ޕީއެސްއެމްއެމުން ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކަށް
2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއާއި ބޭރުދުނިޔޭގައި ހިނގައިދިޔަ އެންމެ މުހިންމު ޚަބަރުތަކާއި ހާދިސާތައް އެއް ފޮތަކުން ފެންނާނެހެން ތައްޔާރުކުރި “ނިމުނު 52 ހަފުތާ 2025” ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ. މި ފޮތަކީ އަހަރުގެ ކޮންމެ ހަފުތާއެއްގައި ހިނގައިދިޔަ އެންމެ މުހިންމު ކަންކަން އެއްކޮށްލައިގެން، ޕީއެސްއެމް ނިއުސްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ތައްޔާރުކުރުމުގެ މައިގަ...