ތިލަދުންމަތީގެ މަޖިލިސް މެންބަރުންނާއި ރައީސް ބައްދަލު ކުރައްވައިފި އެވެ.

ހއ ހދ އަދި ށ އަތޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައްދަލު ކުރެއްވުން އޮތީ އިއްޔެ ރައީސް އޮފީހުގައެވެ.

Ad
rt

އިހަވަންދޫ ދާއިރާގެ މެންބަރ ސިފާއު ވިދާޅުވިގޮތުގައި މިބައްދަލުވުމަކީ އެމްޑީޕީ މެންބަރުން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 1 މިލިއަން މީހުންނަށް ހިދުމަތްދެވޭ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މެންބަރުންވަނީ ރައީސްގެ އަރިހުން އެދިފައެވެ.

ހަނިމާދޫ އެއަރޕޯޓަކީ ނަމެއްގައި އިންޓަރނޭޝަނަލް ކުރެވިފައިވާ އެއަރޕޯޓެކެވެ. މިއެއރޕޯޓަކީ އުތުރުގެ ރައްޔިތުންނަށް ވަރަށް މުހިންމު އެއަރޕޯޓެކެވެ.