މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ނެރެފި އެވެ. ފުލުހުން އަޒްރާގެ ފޮޓޯއާއެކު އާންމުކޮށް އިއުލާން ކޮށފައިވަނީ އާއިލާއަށާއި ފުލުހުންނަށް އަޒްރާ އުޅޭ ތަނެއް އެނގިފައި ނުވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށް ކީރިތި ގުރުއާނުގައިވާ ކަންކަމ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. އެމްޑީއެން އިން ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު...
އަޙްމަދު މުޖުތަބާ
7 އަހަރު ކުރިން
މޫސުން ގޯސްވެ، ހއ އަތޮޅުން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 13:30 އިން ފެށިގެން 17:30 އާއި ހަމައަށެވެ. Alert White for heavy rain and thunderstorms. pic.twitter.com/gEyzuTFiC4 — Maldives Meteorology (@MetMaldives) October 20, 2019 މެޓް […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ނިންމައިފިއެވެ. ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައިކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނެއެވެ. މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ. ހުޅުދުއްފާރުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރ...
ޔުމްނާ ޢަލީ
7 އަހަރު ކުރިން
އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއްގައި އުމުރުން ހަ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ. އައިޖީއެމްއެޗްއިން ބުނީ އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން 6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ކާމިޔާބު ކަމާއި އެކީ ނަގައިފައިވާކަމަށެވެ. އެ ކުއްޖާގެ ފުއްޕާމެއަށް ލެގޯ ބުރިކް ކޮޅެއް ގޮސްގެން ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުނ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިއަދު އަޅުގަޑު އެއްޗެއް ދަންނަވާލަން މިއުޅެނީ، މިވަގުތު އަޅުގަޑުމެންގެ ތެރޭގައި ބަހުސްކުރެވުމުންދާ ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ދިވެހިންގެ ދީނަކީ އިސްލާމްދީނެވެ. އެއީ މީގެ ނުވަ ސަތޭކަ އަހަރުކުރީއްސުރެ ދިވެހިންގެ ކާބަފައިން ނިންމާ، ދިވެހިރާއްޖޭގައި އުޅޭ މީހުންގެ ދީންކަމުގައި ބަލައިގެންފައިވާ ދީނެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހިރައްޔިތުންގެ ތަބާވާ ދީނުގެ ގޮތުގައި ކަނޑައަޅާފައިވާ ދީނެވެ އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ދިވެހި ރައް...
މުޙައްމަދު ޝިހާބް
7 އަހަރު ކުރިން
އާއިލާގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު އަހާލީމެވެ. “އަންކަލްއަށް ދޭނެ އެއްޗެއް އެބައޮތްތަ؟” އެއީ ޗުއްޓީގައި ގޮސް ކޮއްކޮގޭގައި ހުރިއިރު، ކޮއްކޮމެންގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު ކޮށްލި ތަޖުރިބާއެކެވެ. ކޮންމެ ކުއްޖެއްގެ ވެސް ފުރަތަމަ ޖަވާބަކީ “އަންކަލްއަށް ދޭނެއެއްޗެއް ނެތް” ކަމަށް ބުނުމެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރުމަށްފަހު، އަޅުގަޑު ބުނީމެވެ. “ކޮންމެ ކުއްޖަކަށްވެސް ދެވޭނެ އެއްޗެއް އެބައޮތް.” މިހެންބުނުމަށްފަހު، އަދި އެއްފަހަރު ފ...
މުޙައްމަދު ޝިހާބް
7 އަހަރު ކުރިން
ألحمد لله وكفى ، وسلام على عباده الذي اصطفى މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. އެހެންކަމުން މިތަނަށް އައި ކޮންމެ މީހަކުވެސް އިމްތިޙާނުކުރެވޭނެއެވެ. މުއްސަނދިންނާ ފަޤީރުންގެއެވެ. ވެރިންނާ ރަޢިއްޔަތުންގެއެވެ. ޢާލިމުންނާ ޖާހިލުންގެއެވެ. އަންހެނުންނާ ފިރިހެނުންގެއެވެ. ޒުވާނުންނާ މުސްކުޅީންގެއެވެ. ގަދަމީހުންނާ ބަލިމީހުންގެއެވެ. މިތަފާތު ބާވަތްތަކުގެ މީހުން އިމްތިޙާނުކުރެވޭ ގޮތްވެސް ތަފާތުވެގެންވެއެވެ. އެކަކަށް ދެއްވައިގެންނެވެ. އަނެކާ އަތުން އަތުލައްވައިގެންނެވެ. އެކަކީ ބުއްދިވެރިއެވެ. އަނެކަކީ...
Thiladhun
7 އަހަރު ކުރިން
އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔަރ ޓްރެއިނިންގ ސެންޓަރގައި 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއެއަރޕޯޓު ބޭސިކް ފަޔަރމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު ތަރައްގީ ކުރަމުންދާ ހދ. ކުޅުދުއްފުށީ އެއަރޕޯޓު، ށ. ފުނަދޫ އެއަރޕޯޓު އަދި ހއ. ހޯރަފުށި އެއަރޕޯޓު އަށް ކޮންމެ އެއްޕޯޓަކަށް ފަސް ފުރުސަތު ލިބިއްޖެއެވެ. ޖުމްލަ20 ފުރުސަތެއް ހުޅުވާލެވިފައިވާއިރު ދެން ލިބިައިވާ އިތުރު ފަސް ފުރުސަތު ހުޅުވާލާފައިވަނީ ގދ. މާވަރުލު އެއަރޕޯޓަށްށެވެ. އެތެ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ގާރޑިއަންސް އޮފް ދަ ހޮރައިޒަން އަކީ މިހާރު މާލޭގައި މަޝްހޫރު ވަމުންއަންނަ ފަތަން ދަސްކޮށްދޭ ބައެކެވެ. ގާރޑިއަންސް އޮފް ދަ ހޮރައިޒަންގެ ފަރާތުން އެއްގޮތަކަށްވެސް ފަތަން ނޭގޭ ކުދިންނަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަތަން ދަސްކޮށްދިނުމަށްފަހު ސެޓިފިކެޓްދެއެވެ.މީގެ އިތުރުން ފަތަންދަސްކޮށްދިނުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ކޯޗުންގެ އެހީގައި މޫދު ދެކެ ބިރުގަންނަ، ކުދިން މޫދަށް ހާނުވައިގެން ބިރު ކަނޑުވައިދީ، ފަތަންނޭގޭ ބިރުގަންނަ ކުދިންނަށް ފުރަތަމަ ދަސްކޮށްދޭނީ ތިލަ، ފައިޖެހޭ ސަރަހައްދުގައި ކަމަށް...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުންލައިފިއެވެ. މުބާރާތުގެ ގުރުއަތުލުން ކުރިޔަށްދިޔައީ ހުކުރު ދުވަހުގެރޭ 8:30 ގައި ނޮވެލް ރެސްޓޯރެންޓުގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖުމްލަ 6 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗް ކުރިޔަށްދާނެކަމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.އެގޮތުން މިމަހުގެ25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ އެދުވަހުގެ ހަވީރު16:00 ގައެވެ.މި މުބަރާތ...
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ދިވެހި ރެޑް ކްރެސެންޓާއިި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން މަދަދު ގެ ނަމުގައި ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ހާއްސަ ހަވީރެއް އިއްޔެ ބާއްވައިފިއެވެ. We also took time to enjoy conversation, over some traditional games, with all those who were part of the event, to better understand their physical and mental wellbeing, and to see how we could support a healthier lifestyle. Thank you @AfeefuddinScool and Stadium. […]
ފާތިމަތު ސިނާޒާ
7 އަހަރު ކުރިން
ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...
ހުސައިން ހަބީބް
7 އަހަރު ކުރިން
އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި 3 މަސްދުވަހު ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ‘މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް އިތުރުވެފައިވާ’ ކަމުގައި އދ. އިން ހާމަކޮށްފިއެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި ޖުލައި މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދެވުނު ހަމަލާތަކުގައި 1174 މީހުން މަރުވެ، 3139 މީހުން ޒަޚަމްވެފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި ތިން މަހާ އަޅާބަލާއިރު %42 ގެ އިތުރުވުމެކެވެ. ގިނަ މީހުން މަރުވެފައި ވަނީ […]
ޔުމްނާ ޢަލީ
7 އަހަރު ކުރިން
މިހާރު ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގައި ފެށިގެން ކުރިއަށްދާ ސައުތު އޭސިއާގެ ފުރަތަމަ، 16 އަހަރުން ދަށުގެ ނެޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ނެޓުބޯޅަ ޤައުމީ ޓީމު ކުޅުނު ދެވަނަ މެޗުން، މުބާރާތް ބާއްވާ ނޭޕާލު ބަލިކޮށްފިއެވެ. އިއްޔެ ރާއްޖެގެ ގަޑިން ހަވީރު ހަތަރުގަޑި ފަނަރާގައި، ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގެ އާރމީ ފިޒިކަލް ޓްރެއިނިންގ އެންޑް ސްޕޯރޓްސް ސެންޓަރގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފައިވަނީ 27-35 ޕޮއިންޓުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ […]
ޔުމްނާ ޢަލީ
7 އަހަރު ކުރިން
ގައުމަށް ޚިދުމަތެއް ކުރުމަށް، މުޖުތުމައަށް ފައިދާއެއް ކުރާނެކަމުގެ އުންމީދުގައި، އެހެންމީހުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންވެގެން، އިޚްލާސްތެރިކަމާއެކު މީހަކު ކުރާ މަސައްކަތަށް ފާޑުކިޔުމަކީ ކުރަން ފަސޭހަކަމެކެވެ. އެއީ ދުލެއް ނުވަތަ ގަލަމެއް އޮތް ކޮންމެ މީހަކަށް ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް، ކުރިންދެންނެވި ފަަދަ ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ – ތަންދޮރުފިލާފައި ހުރުމާ، އެކަމަށް ވަގުތުދޭނެ މީހަކަށްވުމާ، ހެޔޮނިޔަތެއް އޮތުމާ، ޒާތީނުވުމާ، ދެމިހުރުމަކީ...
މުޙައްމަދު ޝިހާބް
7 އަހަރު ކުރިން
ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީވެ، އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނ...
ޔުމްނާ ޢަލީ
7 އަހަރު ކުރިން