ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ފިއްލަދޫގައި ޤާއިމްކުރި މި ވޮލީބޯޅަ ކޯޓަކީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިންގެން ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ތަރައްްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓެކެވެ.

Ad
rt

އެގޮތުން މި ވޮލީބޯޅަ ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކޯޓު ހުޅުވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުالله ރާފިޢު އެވެ.

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުން، ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ފިއްލަދޫ ކައުންސިލުގެ އިސްވެރިންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އާންމުންނަށް މި ކޯޓު ހުޅުވާލަމުން އެ ކޯޓުގައި ވަޒީރާއި މުއްސަސާތަކުގެ ވެރިންވެސް ވަނީ ވޮލީބޯޅަ ކުޅެފައެވެ.

ފިއްލަދޫގައި ތަރައްޤީކުރި މި އައުޓްޑޯ ވޮލީކޯޓަކީ މި ސަރުކާރުން މަސައްކަތް ފަށައި، މިއަހަރުގެ ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާފައިވާ ވޮލީކޯޓެކެވެ.

2024 ވަނަ އަހަރު ޖޫން މަހު 3 ގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަށް މުޅި ޖުމްލަ 1،056،140 ރުފިޔާ ހޭދަވިއެވެ.