ކެލާ އާއި ދިއްދޫ މެޗުން ދިއްދޫ ކުރިހޯދިއިރު، އިހަވަންދޫ އާއި ހޯރަފުށީ މެޗު އިހަވަންދޫ ކާމިޔާބުކޮށްފި
ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ކެލާ އާއި ދިއްދޫ ބައްދަލުކުރި މެޗުން ދިއްދޫ ކުރިހޯދާފައިވާއިރު، އިހަވަންދޫ އަދި ހޯރަފުށި ބައްދަލުކުރި މެޗު އިހަވަންދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 7 ވަނަ މެޗުގައި މިރޭ ބައްދަލުކޮށްފައިވަނީ ކެލާ އާއި ދިއްދޫ އެވެ. މި މެޗުގައި ދިއްދޫ އިން ކެލާ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާ އަކުން […]