އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި
ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެކެވެ. މިއީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓް ފަހަރަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝް...