އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމިނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ވިދާޅުވެއްޖެއެވެ. މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ. މި ނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ނެރުއްވި ބަޔާ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 1 އަށް ކަރަންޓްދީ، ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. ސްޓެލްކޯއިން އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް ކަރަންޓް ދީފައެވެ. މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް […]
ޔުމްނާ ޢަލީ
މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. ”ކަރަންޓް އަލުން ދެމުން ދަނީ، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބޭނެ” ސްޓެލްކޯއިން ބުންޏެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ. ކަރަންޓް ދިޔުމާއެކު ދިމާވެ މައްސ...
ޔުމްނާ ޢަލީ
ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެތަން ދެމި އޮންނަންވާނީ ވެސް އެގޮތުގައިކަމަށް އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ. ގުޓެރެސް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމުމުން އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށް ނެރުއްވި ބަޔާން އާންމުކުރަށްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”އިސްރާއީލް ސަރުކާރުން “ޣައްޒާ ސިޓީގެ ބާރު އަތުލުމަށް” ނިންމި ނިންމުމާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިއީ ނުރ...
ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ”ދިމާވި މައްސަލަ ބަލަމުން ދަނީ، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ ޓޯޓަލް ބްލެކްއައުޓެއްގައި” ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ. އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަ...
ޔުމްނާ ޢަލީ
ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން “ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް” ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހު (މިއަދު) މެންދުރުފަހު އދ. ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްރާއީލްގެ މި ނިންމުން ފުޅާދާއިރާއެއްގައި ކުށްވެރިކުރުމާއެކު މި ކުއްލި ބައްދަލުވުން ބާއްވަން އެދިފައިވަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެން...
ޔުމްނާ ޢަލީ
އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ގޭތަކަށް އިސްރާއީލް ސިފައިން ރޭގަނޑު ވަދެ އެރަށްޔިތުންގެ މުދަލާއި ފައިސާ ފޭރުން އިތުރުވެފައިވާކަމަށް ހާރެޒް ނޫހުގެ ރިޕޯޓެއްގައި ބުނެފިއެވެ. މި ރިޕޯޓްގައިވާ ގޮތުގައި ފާއިތުވި މަސްތަކުގައި އިސްރާއީލު ސިފައިން އޮކިއުޕައިޑް ވެސްޓް ބޭންކުގައި ރޭގަނޑު ރެއިޑްތައް ކުރުމުގައި ފަލަސްތީނުގެ ގޭގެއިން ވައްކަންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގ...
ޔުމްނާ ޢަލީ
މިއަދު އަޅުގަނޑުމެން ދަސްކޮށްލާނީ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ، ވަރަށް މީރު ބީފް ޓޯޓިލާ ތައްޔާރުކުރާނެ ގޮތެވެ. މިއީ ކޮންމެ ވަގުތެއްގައިވެސް ތައްޔާރުކޮށްލެވޭނެ، އަދި ކޮންމެ މީހަކުވެސް ކާން ބޭނުންވާނެ ކާއެއްޗެކެވެ. މި ބީފް ޓޯޓިލާ ތައްޔާރުކުރުމަށް ބޭނުންވާނީ: 50 މިލިލީޓަރ އޮލިވް އޮއިލް 1 ފިޔާ 500 ގްރާމް ގްރައުންޑް ބީފް 1 ގްރީން ޕެޕަރ ބްލެކް ޕެޕަރ ހޮޓް ރެޑް ޕެޕަރ ޕައުޑަރ ރެޑް ޕެޕަރ ލޮނު 4 ޗެޑަރ ޗީޒް ސްލައިސް ގްރޭޓަޑް ޗެޑަރ […]
ޝިއުނާ އާދަމް
ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް މޮރޮކޯގެ ޑޮކްޓަރުން ބަނޑުހައިހޫނުކަމުގެ އެއް ދުވަހުގެ އިހްތިޖާޖެއް ކޮށްފިއެވެ. މިއީ “ޑޮކްޓަރސް ފޯ ޕެލެސްޓައިން” މި ނަމުގައި މޮރޮކޯގައި ހިންގާ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމްކުރި ހަރަކާތެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ބޭއްވި އެއް ދުވަހުގެ ބަނޑުހައިހޫނުކަމުގެ މި އިހްތިޖާޖުގައި މޮރޮކޯގެ އެތައް ސަތޭކަ ޑޮކްޓަރުންނެއް ބައިވެރިވެފައި...
ޔުމްނާ ޢަލީ
ހއ. ހޯރަފުއްޓާއި، ހއ. އުލަގަމު ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މިކަމަށް ހުޅުވާލަމުން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް https://forms.gle/3eXP5u2xwZdSr5wj6 މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. މީގެ އިތުރުން އުލިގަމުގައި ފުޓްސަލް ދަނޑ...
އައިޝަތު އައިނީ އާމިރު
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 200 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށް އިސްރާއީލްގެ ”ބޮޑެތި ދޮގުތައް” ބަޔާންކޮށް، އިސްރާއީލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ގުޅިފައިވާ ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކާއި، ތައުލީމީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ދީނީ ޢިލްމްވެރިންނާއި...
ޔުމްނާ ޢަލީ
ށ. މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިލަންދޫ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ގެޒެޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ރަޖިސްޓްރީ ފޯމު ފުރުމަށްފަހު 14 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން esms@milandhoo.gov.mv އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އެގޮތުން ބިޑު ބަލައިގަތުން އަދި ހުޅުވުން އ...
އައިޝަތު އައިނީ އާމިރު
ފަލަސްތީނުގެ ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުމުން އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރަށްވައިފިއެވެ. މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ ވަކި ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައެވެ. އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލީ އޮކި...
ޔުމްނާ ޢަލީ
މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ޣައްޒާގެ ބިންތައް ފޭރިގަންނަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފިއެވެ. އިސްރާއީލްގެ ބޮޑުވަޒީރު އޮފީހުން ހުކުރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ނެތަންޔާހޫ ހުށަހެޅި ޕްލޭން އެގައުމުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ. “އައިޑީއެފް (އިސްރާއީލް ޑިފެންސް ފޯސް) އިން ހަނގުރާމައިގެ ސަރަހައްދުން ބޭރ...
ޔުމްނާ ޢަލީ
އަސްހާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. އަސްހާބުބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެ މީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލެއް ކަމުގައި ބަޔާންކޮށް މި މައްސަލައިގައި اَلْإِمَامُ أَبُوْ زُرْعَة (ރަހިމަހުﷲ) ގެ ބަސްފުޅެއް ހުތުބާގައި ވަނީ ގެންނަވާފައެވެ. އެ ބަސްފުޅުގައި ވަނީ ރަސޫލާ (ސއވ) އަސްހާބުބޭކަލެއްގެ ގަދަރު ކުޑަކ...
އިބްރާހިމް ޚަލީލް
މާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މާލޭގެ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސްޓެލްކޯގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ...
ޔުމްނާ ޢަލީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕާ ގުޅުވައިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައިވާ ވާހަކަތައް އެ ޕާޓީގެ ޕީޖީ ގްރޫޕުން ދޮގުކޮށްފިއެވެ. އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ 13 ނުވަތަ 14 މެންބަރަކު މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި ބުދަ ދުވަހު ބޭއްވުނު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާމެދު މެންބަރު...
ޔުމްނާ ޢަލީ
ފުލުހުންނަށްް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހްގީގަށް ހިޔާ އެޕާޓްމަންޓަކަށް ވަތްއިރު ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި 7 އޯގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:14 ގައި އެ އިދާރާއަށް ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ރިޕޯޓް ލިބިފައެވެ. މި ރިޕޯޓާއި ގުޅިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ އެޕާޓްމަންޓަކަށް ފުލުހުންވަދެ، ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. ”މި މައްސަލާގައި ޖުމްލަ 242 ވޭޕް […]
ޔުމްނާ ޢަލީ