ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ
އަތޮޅުތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ އަދާހަމަ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ހިއްސާކުރައްވައިފިއެވެ. މިނިސްޓަރ މި މަޢުލޫމާތު ހިއްސާކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ވަނީ ނިންމާފައެވެ. 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް...