އިންޑިއާގެ އިންޑިގޯ އެއަރލައިންސްގެ ހިދުމަތްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ދިމާވަމުންދާ ހުރަސްތަކާއި ގުޅިގެން، އެ މައްސަލައަށް ހައްލެއް ގެނައުމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީސް (ޕީ.އެމް.އޯ) އެ މައްސަލައިގެ ތެރެއަށްވަދެ މަސައްކަތްފަށާފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިގޯއަށް ދިމާވެފައިވާ މި ދަތިކަމާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މައުލޫމާތު ހިއްސާކުރުމަށްފަހު، ބޮޑުވަޒީރުގެ އޮފީހުން އިންޑިގޯއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިންޑިގޯގެ ސީ.އީ.އޯ ޕީޓަރ އެލްބާސްއާ ސީދާ ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
މިކަމުގެ ނުރައްކާތެރިކަން ހާމަކުރުމުގެ ގޮތުން، އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އިންޑިގޯގެ އިސްވެރިންނަށް ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާފައިކަމަށް ވެސް އިންޑިއާގެ މީޑިއާއިން ބުނެއެވެ.
⚠️Complete Chaos at all Airports in India!⚠️
❓Reason? - New FDTL norms = 48 hrs weekly rest for crew members.
Indigo fall short of staff due to resting norms, didn't hire new staff in advance.
❌Over 500 flights cancelled today!#Indigo #airports pic.twitter.com/MXYZB2TLws
— My Vadodara (@MyVadodara) December 5, 2025
ފަސް ދުވަހަށް ދިގުދެމިގެންގޮސްފައިވާ އިންޑިގޯގެ ޚިދުމަތް ދިނުމުގެ ހުރަސްތަކުގެ ސަބަބުން މިހާތަނަށް އެ އާލައިންގެ ހާހަކަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ހިދުމަތްތައް ހަމައަކަށް އެޅެންފެށި ކަމުގެ ނިޝާންތައް ފެންނަން ފެށި ނަމަވެސް، މިކަމުގެ ސަބަބުން އިންޑިއާގެ ސަރުކާރުން ވަނީ އިންޑިގޯއަށް ބޮޑު ފިއްތުމެއް ކުރިމަތިކޮށްފައެވެ. އެގޮތުން، ކެންސަލްކުރެވުނު ފްލައިޓްތަކުން ދަތުރުކުރަން ޓިކެޓް ނެގި މީހުނަށް ލަސްނުކޮށް އާދިއްތަ ދުވަހުގެ ރޭ 8 ގެ ކުރިން އަނބުރާ ފައިސާ ދިނުމަށް ވަނީ އަންގާފައެވެ. އަދި ދަތުރުގެ ޓިކެޓްގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި، އެއަރފެއާ އަށް ވަނީ ލިމިޓް ކަނޑައަޅާފައެވެ.
⚠️Complete Chaos at all Airports in India!⚠️
❓Reason? - New FDTL norms = 48 hrs weekly rest for crew members.
Indigo fall short of staff due to resting norms, didn't hire new staff in advance.
❌Over 500 flights cancelled today!#Indigo #airports pic.twitter.com/MXYZB2TLws
— My Vadodara (@MyVadodara) December 5, 2025
ހޮނިހިރު ދުވަހުވެސް އިންޑިގޯގެ ގާތްގަނޑަކަށް 500 ފްލައިޓް ކެންސަލްކުރި ނަމަވެސް، އެއާޕޯޓްތަކުގައި ކުރިން ފެނުނުފަދަ ހަމަނުޖެހުންތަކެއް ފެނިފައެއް ނުވެއެވެ. އިންޑިއާ ރެއިލްވޭސްއިން ވަނީ ދަތުރުވެރިންނަށް އެހީތެރިވުމުގެ ގޮތުން އިތުރު އަދި ޚާއްސަ ރޭލު ދަތުރުތައް ހަމަޖައްސާފައެވެ.
"I want to go back to my country. It's you who canceled my ticket. So I want a new one—the same as before!
I will return to France. I don't need anyone; I'm going back to France.
I want my ticket! They have ruined everything.#Indigoairlines pic.twitter.com/Iz57squoDY
— Ruby Arun रूबी अरुण (@arunruby08) December 5, 2025
އިންޑިއާގެ ބޮޑުވަޒީރު އޮފީހުން އިން އިންޑިގޯގެ ސީ.އީ.އޯ ޕީޓަރ އެލްބާސްއާ ސީދާ ގުޅިގެން މަސައްކަތްކުރަމުންދާއިރު، އެލްބާސް ވަނީ ހިދުމަތްތައް ހަމައަކަށް އެޅުވުމަށް ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. މީގެ އިތުރުން، ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް (އެފް.ޑީ.ޓީ.އެލް) ކަނޑައަޅާފައިވާ ގަވައިދުތައް "ދަތި" ކަމަށް ސިފަކޮށް، އެ ގަވައިދުތަކަށް ލުޔެއް ދިނުމަށް ވެސް އޭނާ ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!