ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. ފިއްލަދޫގައި ޤާއިމްކުރި މި ވޮލީބޯޅަ ކޯޓަކީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިންގެން ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ތަރައްްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓެކެވެ. އެގޮތުން މި ވޮލީބޯޅަ ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކޯޓު ހުޅުވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ފިއްލަދޫ ކައ...
އައިޝަތު އައިނީ އާމިރު
ޖަނަވާރާއި އިންސާނުން ސިފަވާގޮތަށް ފާލަމާއި މޮނިއުމެންޓް ހެދުމާއި ދުރުހެލިވާންޖެހޭކަމަށް އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ކައުންސިލްތަކުން ވަނީ މޮނިއުމެންޓް ހަދާފައެވެ. އަދި ބައެއް ރަށްރަށުގައި މޮނިއުމެންޓްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ސައިޚް ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަލުޖަނަވާރު، ކަނޑުހައިވާނު ނުވަތަ އިންސާނުން ސިފަވާގޮތަށް ފާލަން، ނުވަތަ މޮނިއު...
ޔުމްނާ ޢަލީ
މިއަދު ހދ. ކުމުންދޫ ކައިރިއަށް ބަންޑުންޖަހާލި ދޯނީގައި ދަތުރުކުރި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. މިއަދު ހެނދުނު ކުމުންދޫ ކައިރިއަށް ބަންޑުންޖަހާލާފައި ވަނީ ހދ. ކުޅުދުއްފުށީ ސިޓީ އިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެކެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ. މި ދޯނި ބަންޑުން ޖަހާލުމުން ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކޮށްގެން ވަނީ ކުޅުދުއްފުށީ ސިޓީ އަށް […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިއަށް ބަނޑުންޖަހާލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ. މި ދޯނީގައި ދެ ދިވެހިނގެ އިތުރުން ދެ ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުން ދަތުރުކުރަމުން ދިޔައެވެ. ދޯނި ބަނޑުންޖެހުމާ ގުޅިގެން އެ ހަތަރު މީހުންވެސް ރައްކާތެރިކަމާއެކު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން […]
ޔުމްނާ ޢަލީ
އިސްރާއީލަށް ޖާސޫސް ކުރި މީހަކަށް އީރާނުން މަރުގެ އަދަބު ތަންފީޒުކޮށްފައިވާކަމަށް އީރާންގެ ސަރުކާރުގެ މީޑިއާ އިން ބުނެފިއެވެ. އީރާނުގެ ޝަރުއީ ނިއުސް އައުޓްލެޓް މިޒާން އިން ބުނެފައިވާ ގޮތުގައި ރޫޒްބެހް ވަދީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އިސްރާއީލަށް ޖާސޫސްކޮށްދިންކަމުގެ ކުށް ސާބިތުވުމުން ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. އޭނާ އަކީ ޖޫން މަހު އިސްރާއީލުން އީރާނަށް ދިން ހަމަލާގައި މަރާލި ނިއުކްލިއަރ ސައިންޓިސްޓަކާ ބެހޭ މައުލޫމާތު އިސްރާއީލަށް ހިއްސާކުރި މީހެއްކަމަށް ވަނީ ސާބިތުވެފައެވެ. މިޒާނ...
ޔުމްނާ ޢަލީ
ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގުޅިގެންނެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވަނީ ކައުންސިލުތަކަށް ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މީގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއް...
އަލީ އާދިލް
ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާއެއްކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަމަށާއި، އަދި އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަ...
ޔުމްނާ ޢަލީ
ކ. ޒަމާނީ ރިސޯޓް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އެ ޑިންގީގައި ދަތުރުކުރި 17 ބިދޭސީން މިރޭ ސަލާމަތްކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، އެ ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން އެކަމުގެ ރިޕޯޓް މިރޭ އެ އިދާރާ އަށް ވަނީ ލިބިފައެވެ. ޑިންގީ ބަންޑުން ޖަހާލުމުން އޭގައި ތިބި 3 މީހަކު ފަތައިގެން ޒަމާނީ އައިލެންޑަށް އަރާފައިވާއިރު، ބާކީ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގުމާ […]
ޔުމްނާ ޢަލީ
އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއްގެ ސަބަބުން 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ޔޮޓްގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އީޕީއޭއިން ހާމަކުރި ގޮތުގައި، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕވޓ ލޓޑ ގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ “އެމް.ވައި ބިގް ފިޝް” ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ RF1329 ފަރަށް 28 އޭޕްރީލް 2025 ގައި އުރިފައިވެއެވެ. މި […]
ޔުމްނާ ޢަލީ
ޖުލައި މަހުން ފެށިގެން ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގައި މަދިރިން ޖެހޭ ވައިރަހެއް ކަމަށްވާ ޗިކަންގުންޔާގެ 7،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެވިފައިވާތީ، ކޮވިޑް-19 ބަލިމަޑުކަމުގައި އެޅި ފިޔަވަޅުތަކާ އެއްފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެންމެ ބޮޑަށް އަސަރުކުރި ފޯޝަން ސިޓީގައި، ޗިކުންގުންޔާ ބަލީގެ މީހުން ހޮސްޕިޓަލުގައި ތިބެންޖެހޭގޮތަށް ހަދާފައިވާއިރު، އަދި އެމީހުންގެ އެނދުތައް މަދިރި ދާއިން ވަނީ ރައްކާތެރިކޮށްފައެވެ. އަދި އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން ނެގެޓ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ފަށާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި އަހަރު މި މުބާރާތުގައި ވާދަކުރަނީ މުޅި ޖުމްލަ 8 ޓީމަކުންނެވެ. މި ޓީމު ތަކުގެ ތެރޭގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ 4 ޓީމަކާއި ކުޅުދުއްފުށިން ބޭރު 4 ޓީމެއް ހިމެނެއެވެ. އެގޮތުން މި ޓީމު ތަކަކީ، ކުޅުދުއްފުށީ ސިޓީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި، މަގުލަސް ކްލަބު، ހިރަފުސް ސްޕޯޓްސް […]
އައިޝަތު އައިނީ އާމިރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ (އއ) މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ފަޅު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ޤަރާރު ނަންބަރު 20/2025 ގެ ދަށުންނެވެ. މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ވަނީ އަރިއަތޮޅު އުތުރުބުރީ ރަންފަރު ފަޅު، މާޅޮހުގެ ބައެއްގެ ގޮތު...
ޙުސައިން ޝަހުދީ
ކ. ހުރާ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ބަޔަކު ނުވަތަ މީހަކު ގެއްލުންދީފިއެވެ. ހުރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ރޭ ގެއްލުންދީ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. މި މަޝްރޫޢުއަކީ ހުރާ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށް އެކައުންސިލުން ވަނީ މި މަސައްކަތް ކުރަމުން ދަނިކޮށް މޮނިއުމެންޓަށް ގެއްލުންދީ އޭގެ ބައެއް ހަލާކުކޮށްލާފައ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ތިން މީހުން ވަނީ ފަސް ދުވަހަށް ބަނދުކ...
އިބްރާހިމް ޚަލީލް
ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސެންޖަރުން ދަތުރުކުރާއިރު ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދެވޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ. ރާއްޖެއިން ފުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ނުގެންދެވޭގޮތަށް އަމަލު ކުރަމުން އަންނަތާ މިހާރުވަނީ އަހަރުތަކެއްވެފައެވެ. މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލަރއެއްގައި ބުނެފައިވަނީ، މި ހުއްދަ ދީފައިވަނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އ...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް ޢަބްދުލްޣަނީ މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އައު އުއްތަމަ ފަނޑިޔާރަކީ ތަޢުލީމީ ގޮތުން އަދި ތަޖުރިބ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ފަތިހު ދުވަން ނުކުތް މީހަކު ޒޯން ސްޓޭޑިއަމްގެ ފާހާނާއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ޒޯން ސްޓޭޑިއަމް ފާހަނާ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ، ހަސަން މޫސާ (67އ)، ޖިފުޑި/ ކުޅުދުއްފުށި ސިޓީ އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހަސަން މޫސާ މިއަދު ފަތިހު 5 ޖަހާ އެހާކަށް ހާއިރު ދުވަން ދިޔަގޮތަށް ހަބަރެއް ނުވެގެން ހެނދުނު 10:30 ކަށްހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް […]
އައިޝަތު އައިނީ އާމިރު
ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ އެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުގައެވެ. ފުލުހުންދިން މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ފާރުގައި ޖެހި ކޮންޓްރޯލް ގެއްލުމުން، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ދަންވަރު 2:40 ހާއިރުއެވެ. މި ކުއްޖަ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމ...
ޔުމްނާ ޢަލީ