އިސްރާއީލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ޔަމަނުގެ އެތައް ސަރަހައްދަކަށް ބުދަ ދުވަހު ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން ނުވަ މީހުން މަރުވެ، 118 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާޢަތުން ބުނެފިއެވެ. މި ހަމަލާތައް ވަނީ ޔަމަނުގެ ސެންޓްރަލް ބޭންކުގެ މައި އޮފީސް ހިމެނޭހެން، ސިއްހީ އަދި ސަރުކާރުގެ މުހިންމު އިމާރާތްތަކަށް އަމާޒުކޮށްފައެވެ. ހޫތީން ހިންގާ އަލް-މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ސަނާގެ ހުޅަނގު ދެކުނުގައިވާ 60 ވަނަ މަގުގައި […]
ނާޒިމާ އަލީ
ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހުޅުވުމުގެ ގޮތުން މި ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުންކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. މިކަން ހާމަކުރަށްވާފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤ...
އައިޝަތު އައިނީ އާމިރު
އިސްރާއީލުގެ ޢުދުވާނާ ގުޅިގެން ޤަޠަރު ސަރުކާރުން އަޅާނެ ހުރިހާ ފިޔަވަޅެއްގައި، އެއްވެސް އިމެއްނެތި ސަޢޫދީ ޢަރަބިއްޔާ ޤަޠަރުގެ ދިފާޢުގައި ދެމިތިބޭނެ ކަމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖައެވެ. ވަލީއަހުދު މިކަން ހާމަކުރެއްވީ ބުދަ ދުވަހު ރިޔާޟްގައި، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޝޫރާ ކައުންސިލްގެ 9 ވަނަ ދައުރުގެ ދެވަނަ އަހަރުގެ ޙަރަކާތްތައް އިފްތިތާޙުކުރައްވަމުންނެވެ. ޝޫރާ ކައުންސިލްގައި ދެއްވި އަހަރީ...
ނާޒިމާ އަލީ
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އުމްރާ ދަތުރު ލިބޭ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. ހަތް ވަނަ އުމްރާ ދަތުރު ލިބިފައިވަނީ ޅ. ނައިފަރު، ހުއްރިއްޔަތު މުހައްމަދެވެ. ހުއްރިއްޔަތުގެ ފަރާތުން މި އުމްރާ ދަތުރުގެ އިނާމާ ހަވާލުވެފައިވަނީ އަލީ ރަޝީދެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް […]
އިބްރާހިމް އަސްވާޤް
ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ […]
އަލީ އާދިލް
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން ސިޓީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމް ހުޅުވައިފިއެވެ. މިއަދު ހަވީރު މި ޕްލެޓްފޯމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ގެ ޗެއަރމަން ސައުދުالله ނަޢީމް އަދި ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް ގަވަރނަންސް އެޑްވައިޒަރ، މިސް ޑަޔާނާ ޓޯރެސް އެވެ. މިގޮތުން މި މަޝްރޫޢުގެ […]
އައިޝަތު އައިނީ އާމިރު
ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމުގެ މަގްސަދުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި ފަށައިފިއެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ށ. ޅައިމަގުގައެވެ. ސެޕްޓެންބަރު 9 އިން 13 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަނާއި ށ. އަތޮޅު ފުލުހުން އަދި ސްކޫލުތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްކޫލު ދަރިވަރުންނާއި، ބެލެނިވެރިން އަދި މުއައްސަސާތ...
އަލީ އާދިލް
މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލެވޭގޮތަށް ސިޔާސަތު ކަނޑައެޅުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ބަދަލުގެންނަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތު...
އިބްރާހިމް ޚަލީލް
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތ...
އިބްރާހިމް އަސްވާޤް
ކާމިޔާބު ދިވެހި ފިލްމް “ކަމަނާ” ގެ ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކޮށް ބެލުންތެރިންގެ ތަރުޙީބު ބޮޑުވެފައިވާ ދިވެހި ފިލްމް “ކަނބުލޮ” މި ހަފްތާ ބަންދުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 56 ޝޯ އަޅުވާނެ ކަމަށް ކަނބުލޮ ފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އިން ބުނެފިއެވެ. މިހާރުވެސް އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދައްކަމުންދާ “ކަނބުލޮ” ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ […]
އަލީ އާދިލް
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދެމުންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އެމަނިކުފާނު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މި ބަދަލ...
އަލީ އާދިލް
ހއ. މުރައިދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޭސްޓްރީ ކޯސް، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އަންނަ އޮކްޓޯބަރ މަހު ބާއްވަން ހަމަޖެހިފައިވާ މި ކޯހާއި ގުޅިގެން މުރައިދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އެގޮތުން މި މަސައްކަތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަ...
އައިޝަތު އައިނީ އާމިރު
ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މަހު 7 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) އެވެ. ފުލުހުން އޭނާ ހ...
އައިޝަތު އައިނީ އާމިރު
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ. ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުވާކުރަނީ މާލޭގައި އޮގަސްޓް، 2023 ގައި ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގަ އެވެ. ސިއްރުން ކުރިއަށް ގެންދާ އެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން […]
ހުސައިން ހަބީބް
ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީން އެ ސިޓީގެ އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ފޮތް ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ޕްބަލިކް ލައިބްރަރީން ބުނެފައިވަނީ ތަޢުލީމަށް އެހީތެރިވެ، މުޖުތަމައުގައި އިލްމު ފެތުރުމުގެ މަޤްސަދުގައި، އިއްޔެ އަފީފުއްދީން ސްކޫލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ގިނަ އަދަދެއްގެ ފޮތްތައް ހަދިޔާކޮށްފައިވާކަމަށެވެ. އެގޮތުން މި ފޮތްތަކަކީ، އަފީފުއްދީން ސްކޫލްގެ ދަރިވަރު...
އައިޝަތު އައިނީ އާމިރު
އިސްރާއީލްގެ އިތުރު ހަމަލާތަކެއް ގަތަރަށް އަޔަނުދިނުމަށްޓަކައި އެމެރިކާއާއެކު މަސައްކަތްކުރަމުންދާ ކަމަށް ޤަތަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވެއްޖެއެވެ. ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލް-އަންސާރީ ވިދާޅުވީ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސުލްޙަވެރިކަމަށް މަސައްކަތްކުރާ ކޮންމެ ޤައުމަކަށްވެސް، އަދި ރަހީނުން ހިފެހެއްޓޭ ހާލަތްތަކުގައި އިސްރާއީލަށް އެހީތެރިވާ ޤައުމުތަކަށްވެސް ވަރަށް ސާފު މެސެޖެއް ފޮނުވާފައި ކަމަށެ...
ޔުމްނާ ޢަލީ
އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް އިއްޔެ ދިން ހަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. އިސްރާއީލުން ދޯހާ އަށް ދިން ހަމަލާގައި އަމާޒުކޮށްފައިވަނީ ޤަޠަރުގައި ތިބި ހަމާސްގެ ލީޑަރުންނަށެވެ. މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި ޤަޠަރުގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ހަމަލާއާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، އ...
ޔުމްނާ ޢަލީ
މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫޢުގެ އެހީގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ. މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް...
ޔުމްނާ ޢަލީ