އަލްބޭނިއާގެ ސަރުކާރުން ޕަބްލިކް ޕްރޮކިއުމަންޓް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އައު މިނިސްޓަރަކީ “ދިއެއްލާ” ގެ ނަމުން ނަންދެވިފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއްކަމަށް، ހަތަރުވަނަ ދައުރަކަށް ވެރިކަން ފެށުމަށް ތައްޔާރުވަމުންދާ އެގައުމުގެ ބޮޑުވަޒީރު އެޑި ރާމާ އިޢުލާން ކުރައްވައިފި އެވެ. ބޮޑުވަޒީރު އެޑި ރާމާ ވަނީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި “ދިއެއްލާ” އައްޔަންކުރެއްވިކަން އިޢުލާން ކުރައްވާ މި ބޮޓު ތަޢާރަފުކޮށްދެއްވާފައެވެ. އަލްބޭނިއަން ބަހުން “އިރު” މާނަކުރާ ދިއެއްލާ އަކީ، ރި...
އަލީ އާދިލް
ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކާއި ގުޅިގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅިގެން ރަށްރަށުގައި 500 ފަތްކެޔޮ ގަސް އިންދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2028 ވަނަ އަހަރުގެ ނިޔަލ...
އައިޝަތު އައިނީ އާމިރު
މި ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ކުޅުދުއްފުށި ސިޓީގެ މަށި ކުޅީގެ ދެކުނަށް އޮތް މަގު ހިނގާ މަގެއްގެ ގޮތުގައި ނުވަތަ “ޕެޑަސްޓްރިއަން ރޯޑެއްގެ” ގޮތުގައި ތަރައްޤީކުރުމަށް އިއުލާނުކުރާނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއެޖެއެވެ. މޭޔަރު ޢާޠިފް މިހެން ވިދާޅުވީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ޢާޠިފް ވިދާޅުވީ، ރައްޔިތުންގެ ހި...
އައިޝަތު އައިނީ އާމިރު
ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރިކްލަބް ހޯދައިފިއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ. އެންމެ މޮޅު އަންހެން 6 […]
ޔުމްނާ ޢަލީ
ށ. ފޯކައިދޫގައި ސައިބަރ ކްރައިމްސް އާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބެލެނިވެރިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މި ޕްރޮގްރާމަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އާއްމުނަނަށް އިއުލާނުކުރަމުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކ...
އައިޝަތު އައިނީ އާމިރު
ތިލަފުށީގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްރީލަންކާ ރައްޔިތަކު ލޮރީއެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:15 ހާއިރުއެވެ. އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތްކުރަން ހުރި ސްރީލަންކާ ރައްޔިތެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކާއެކު މިހާރު ދަނީ އިންދިރާ ގާންދީ މެމޯރ...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި މަސްބޭނުމަށް ފާލަމެއް ތަރައްޤީކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ މި މަޝްވަރާ ބައްދަލުވުމަށް ސްޕޯޓްސް ފިޝިންގ އަދި މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ. އެގޮތުން 11 ސެޕްޓެމްބަރ 2025 (މިރޭ) މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކުޅުދުއްފުށީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ...
އައިޝަތު އައިނީ އާމިރު
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަަވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ. މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ […]
ޔުމްނާ ޢަލީ
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިން ޕްލެޓްފޯމަކީ ވަރަށް ހިތްގައިމު ފުރުހަމަ މަސައްކަތެކެވެ. އެ ޕްލެޓްފޯމް އިއްުޔެ ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ސިޓީގެ ރައްޔިތުންނާއި، މަށިކުޅީގެ ވެށިން އުފަލާއި ހިތްހަމަޖެހިލުން ލިބިގަތުމަށް އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މަށިކުޅީގެ ހިތްގައިމުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލަދިން ފަހި ފުރުސަތެއްކަން ގައިމެވެ. އެތަން ފަރުމާކޮށްފައި ވަނީ މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަށެވެ. މި ވިއުވ...
އައިޝަތު އައިނީ އާމިރު
ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ: އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ […]
ސަލާމާ ޢަބްދުލް ޢަލީމް
ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެ ދާއިރާއަށް ކަނޑައަޅައި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އިއްޔެ ނިންމެވި ނިންމެވުމެކެވެ. މިކަން ރައީސް ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ...
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށްފައިވާ ކަމަށެވެ. އާމިރުގެ ބަދަލުގައި މުޒްނާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ވެސް ޕީސީބީ އިން ވަނީ ބުނެފައެވެ. މުޒްނާ ސްޓެލްކޯގައި ޚިދުމަތްކުރަށްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ. މުޒްނާގެ މަސައްކަތުގެ ރެކޯޑަށް ބަލާއިރު،...
ޔުމްނާ ޢަލީ
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަށް ބަންޑާރަނައިބުގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ. މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ. މި ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި...
ޔުމްނާ ޢަލީ
އަނިޔާވެރި ޔަހޫދީ އިޒްރޭލުން ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ޖުމްލަ 6 ގައުމަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ. އެމެރިކާގެ އެހީތެރިކަމާއި އެކު ދުނިޔޭގައި ހަމަ ނުޖެހުން ހިންގަމުން އަންނަ ޔަހޫދީ އިޒްރޭލުން ހަމަލާދީފައިވަނީ ފަލަސްތީނާއި، ލެބަނަން، ސީރިއާ، ޓިއުނީޝިއާ، ޤަތަރު އަދި ޔަމަނަށެވެ. ހޯމަ ދުވަހު ލެބަނަންގެ ބެކާ އަދި ހަރްމަލް ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދިން ހަމަލާގައި މަދުވެގެން 5 މީހުން މަރުވެފައިވެއެވެ. އިޒްރޭލުގެ ސިފައިން ބުނެފައިވަނީ މި ހަމަލާ އ...
އަލީ އާދިލް
ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުންކުރެ، އެ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތުގައި ކުރިން ސޮއި ނުކުރާ ފަރާތްތަކާއެކު ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރަސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލައި ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށް...
އައިޝަތު އައިނީ އާމިރު
ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލަމުންދާ ފަރާތެއް ކަމުގައިވާ ޗާލީ ކާރކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ. ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާރކް މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓްގައި އިއުލާންކޮށްފަ އެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ޕޯސްޓްތަކެއް ކުރައްވާފައެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުނ...
އަލީ އާދިލް