ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް
ހއ. އަތޮޅަށް ވެސް އަދި ދިއްދުއަށް ވެސް ތަރައްގީއަށް ކަމެއް ކޮށްދީފައި އޮތީ މި ސަރުކާރުންކަމަށް ދިއްދޫ ދާއިޜާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ. ދިއްދޫ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގައި ބެއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފިކުރުން ދިއްދުއަށް ކޮށްދިން ކަންކަން ވަރަށް ގިނަ ކަމަށެވެ. “ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިއްދޫ ރައްޔިތުންނަށް 3 ވައުދަކާ އެކު. އެންމެ […]