އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އުމްރާ ދަތުރު ލިބޭ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

ހަތް ވަނަ އުމްރާ ދަތުރު ލިބިފައިވަނީ ޅ. ނައިފަރު، ހުއްރިއްޔަތު މުހައްމަދެވެ. ހުއްރިއްޔަތުގެ ފަރާތުން މި އުމްރާ ދަތުރުގެ އިނާމާ ހަވާލުވެފައިވަނީ އަލީ ރަޝީދެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ. އަދި ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ.

އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކެމްޕެއިނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އުރީދޫ އިން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ.

މި ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ ore.do/liveunlimited ލިންކް މެދުވެރިކޮށް ބެއްލެވުމަށް އުރީދޫ އިން ވަނީ އެދިފައެވެ.