އިންތިހާއަށް ބިރުން ހުރެ އޭނާ އިސްޖަހާލީ އެތެރެއަށް ނޭވާ ހިފަހައްޓައިގެން ހުރެއެވެ. ” ކިހިނެއްވީ ބައްޕާ؟ ” ސާޔާއަކަށް މަޑަކުން ނުހުރެވުނެވެ. ” މިހާރު […]
ސަލާމާ ޢަބްދުލް ޢަލީމް