މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ ގެއެއްގެ ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓުނު ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ މީހާ މަރުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 6:29 ހާއިރު ކަމަށެވެ. މަރުވި މީހާއަކީ 47 އަހަރުގެ ރުޓަން ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

Ad
rt

ފުލުހުން އިތުރަށް ވިދާޅުވީ، އޭނާ ހާދިސާ ހިނގި ތަނުން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާދިޔަ ގޮތާ ގުޅޭގޮތުން ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ.