މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,319 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2129 ވަނަ ޞަފްޙާ

މަސްވެރިޔެއްގެ ލޮލުގައި ބުޅިއަކުން ޖެހި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދެނީ

މަސްވެރިޔެއްގެ ލޮލުގައި ބުޅިއަކުން ޖެހި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދެނީ

ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހުމުން އިތުރު އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ބުޅި އެޅިފައިވަނީ ރޯދި3 ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި ފިރިހެނެއްގެ ލޮލުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެމް.އެން ޑީ އެފް ނޯތަންއޭރިޔާ ސިފައިން މި މީހާ ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފާތިމަތު ސިނާޒާ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުޅުދުއްފުއްޓަށާއި ކެލައަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުޅުދުއްފުއްޓަށާއި ކެލައަށް

ބޭންކް އޮފް މޯލްޑިވަސް އިން ތަޢާރަފުކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު” ގެ ތިންވަނަ ކުއާޓަރގައި ހދ ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށާއި ހއ ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ބައިސްކަލް ޕާކް ކުރެވޭގޮތަށް ހެދުމަށް، އެހީ ދިނުމަށް ބީއެމްއެލް އިން ނިންމައިފިއެވެ. ތިންވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 މަޝްރޫޢެއް ބީއެމްއެލް އިން ހޮވާފައިވާއިރު މިފަހަރު އެހީދޭ އަނެއް 3 ޕްރޮޖެކްޓަކީ ނ. ހޮޅުދޫ ބަނ...

އަޙްމަދު މުޖުތަބާ
ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނަނީ

ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނަނީ

ހދ ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް މިރޭ އަންނާނެ ކަމަށް އެމްޑީޕީ ކުރިނބީން ހާމަކޮށްފިއެވެ. އެމްޑީޕީ ކުރިނބީގެ އޮފިސަލް ޓްވިޓަރ އެކައުންޓުން އޮކްޓޫބަރ 12 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީގެ ވަރަށް ޚާއްސަ އިވެންޓެއް މިރޭ 21:00 ގައި އަލަށް ހަދާފައިވާ ކުރިނބީ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށެވެ. އަދި މިރޭ ކުރިނބީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެކަމަށްވެސް އެޓްވީޓުގައި ބުނެފައިވެއެވެ. މި އިވެންޓުގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން […]

އަޙްމަދު މުޖުތަބާ
އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

އިންޓަނެޓަކީ އަދުގެ ދުނިޔޭގައި އެޔާ ނުލާ ނޫޅެވޭނެ އެއްޗެކޭ ބުނެވިދާނެއެވެ. އަބަދުމެ އޭގެ ބޭނުން އަޅުގަނޑުމެން އެންމެން ކުރާ އެއްޗެކެވެ. އެންމެ ކުރުކޮށް ބުނަނީނަމަ އިންޓަނެޓަކީ އެއާއި ނުލާ މިއަދު ކޮފީ މޭޒެއްވެސް ފުރިހަމަ ނުވާނެ އެއްޗެކޭ ބުނެވިދާނެއެވެ. މި ޖަޒީރާ ދިވެހިރާއްޖެއަށް އިންޓަނެޓަކީ މުހިންމު އެއްޗެއްކަން ހާމަވާ އެއް ސަބަބަކީ ރާއްޖެއަކީ ނިސްބަތުން އިންޓަނެޓުގެ ބޭނުންކުރާ ފަރާތްތައް ގިނަ ގައުމަކަށްވެފައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގަ...

އަޙްމަދު މުޖުތަބާ
އެންޑީއެން އާއިމެދު ޤާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެކަން ޔަގީން : ޑރ އިޔާޒު

އެންޑީއެން އާއިމެދު ޤާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެކަން ޔަގީން : ޑރ އިޔާޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާއި މެދު ޤާނޫނީ ފިޔަވަޅު އަޅުއްވަން މިސަރުކާރުން ފަސްނުޖެހޭނެކަން ޔަޤީންކަމަށް މައްސޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ލާދީނީ ޓެރަރިސްޓް އެމްޑީއެން އާއި މެދު ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ. ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯވެސް ޑރ އިޔާޒު ސުވާލު ކުރެއްވިއެވެ. ޑރ އިޔާޒު މިގޮތަށް ސުވާލު ކުރެއްވީ “އަންނަނީ އަންނަނީ” ގެ ނަމުގައި ރޭ ޕްރޮގްރަސިވް...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެ : މިނިސްޓަރ އަމީން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެ : މިނިސްޓަރ އަމީން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ދުރަށް ދަތުރުނުކޮށް ލުއިފަސޭހަކޮށް ވީހާވެސް ކައިރިން ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އ...

އަޙްމަދު މުޖުތަބާ
ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު

ދިއްދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރުއާން މުބާރާތް ނޮވެމްބަރު މަހު

ހއ ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ 7 ވަނަ ޤުރުއާން މުބާރާތް މިއަންނަ ނޮވެމްބަރު މަހުގައި ބޭއްވުމަށް އިޢުލާން ކޮށްފިއެވެ. އެޖަމިއްޔާއިން އޮކްޓޫބަރ 7 ވަނަ ދުވަހު ކުރި އިޢުލާންގައި އެދިލައްވާފައިވަނީ ނޮވެމްބަރު މަހު ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެޖަމިއްޔާގެ އިދާރާއަށް ހުށައެޅުއްވުމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 1...

އަޙްމަދު މުޖުތަބާ
އެމްޑީއެންއަށް އަލުން ހުއްދަދޭން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެމްޑީއެންއަށް އަލުން ހުއްދަދޭން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެމްޑީއެންއަށް އަލުން ހުއްދަދޭން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ދިގު ބަޔާނުގައި ބުނެފައި ވަނީމޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) ގެ ހަރަކާތްތައް ސަރުކާރުން ވަގުތީގޮތުން ހުއްޓުވާލި މައްސަލަ ކުށްވެރިކުރާކަމަށާއި ވަގުތުން ވަގުތަށް އެމްޑީއެންއަށް އަލުން ހުއްދަ ދިނުމަށްވެސް އެޖާއަތުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ. “ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތަކަށް”، ދީނީ ޖަމާއަތްތަކުން ދޭ ހަމާލާތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް މިބަޔާނުގައ...

ޔުމްނާ ޢަލީ
އެމްޑީއެންއާއި ދެކޮޅަށް ބޭއްވި އެއްވުމަކީ ފިތުނަ ފަސާދަ އުފަށްދަން ހިންގެވި ހަރަކާތެއް: ދުވާފަރު މެންބަރު

އެމްޑީއެންއާއި ދެކޮޅަށް ބޭއްވި އެއްވުމަކީ ފިތުނަ ފަސާދަ އުފަށްދަން ހިންގެވި ހަރަކާތެއް: ދުވާފަރު މެންބަރު

އިއްޔެ ދުވާފަރުގައި، މަދު ބަޔަކު ނިކުމެ ތިޔަ ހިންގެވީ ފިތުނަ ފަސާދަ އުފަށްދަން ހިންގެވި ސިޔާސީ ހަރަކާތެއްކަމަށް ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ. ދުވާފަރު ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައިވަނީ ރޭ އެބޭފުޅާގެ ފޭސްބުކް އަދި ޓުވީޓަރގައި ލިއުއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވާފަ، އަދި އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް އެބަ ގެންދަވާ.. އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފ...

ޔުމްނާ ޢަލީ
ހެލްތް މިނިސްޓަރ ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

ހެލްތް މިނިސްޓަރ ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ ހދ އަތޮޅު ސިއްހީ މަރުކަޒުތަކަށް ދިމާވާ ދަތިތަަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އަތޮޅުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މަސްވަރާކުރައްވާފައިވެއެވެ. ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އަމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތީ ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ހިދުމަތާއި ސީ.ޓީ.ސްކޭންގެ ޚިދުމަތް ރަސްމީކޮށް...

އަޙްމަދު މުޖުތަބާ
ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރު ކޭއާރއެޗްގައި ހުޅުވައިފި

ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރު ކޭއާރއެޗްގައި ހުޅުވައިފި

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ހިދުމަތާއި ސީ.ޓީ.ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މިރޭ ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ...

އިބްރާހިމް އަސްވާޤް

"ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ" މައުރަޒު ހުޅުވައިފި

“ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ” މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ. މިއަދު ހަވީރު ބ. ގޮއިދޫގައި ހުޅުވުނު މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމާއި ޢާއިލާއާއި މުޖްތަމަޢާއި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މިއީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރ...

ޔުމްނާ ޢަލީ
އެމްޑީއެންއާ ދެކޮޅަށް ބޮޑު ހިނގައިލުމެއް ރ.ދުވާފަރުގައި ބާއްވައިފި

އެމްޑީއެންއާ ދެކޮޅަށް ބޮޑު ހިނގައިލުމެއް ރ.ދުވާފަރުގައި ބާއްވައިފި

އެމްޑީއެންގެ ފިކުރަށް ޖާގަ ދިނުމަށް ބޭނުންނުވާ ކަމަށްބުނެ ރ.ދުވާފަރުގައި އެރަށު ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ ހިނގައިލުމެއް ކުރިއަށް ގެންގޮސްފިއެވެ. އެރަށު ރައްޔިތުން އެ ހިނގާލުމެއް ނުކުމެފައި ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ގަނޑުކޮޅުތައްވެސް ހިފައިގެންނެވެ. ރައްޔިތުން ވަނީ، ލާދީނީ ފިކުރާއި ދެކޮޅު ކަމާއި، އިސްލާމް ދީނުގެ ދިފާއުގައި ތިބުމަށް މި މުޒާހަރާގައި ގޮވާލިއެވެ. ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި އިސްލާމް ދީނާއި ހިލާފު މީހުން މަގާމުތަކުން ދުރު ކުރުމަށާއި، އިސްލާމުންގެ ގޮތުގައި...

އިބްރާހިމް އަސްވާޤް
ޕެސްޓިސައިޑް އެތެރެކުމުގައި ސަމާލުވުމަށް މިނިސްޓްރީން އެދެފި

ޕެސްޓިސައިޑް އެތެރެކުމުގައި ސަމާލުވުމަށް މިނިސްޓްރީން އެދެފި

ދަނޑުވެރިކަމަށް ބޭނުން ކުރާ ޕެސްޓިސައިޑް ގެ  ތެރެއިން ހުއްދަދެވޭނެ އަދި ހުއްދަނުދެވޭނެ ޕެސްޓިސައިޑްގެ ލިސްޓް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްތިކަލްޗަރއިން  އާންމުކޮށްފިއެވެ. އެފަރާތުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ ދަނޑުވެރިކަމުގައި ބޭނުން ކުރެވޭ ޕެސްޓިސައިޑް އެތެރެކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ދޫކުރާ ހުއްދަދެވޭ ޕެސްޓިސައިޑް އަދި ހުއްދަ ނުދެވޭ ޕެސްޓިސައިޑް އެތެރެކުރާފަރާތް ތަކުގެ މައުލޫމާތަށްޓަކައި ޢާއްމު ކުރާކަމަށެވެ. Announcement: (IUL)30-E3/30/2019/231Reg...

ފާތިމަތު ސިނާޒާ

ވަކިބައެއްގެ ސިޔާސީ މަސްލަހަތަށް ފޫގަޅައިގެން ގުރުބާންވާ ލާމަރުކަޒީ ނިޒާމެއް ބޭނުމެއްނޫން

އަޅުގަޑު ހަނދާންވާގޮތުގައި ދިވެހިރައްޔިތުން ބޭނުންވީ އަތޮޅުވެރިޔާއާއި ކަތީބުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްވުމަށެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީއާއި އަތޮޅު ކުރިއަރުވާ ކޮމިޓީއަކީ ވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވުމަށެވެ. އަދި އެމީހުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންތިޒާމުކޮށް ތަރުތީބުކަރަނީ އަތޮޅާއި ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަން ކަށަވަރު ކުރުމަށެވެ.  އެއްގޮތަކަށްވެސް މިލިޔަންމިލިޔަން ޑޮލަރުގެ އަގުބޮޑު ލޯކަލްގަވަނަންސް ނިޒާމެއް ރައްޔިތުން ބޭނުންވ...

މުޙައްމަދު ޝިހާބް
އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟

އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟

ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ދެވަނަ ބާބަށް ޖެހިލާނަމެވެ. މަސްވެރިކަމަށް ދެވިހިފާފައި ހުރިމީހަކަށް، ދުވަހުގެ މަސައްކަތް ނިންމާލާފައި މަސްވެރިކަމުގެ ފިކުރުދޫކޮށްލާ ދަނޑުވެރިކަން ކުރިއަރުވަން ހޭބޯނާރާ އުޅެވޭނެކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. ލާމަރުކަޒުކުރުމަށް ޖެހިފައި މިއޮތީ އެކަހަލަ ދަތުރެކެވެ. ލާމަރުކަޒުކުރުމުގެ އަމުރުހިންގާ އިދާރާ ނުވަތަ ގަވަންމަންޓް އޮތޯރިޓީ ހުންނަނީ މަރުކަޒީ ވެރިރަށުގެ ފަސްގަނޑުގައެވެ. އެތަނުގައި ތިބޭ އެންމެންނަކީ މަރުކަޒީވިސްނުމުގެ އެމަގަށް ހިތްކިޔާފައިތިބި، އެނޫ...

މުޙައްމަދު ޝިހާބް
މުންކަރާތް މަނާކުރުމުގައި ފަސްނުޖެހޭށެވެ

މުންކަރާތް މަނާކުރުމުގައި ފަސްނުޖެހޭށެވެ

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” لُعِنَ الَّذِينَ كَفَرُ‌وا مِن بَنِي إِسْرَ‌ائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْ‌يَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ‌ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ ” سورة المائدة މާނަ : ”އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވުދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. […]

Thiladhun

ހއ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް ދޭން ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫގެ ޚިދުމަތް ދޭން ފަށައިފިއެވެ. ހއ އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ ހއ އަތޮޅު ކައުންސިލުން ބުނެފައިވަނީ އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް އެ ހޮސްޕިޓަލުން މިއަދުންފެށިގެން ފަރުވާ ލިބެމުން ދާނެކަމަށެވެ. މިހާތަނާ ޖެހެންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ގެންދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. މި ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ރަށުން ބޭރަށް ގެންދިއުން ނިމުމަކަށް އ...

އިބްރާހިމް އަސްވާޤް