ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުން މާދަމާ ރޭ 20:30 ގައި ނޮވެލް ރެސްޓޯރެންޓްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިމުބާރާތުގައި ހދ. އަތޮޅުގެ 6 ރަށަކުން ބައިވެރިވެފައިވާއިރު ވޮލީ ބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ކުޅުން ތެރިން މި މުބާރާތުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހަނިމަދޫގެ ޓީމަށް 2 ކުޅުންތެރިން އަދި ފިނޭ، އަދި ނޮޅިވަރަމްފަރު ޓީމަށް ގައުމީ ޓީމުގެ 2 ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ނޮޅިވަރަމް، ކުޅުދުއްފުށި އަދި ވައިކަރަދޫގެ ޓީމަށް ގައުމީ ޓީމުގެ ކުޅުންތެރިން ކުލޭގޮތައް ހަމަޖެހިފައިވާއިރު މި މުބާރަތް ފަށާނީ މިމަހުގެ 25 ގައިއެވެ.
މުބާރާތުގައި ރެފްރީކަން ކުރައްވާނީ ވޮލީބޯލް އެސޯޝިއޭޝަންގެ ރެފްރީން ކަމަށް މި މުބާރަތް އިންތިޒާމް ކޮށް ހިންގަމުން ގެންދާ ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ގެފަރާތުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!