އަންނަ ޖަނަވަރީ ޓްރާންސްފާ މާކެޓް ހުޅުވުމާއިއެކު މެންޗަސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ރެއާލް މެޑްރިޑްއިން ފެނުން ގާތްކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އާއި ޕައިލް ޕޮގްބާ ދުބާއީގެ ޕޫލެއް ކައިރީހުރި ފޮޓޯތަކެއް އާންމުވެފައިވާއިރު މިސީޒަނުގައިވެސް ރެއާލްއިން ވަނީ ޕޮގްބާ ގަންނަށް 89 މިލިއަން ޕައުންޑް ހުށައަޅާފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ ޕޮގްބާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ބުނެފައެވެ.

Ad
rt

ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައިވާ ޒިދާން އަދި ޕްގްބާ ބައްދަލުކޮށްފައިވާއިރު ޕޮގްބާގެ އެޖެންޓް މިނޯ ރައިއޯލާ ވަނީ ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ. މިއާއިއެކު ޕޮގްބާވެސް ވަނީ އިތުރު ތަޖުރިބާ ތަކެއް ކުރަން ބޭނުންވާ ކަމަށާއި ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ހާމަކޮށްފައެވެ. ނަމަވެސް މިއަދު ޔުނައިޓެޑްގައިވެސް މިހުރީ ހިތްހަމަޖެހިގެން ކަމަށާއި ކުރިއަށް އޮތްތަނުގައި ވާނެގޮތެއް ބުނަން ނޭނގޭ ކަމަށްވެސް ޕޮގްބާ ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ޔުނައިޓެޑް އާއިއެކު އަދި ބާކީ 2 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ޕޮގްބާއަށް އޮތްއިރު ޔުނައިޓެޑްގައި މުހިންމު ރޯލެއް އަދާކުރާ މިކުޅުންތެރިޔާ ޔުނައިޓެޑުން ދޫކުރުމަކި ދުރުކަމެކެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވިދާޅުވީ ފުޓުބޯޅައިގެ އެއްވެސް ކަމެއް ޔަޤީން ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ކުރިޔަށް އޮތް ސީޒަނުގައިވެސް ޕޮގްބާ ފެންނާނީ ޔުނައިޓެޑުން ކަމަށް ގަބޫލު ކުރާކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގެ 1 ވަނައިގައި 24 ޕޮއިންޓާއިއެކު އޮތް ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ކަކުލަށް ލިބުނި އަނިޔާއަކާއި ގުޅުގެން ޕޮގްބާ ނުފެންނާނެއެވެ.