ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެ ޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަޙްޤީޤުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިޚިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ވިދާޅުވެއްޖެއެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް ޢާއިލާއާއި މ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެކުލަވާލާފައިވާ ދެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ. އޭޖީ އޮފީހުން މިއަދު ބުނިގޮތުގައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅަނީ ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސި...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިނިސްޓްރީ އޮފް އެންވާރްމެންޓްގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު “ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ” ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ކިކްއޮފް މީޓިންގ ބާއްވައިފިއެވެ. މިނިސްޓްރީގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ކިކްއޮފް މީޓިންގ ބާއްވައިފި. pic.twitter.com/EpQpaAYewZ — Min. of Environment, Climate Change and Technology (@MoEnvmv)...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލި މަނިކު މޫކޭ ހަމަޖައްސައިފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މޫސާ އަލި މަނިކު ހަމަޖައްސާފައިވާ ކަމަށެވެ. މޫސާ އަލި މަނިކު ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީއެއްގައި ވާދަ ކޮށްފަ އެވެ. ޕްރައިމަރީގައި އޭނާ ވަނީ ބަލިވެފައިވީނަމަވެސް އެމްޑީޕީގެ ހަރަކާތްތަކުގައި އޭނާ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
އެމްޑީއެން ވަގުތީގޮތުން ސަސްޕެންޑް ކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭގޮތަށް ވާހަކަތަކެއް ލިޔެފައިވާތީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ޔޫތު މިނިސްޓްރީން މިއަދު ނިންމައިފި އެވެ. ނޫސްބަޔާން: މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް ސަސްޕެންޑްކުރުން pic.twitter.com/SPg5yHzGRy — Ministry of Youth,Sports and Community Empowerment (@MoYSCEmv) October 10, 2019 ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކުރީ ‘ޕަލިމަނަރީ އެސެސ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހއ.ބާރަށުގެ “މަސްޖިދުލްޢަމަލު” މިސްކިތުގައިވާ އޭސީ ތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މިސްކިތުގެ ބޭރުން ވަށައިގެންވާ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެއިދާރާއަށް ހާޒިރުވާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ކަމަށާއި އަދި 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ސާދަ ތިރީސްއަށެއްގެ ބޭންޑު އަންނަ މަހު 27 ވަނަދުވަހު ދިއްދޫ ގައި ޕާފޯމް ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މިއީ މިއަހަރު އަޟްހާ އީދުގައި ހަބޭސް ބޮޑުބެރު ގުރޫޕްގެ ފަރާތުން އެރަށުގައި ބާއްވަން ހަމަޖެހިފައިވާ ޝޯވ ކެންސަލް ކުރިފަހުން އެހެން ފަރާތަކުން ޝޯވ އެއް ބާއްވަން އިޢުލާން ކުރި ފުރަތަމަ ފަހަރުވެސްމެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ސާދަތިރީސްއަށެއް އަންނަ މަހު 27 ދިއްދޫ ގައި ޕާފޯމް ކުރާނީ ކައިވެނި ހަފްލައެއްގައެވެ. އެގޮތުން ސާދަތިރިސްއަށެއްގެ ފަރާތުން މުސީގެ އިތުރުން […]
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ހއ. އިހަވަންދޫއިން ބަންޑާރަގޯތި ދޫކުރާފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 248-CAA/248/2019/90 އިޢުލާނުގައި ގޯތި ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން 10 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފޯމް ބަލައި ގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް އިތުރު ކުރެވުނު ގަޑި ތަކަކީ 10 އޮކްޓޯބަރު 2019 ވަނަދުވަހުގެރޭ 20:30 އިން 22:00 އަށް 12 އޮކްޓޯބަރު 2019 ވަނަ ދުވަހު ( ހޮނިހިރު ) 10:00 […]
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
މާލެ ވޯޓާރ އެންޑް ސެވަރެޖް ކޮމްޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ ) ގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް ހަދައިގެން މުއާމަލާތް ކުރަމުން ދާތީ އެކަމަށް ސަމާލުކަން ދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން އެދިއްޖެއެވެ. Twitter users are advised to be aware of the fake account, impersonating MWSC’s official Twitter Account. The fake handle is: @MWSC_OfficiaI (notice that the letter “L” is a capitalized “i”). pic.twitter.com/I0lS9WlkhN — […]
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ހދ.ކުރިނބީ ފުޓްސަލްދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15ސެޕްޓެމްބަރ 2019 ގައި އެއިދާރާގެ ނަންބަރ 265/265/2019/34 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 10:30 ށް ހދ.ކުރިނބީ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށް ފަހު 20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:30ށް އަންދާސީހިސާބު ހުށަހެޅުމ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަޙައްދުގައި ހުރި އިމާރާތް ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. އެފަރާތުން ކުރި އިޢުލާން ގައި ބުނެފައިވަނީ ކޮމިއުނިޓީ ޕާކް ސަރަޙައްދުގައި ހުރި އިމާރާތް ވިޔަފާރިކުރުމަށް 10 އަހަރު ދުވަހަށްކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި އިމާރާތުގެ ކުލި މަހަކު 500 ރުފިޔާއަށްވުރެން ދަށް ވެގެން ނުވާނެކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި އެ އިދާރާއަށް ދުރުވެ ސިޓީއަކުން އ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
މާލެއާއި އަތޮޅުތެރޭގެ ތަފާތު ކުރުން އިންތިހާއަށް ގޮސްފައިވާކަމުގެ ބަހުސް ކުރަމުންދާއިރު “މާލޭގެ ރައްޔިތުންގެ ހައްގުގައި” ވަނީ ވަކާލާތުކޮށްފައެވެ. “ހުޅުމާލެ” އެއީ ކޮން ބައެއްގެ ތަނެއްތޯ ކަނޑައަޅާ އެއީ “މާލޭ ރައްޔިތުންނަށް ހައްގުވާ” ތަނެއްގެ ގޮތުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކުމުން މިއަދު މިވަނީ ބަހުސެއް ފެށިފައެވެ. “ހުޅުމާލެ” އެއީ “މާލެ” މީހުންގެ ރަށެއް؟ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ “ހުޅުމާލޭގެ ބިމަކީ...
އަލީ އަހުސަން
7 އަހަރު ކުރިން
މޫސުން ގޯސްވުމުގެ ސަބަބުން ށ. އަތޮޅުން، މ.އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓު ނެރެފި އެވެ. މެޓް އޮފިހުން ވަނީ އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާނެކަމަށް ލަފާކޮށް މިއަދު 08:30 އިން މެންދުރު 12:00 ގެ ނިޔަލަށް ޔެލޯ އެލާޓު ނެރެފައެވެ. މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން […]
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
އިންޑިޔާއަށް ކުރި ވިއްސާރާގައި ދަނޑުތައް ހަލާކުވެ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވެ ރާއްޖޭގެ ފިޔާގެ އަގު އަތްނުފޯރާ ވަރަށް އުފުލިއްޖެއެވެ. ފިޔާ ބަސްތާއެއް މާލެއިން 800 އާއި 900ރ. އާ ދެމެދު ހުރިއިރު ރާއްޖެތެރެއަށް ފިޔާ ގެނެސްގެން ވިއްކާ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ފިޔާ ކިލޯއެއް ފަންސާސް ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު ބާޒާރުން ފިޔާ ހުސްވުމާ ގާތަށް ވަނީ އައިސްފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އިންޑިޔާއިން ރާއްޖެއަށް ފިޔާ ގެނައުމުގައި ދައްޗެއް ނޫޅޭނެ ކަމަށެވެ. އިންޑިޔާއިނ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިއަދަކީ މިއީ ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަހެވެ. ހިތާއި ސިކުނޑިއާއި ގުޅިފައިވާ ބުއްދީގެ ބަލިތަކަކީ އޭގެ ޒާތާއި އަސަރާއި ވޭނާއި ބެހޭގޮތުން އަޅުގަޑުމެންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަ ބަލީގެ ބާވަތްތަކެކެވެ. ބުއްދީގެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ “މޮޔައިން” ނުވަތަ “ބުއްދިހަމަނުޖެހޭ މީހުންގެ” ގޮތުގައި ބަލާ އުޅެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ބުއްދީގެ ބައްޔެއްގައި އުޅޭ މީހަކު ބަލިކަމަށް ގަބޫލު ކުރުމަކީ އެހާމެ އުނދަގޫ ކަމެކެވެ. ވަރަށް ގިނަފަހަރަށް ބެލެވެނީ އެއީ އޭނާގެ [...
މުޙައްމަދު ޝިހާބް
7 އަހަރު ކުރިން
އެތައް އިލްމުވެރިންނަކާއި އާއްމުންގެ ނުރުހުން އަމާޒުވެފައިވާ އެމްޑީއެންގެ މައްސަލަ ހައްލުކޮށް ކުރިއަށްދާނެ ގޮތެއް ހޯދުމަށް އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި އެމްޑީއެންގެ މެމްބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަން ދައުވަތު ދީފައިވާނެ ކަމަށް މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ “ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ”ގެ ދިހަވަނަ ބައި ނެރެދެއްވުމަށް ރޭ އިސްކަންދަރު ސްކޫލުގައ...
ޔުމްނާ ޢަލީ
7 އަހަރު ކުރިން
ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާ އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު މާލެ ގެނެސްފިއެވެ. ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަޔަށް ލިބުނު ޒަހަމްތަކާ ގުޅިގެން ބ.ކަމަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދިޔަ މީހަކު ސިއްހީ އަވަސް ފަރުވާ އަށް އެމްއެންޑީއެފް ނޮރދާން އޭރިޔާގެ ގެ އެހީތެރިކަމާއެކު “ވެލާނާ” ގައި މިރޭ 23:40 ގައި މާލެ ގެނެސްދީފިކަމަށް އެމްއެންދީއެފްއިން ބުނެފައިވެއެވެ. ފައިބުރިވެފައިވަނީ، ރ. އތޮޅު އިނގުރައިދޫ ޒުވާނެއް ކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން ރޭ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން