''ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ސަރުކާރު ދެމި ތިބޭނެ''
އިޖުތިމާއީ ރައްކާތެރިކަމާއި، ސިއްހީ ހިދުމަތާއި، ދަތުރުފަތުރާއި، އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާ އެކު މި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު ދިވެހިރާއްޖެ...