ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުހަައްމަދު މުޢިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން މިރޭ ބުނީ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރެޔެވެ. ރައީސް ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި ޖުލައި މަހުގެ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފެސްޓިވަލްގައި ހިމެނެނީ ފިރިހެން ބޭފުޅުންނަށް ފުޓްސަލް އަދި އަންހެން ބޭފުޅުންނަށް ހޭންޑްބޯލް މުބާރާތެކެވެ. މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އެ ރަށު ކައުންސިލުން ވަނީ އެދިލައްވާފައެވެ. ޓީމ...
އިބްރާހިމް ޚަލީލް
ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި އުފަންވީ ކުއްޖަކަށް ފަލަސްތީނުގެ ހަމާސްގެ ކުރީގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ނަން ދީފިއެވެ. ޖަރުމަނުވިލާތުގެ އިރުމަތީ ސަރަހައްދުގައި ހުންނަ ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ މެޓަރނިޓީ ކްލިނިކުން ވަނީ އެތަނުގައި އުފަންވީ ކުދިންނަށް މައިންބައިން ދީފައިވާ ނަންތަކުގެ ލިސްޓް އާންމު އުސޫލުން ހޯމަ ދުވަހު ވެސް އާންމުކޮށްފައެވެ. އެ ލިސްޓްގައި އެއް ކުއްޖަކަށް ދީފައިވާ ނަމަކީ 18 އޮކްޓޯބަރު 2024 ގައި އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ، އެއިރު ހަމާސްގެ ވެރިޔަކަށ...
ޔުމްނާ ޢަލީ
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ ޤައުމަކަށްވެފައި، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކ...
ޔުމްނާ ޢަލީ
ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ. ފުލުހުން އަންގާރަ ދުވަހުގެރޭ ބުނިގޮތުގައި މައިސަރާ ވަނީ މިހާރު ފެނިފައެވެ. އޭނާ ފެނިފައި ވަނީ އެރަށުގެ މަގުމަތިންނެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ. މައިސަރާގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ...
ޔުމްނާ ޢަލީ
ށ. ކަނޑިތީމު ކައުންސިލުން އެ ރަށުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 90 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން ބުނެފައިވަނީ، މި 90 ގޯއްޗަށް އެދި ހުށަހެޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު […]
އައިޝަތު އައިނީ އާމިރު
މި އަހަރުގެ އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެމްޕްލޯޔަރ އޮފް ދަ އިޔަރގެ ބްރޯންޒް އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަންކުރާ އެވޯޑެކެވެ. އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްއަކީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރީގެ އެވޯޑް ޕްރޮގްރާމެވެ. މި އެވޯޑުން އޫރީދޫ މޯލްޑިވްސްއިން މުވ...
އިބްރާހިމް އަސްވާޤް
މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ޣައްޒާގެ ބިންތައް ފޭރިގަންނަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލީ މީޑިއާއިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާތީ ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ނެތަނިޔާހޫ ވަނީ ޣައްޒާގައި ފުރިހަމަ އަސްކަރީ އޮކިއުޕޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަނަދޯލު އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން، އިސްރާއީލްގެ މީޑިއާއިން ބުނެފައިވަ...
ޔުމްނާ ޢަލީ
ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއު އަށް 7.7 މިލިއަން ރުފިޔާއ...
ޔުމްނާ ޢަލީ
މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޜަނުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ. އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި އައު ނިޒާމަކީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ “ޔަންމާ ސްޕެއަރ ޕްރޮމޯ 2025” މިއަދު އިފްތިތާހު ކޮށްފިއެވެ. އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސަޢުދީއެވެ. އެ ކުންފުނިން ބުނިގޮތުގައި މިއަދުން ފެށިގެން ސެޕްޓެމްބަރު 5 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ،...
ޔުމްނާ ޢަލީ
ހައްދުފަހަނާ އަޅާފައިވާ އިސްރާއީލްގެ ގަސްދު ހަމަލާތަކާއި، އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ބަނޑުހައިހައިހޫނުކަމާއެކު ކޮންމެ ދުވަހަކު އެވްރެޖްކޮށް ޣައްޒާއިން 28 ކުދިން ޝަހީދުވާކަމަށް އެކުވެރި ދައުލަތްތަކު(އދ.)ގެ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެވެ. ޔުނިސެފުން ހޯމަ ދުވަހު އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 660 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ އިސްރާއީލުގެ ބޮންގޮއްވުމާއި ބަނޑަހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 28 ކުދި...
ޔުމްނާ ޢަލީ
15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ. އާއިލާއަށް މައިސަރާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މައިސަރާ ގެއްލުނުއިރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑ...
ޔުމްނާ ޢަލީ
ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ޣަނީ ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީނ...
ޔުމްނާ ޢަލީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޚާއްޞަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” http://app...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އުނހު، ކުޑަކުޑަ ކުއްޖަކު ގޮވައިގެން މާރުކޭޓަށް ގޮސް މަަސް ގަންނަން ނުވާނެ އުނދަގުލެއް. ” އަހަރެން އެހެން ބުނެ، ފޯނު ކަނޑާލީމެވެ. ހިތަށް އެރިއެވެ. އަހަރެން އެކަން ކުރާނަމެވެ. އަހަންނަށް އެކަން ވާނެއެވެ. ކޮޓަރި ދޮރު ހުޅުވާލި އިރު، ލިލީ އިނީ ބްލޮކްސް ކުޅޭށެވެ. އަހަރެން ފެނުމާއެކު އަތުގައި އޮތް ބްލޮކްސް ދޫކޮށްލުމަށްފަހު ލިލީ ތެދުވެއްޖެއެވެ. އަދި މަންމީއޭ ގޮވަމުން ދެ އަތް ފުޅާކޮށް އަހަންނާ ދިމާލަށް އަންނަން ފެށިއެވެ. އެއީ […]
ސަލާމާ ޢަބްދުލް ޢަލީމް
އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން ގަވީރް އާއި އެހެން ޔަހޫދީންތަކެއް ވަދެ، އެ މާތް މިސްކިތުގެ ހުރުމަތް ކެނޑުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ޢަމަލު ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަ...
ޔުމްނާ ޢަލީ
އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމުގެ ސަބަބުން އެމެރިކާއިން އިންޑިއާ އަތުން ނަގާ ޓެރިފް އިތުރުކުރާނެކަމަށް އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އަނެއްކާވެސް ދެއްވައިފިއެވެ. މިއީ ޓްރަމްޕް އޭނާގެ ވިޔަފާރީގެ ހަނގުރާމައިގެ އިޤްތިޞާދީ ސިޔާސަތަށް ބައިނަލްއަޤްވާމީ ސަލާމަތާއި ޖިއޯޕޮލިޓިކްސް އިތުރުކުރެއްވި އަނެއް ފަހަރެވެ. “އިންޑިއާއިން ހަމައެކަނި ވަރަށް ބޮޑު އަދަދަކުން ރަޝިއާގެ ތެޔޮ ގަންނަނީ އެކަންޏެއް ނޫން، އެމީހުން ގަންނަ ގިނަ އަދަދެއްގެ ތެޔޮ ހުޅުވިފައިވާ މާކެޓުގައި ބޮޑު ފައިދާއަކަށ...
ޔުމްނާ ޢަލީ