އިންޑިގޯގެ އިސްވެރިން ހާޒިރުވާން އަންގައި ބޮޑުވަޒީރުގެ އޮފީހުން މައްސަލައިގެ ތެރެއަށް ވަދެއްޖެ
އިންޑިއާގެ އިންޑިގޯ އެއަރލައިންސްގެ ހިދުމަތްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ދިމާވަމުންދާ ހުރަސްތަކާއި ގުޅިގެން، އެ މައްސަލައަށް ހައްލެއް ގެނައުމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީސް (ޕީ.އެމް.އޯ) އެ މައްސަލައިގެ ތެރެއަށްވަދެ މަސައްކަތްފަށާފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިގޯއަށް ދިމާވެފައިވާ މި ދަތިކަމާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މައުލޫމާތު ހިއްސާކުރުމަށްފަހު، ބޮޑުވަޒީރުގެ އޮފީހުން އިންޑިގޯއަށް ދިމާވެފައިވާ...