ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި އެވެ. މިއަދު ހަވީރު ތަކަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. މިރަސްމިއްޔާތުގައި ބާރަށުދާއިރާގެ މެންބަރ އަޙްމަދު އަބްދުﷲ ވެސްވަނީ ބައިވެރިވެފައެވެ. ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ހެދޭނެ ކަމަށާއި އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައިސުލްޖު...
ޔުމްނާ ޢަލީ
“މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019” ފަށައިިފި އެެވެ ސިއްހީ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އެވެ. ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އަދި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުމާއި، އެފަދަ ޚިދުމަތްތައް […]
ޔުމްނާ ޢަލީ
ޔުމްނާ ޢަލީ
މޫސުން ގޯސްވުމުގެ ސަބަބުން ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާާތު ދޭގޮތުގައި މިއަދު ހެނދުނު 04:00 އިން އިއރުއޮއްސި 6 ޖެހުމާއި ހަމައަށް ކ. އަތޮޅުން ފ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ހއ އަތޮޅުން ތ އަތޮޅާއިދެމެދު މިއަދު 6 ޖެހުމާއި ހަމައަށްވަނީ ވައިޓް އެލާޓް ނެރެފައެވެ މީގެ އިތުރުން ކުރިއަށް އޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުތެރޭގެ އެކިހިސާބަށް […]
އިބްރާހިމް އަސްވާޤް
މި ލިއުމުގައި ރައްޔިތުންގެ ބައިވެރިވުން ގޮތުގައި ބަލަލާފައިވާނީ ކުރިން މިދެންނެވުނު ރައްޔިތު މަސައްކަތަށް ވުރެ ފުޅާ ދާއިރާއެއްގައެވެ. ހަމައެކަނި ވަކި ފަރާތަކުން އަންގައިގެން ނުވަތަ ވަކި ފަރާތަކުން ހުރިހާކަމެއް ރާވާ ނިންމައިގެން ރައްޔިތުން ރައްޔިތު މަސައްކަތްކުރާ އުސޫލަކުން ނޫނެވެ. ނަމަވެސް ހުރިހާ ފެންވަރެއްގައި ރަށްރަށުގެ ކަންކަން ރާވާ ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާ ދާއިރެއްގައި ހޯދާ ލިބިގަތުމުގެ މައްޗަށެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގަޔާއި ރޭވުންތައް ރޭވުމުގައި ރަށުގެ ތަފާތު...
މުޙައްމަދު ނަޒީފު
ތިލަދުންމަތީގެ މަޖިލިސް މެންބަރުންނާއި ރައީސް ބައްދަލު ކުރައްވައިފި އެވެ. ހއ ހދ އަދި ށ އަތޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައްދަލު ކުރެއްވުން އޮތީ އިއްޔެ ރައީސް އޮފީހުގައެވެ. President @ibusolih has today met with @mvpeoplesmajlis members representing Ha, Hdh Sh. Atoll constituencies. pic.twitter.com/DDUTxOeSoT — The President's Office (@presidencymv) October 17, 2019 އިހަވަންދޫ ދާއިރާގެ މެންބަރ ސިފާއު ވިދާޅުވިގޮތުގައި މިބައްދަލުވުމަކީ އެމްޑީޕީ މެންބަރުން އިސްނަގައިގެން ބޭއ...
ޔުމްނާ ޢަލީ
އަންނަ ޖަނަވަރީ ޓްރާންސްފާ މާކެޓް ހުޅުވުމާއިއެކު މެންޗަސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ރެއާލް މެޑްރިޑްއިން ފެނުން ގާތްކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ. ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އާއި ޕައިލް ޕޮގްބާ ދުބާއީގެ ޕޫލެއް ކައިރީހުރި ފޮޓޯތަކެއް އާންމުވެފައިވާއިރު މިސީޒަނުގައިވެސް ރެއާލްއިން ވަނީ ޕޮގްބާ ގަންނަށް 89 މިލިއަން ޕައުންޑް ހުށައަޅާފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ ޕޮގްބާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ބުނެފައެވެ. ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފ...
އަޙްމަދު މުޖުތަބާ
2015 ވަނަ އަހަރު އެކުލަވާލި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދު އިއްޔެ އާންމުކޮށް، އިއްޔެއިންފެށިގެން 3 މަސް ދުވަހުގެ ފަހުން ޤަވާއިދަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ. މި ޤަވާއިދަކީ ރާއްޖޭގައި ބޭސްފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި ޤަވާއިދެކެވެ.މިޤަވާއިދުގެ ދަށުން މެޑިކަލް ރިކޯޑުތައް އިތުރަށް ހަރުދަނާ ކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާ ސިއްޙީ ފަރުވާދޭ ހުރިހާތަނެއް މޮނީޓަރ ކުރެވިގެންދާނެ...
އިބްރާހިމް އަސްވާޤް
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ހަފްތާގައި ހދ.ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ނޫހެއްކަމަށްވާ ކުޅުދުއްފުށީ އޮންލައިން އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ބުނެފައިވަނީ ޓާޝަރީ ފެންވަރުގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށީގައި އެޅިގެންދާނީ 100 އެނދުގެ މުޅިން އާ ހޮސްޕިޓަލެއްކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު ހޮސްޕިޓަލް އަޅާނެ ތަނެއް އަދި މުޅިން ފައިނަލް ނުވާކަމަށާއި އެހެން ނަމަވެސ...
ފާތިމަތު ސިނާޒާ
ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުން މާދަމާ ރޭ 20:30 ގައި ނޮވެލް ރެސްޓޯރެންޓްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިމުބާރާތުގައި ހދ. އަތޮޅުގެ 6 ރަށަކުން ބައިވެރިވެފައިވާއިރު ވޮލީ ބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ކުޅުން ތެރިން މި މުބާރާތުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަނިމަދޫގެ ޓީމަށް 2 ކުޅުންތެރިން އަދި ފިނޭ، އަދި ނޮޅިވަރަމްފަރު ޓީމަށް ގައުމީ ޓީމުގެ 2 ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެ...
ފާތިމަތު ސިނާޒާ
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެސްޓީއޯއަށް ދިން ނ. އެކުޅިވަރު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ. އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީއޯއައި) މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު މިއަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެސްޓީއޯއިން ބުނީ އީއޯއައި އަށް ބޭނުންވާ ކަންތައްތައް ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި...
އިބްރާހިމް އަސްވާޤް
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 08 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 50 ވަނަ ޖަލްސާއިން ފާސްކުރެއްވި “ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް” އަކީ މި ބިލުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެ...
އިބްރާހިމް އަސްވާޤް
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަންފުޅެއް ހުށަހަޅުއްވައިފިއެވެ. ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަނ...
ޔުމްނާ ޢަލީ
މިވަގުތު އުތުރުގެ ރަށްތަކުގެ ދަނޑުވެރިން ނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މާކެޓް ނެތުން ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް ކުރި ޓުވީޓެއްގައި ބުނެފިއެވެ. ކުމުންދޫ ކައުންސިލުގެ ރައީސް މިހެން ބުނެފައިވަނީ އިއްޔެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަސްރޫޢެއް ފަށަން ތައްޔަރުވެފައިވާ ކަމަށް މިނިސްޓަރ ޒަހާ ވަހީދު އިޢުލާން ކޮށްފައިވަނިކޮށެވެ. ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދ...
ފާތިމަތު ސިނާޒާ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެއެވެ. ރޭ ގަލޮޅު ދަނޑުގައި އީގަލްސް އިން މާޒިޔާ ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ސެންޓޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި […]
އަޙްމަދު މުޖުތަބާ
ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ގޮތަށް ފަރުމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހެނދުނު ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ. މީގެ އިތުރުން ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު ޕޭމަންޓް ހެދުމަށް ފަރުމާކޮށްފައިވާ މާސްޓާރ ކާޑުވެސް މިއަދު ވަނީ އިފްތިތާހް ކޮށްފައެވެ. ބީއެމްއެލްއިން މިއަދު ތައާރަފު ކުރި ބިޒްނަސް ކާޑަކީ ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް...
ފާތިމަތު ސިނާޒާ
ހދ.ވައިކަރަދޫ ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ. އެރަށު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެސަރަޙައްދުގައި މިހާރު ހުރި ރުއްގަސް ބުޑާއެކުނަގާ ބިންސާފު ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަންދާސީހިސާބު ހުށަހެޅުވުމ...
ފާތިމަތު ސިނާޒާ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ހިރިމަރަދޫ އަދި ނޭކުރެންދޫ ކައުންސިލުން ކުއްވެރިކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޅުގައި ދެކޮޅުހަދާ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށް...
ފާތިމަތު ސިނާޒާ